Roadha Mihaaru
ޝަރީއަތް ނިމެންދެން އަމީން ބަންދުކުރަން އަމުރުކޮށްފި

ޝަރީއަތް ނިމެންދެން އަމީން ބަންދުގައި ބަހައްޓަން އަމުރުކޮށްފި

15 ޑިސެމްބަރ 2019

ޓެރަރިޒަމްގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މުހައްމަދު އަމީން، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެރަރިޒަމްގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މުހައްމަދު އަމީން، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޏ. ފުވައްމުލަކު ކަރިއްޔާވިލާ، އަމީން މިދިޔަ އޮކްޓޫބަރު މަހު ހައްޔަރުކުރީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމާއި ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮތް ކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ ކޮށްފަ އެވެ.

އަމީން، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ ދައުލަތުން އެގޮތަށް އެދުމުންނެވެ.

އަމީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރާއިރު، މިއީ ޓެރަރިޒަމްގެ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހުގެ ދަށުން އެފަދަ ދައުވާއެއް ކުރާ ފުރަތަމަ ފަހަރެވެ.

ޓެރަރިޒަމާ ގުޅުން އޮތް ކަމުގެ ތުހުމަތު ކުރެވޭ މީހުން ލިސްޓުގައި އެމެރިކާ އިން ކުރިން އޭނާގެ ނަން ހިމެނި އެވެ. އަދި 2007 ވަނަ އަހަރު ސަލްޓަންޕާކްގައި އެއްޗެއް ގޮއްވައިލި މައްސަލައިގެ ތުހުމަތުގައި ވެސް އޭނާ ކުރިން ހޯދަން އިއުލާންކުރި އެވެ. އެކަމަކު 2011 ވަނަ އަހަރު އަމީން ރާއްޖެ ގެނައުމަށް ފަހު، ފަހުން ވަނީ ދޫކޮށްލައިފަ އެވެ.