29 މެއި 2021
ދީނީގޮތުން ހަރުކަށި ފިކުރުގެ ބަޔަކާ ގުޅިގެން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިސްޓް ހަމަލާއެއް ދޭން ރާވާކަމުގެ ތުހުމަތު މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި ތިން މީހުންގެ މައްޗަށްކޮށް، އެ މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިއްޔެ އިތުރުކޮށްފި އެވެ.
ދީނީގޮތުން ހަރުކަށި ފިކުރުގެ ބަޔަކާ ގުޅިގެން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިސްޓް ހަމަލާއެއް ދޭން ރާވާކަމުގެ ތުހުމަތު މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރި ތިން މީހުންގެ މައްޗަށްކޮށް، އެ މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިއްޔެ އިތުރުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ފުލުހުންނާއި ސިފައިިން ގުޅިގެން ރާއްޖޭގައި ޚާއްސަ އޮޕަރޭޝަންތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. އެ އޮޕަރޭޝަންގެ ތެރެއިން މާލެ އިން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރީ ތިން މީހެކެވެ.
އެ ތިން މީހުންގެ ތަހުގީގު އިތުރު 15 ދުވަހުގެ ބަންދެއްގައި ބައިތިއްބައިގެން ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުއްދަ ދީފަ އެވެ. އެ މީހުންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި، ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަމަލާއެއް ރާވަމުންދާ ކަމަށާއި އެކަމުގައި އެ މީހުންގެ ބައިވެރިވުން އޮތުން ހިމެނެ އެވެ. އެކަމުގައި އިތުރު ބައެއްގެ ބައިވެރިވުން އޮތް ކަމަށް ވެސް ފުލުހުން ތުހުމަތު ކުރެ އެވެ. އެކަމަކު، އެ ހަމަލާގެ ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.
މީގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމާއި ޖިހާދު ނަމުގައި ހަނގުރާމަ އަށް މީހުން ފޮނުވުމާއި ވަކިިން ޖަމާއަތް ހަދައިގެން ނަމާދު ކުރުމާއި ދީނީ ހަރުކަށި ފިކުރު ފަތުރާ ކްލާސްތަކެއް ހިންގުން ފަދަ ތުހުމަތުތައް ވެސް އެ މީހުންގެ މައްޗަށް ކުރެ އެވެ.
ނަޝީދަށް އަމާޒުކުރި ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ހަތަރު މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދު މުއްދަތު ކުރިން ވަނީ އިތުރުކޮށްފަ އެވެ.
ހައި ކޯޓުން ދޫކޮށްލިތާ 24 ގަޑިއިރު ނުވަނީސް ބަންދަށް
ފަރުވާއަށް ދޫކުރި މުނީޒް ޝަރުތާ ހިލާފުވުމުން ބަންދަށް
ނަޝީދަށް ހަމަލާ ދިން ކަމަށް އަދުހަމް އެއްބަސްވެއްޖެ
ބޮމުގެ ހަމަލާ: އިސްހާގާއި ފަހުމީގެ ބަންދަށް 30ދުވަސް
"ޓެރަރިސްޓް" އަމީންގެ ބަންދަށް އިތުރު ހަތް ދުވަސް
އަމީންގެ ބަންދަށް 15 ދުވަސް
ޖާނުންފިދާވެ ހަމަލާދޭން އުޅުނު ދެ ދިވެހިންނަށް ދައުވާ
ބޮމުގެ ހަމަލާ: ދިފާއީ ހެކިތަކެއް ބަލައިނުގަންނާނެ
ޓެރަރިޒަމްގެ ފޮޓޯ އާއި ވީޑިއޯ ގެންގުޅުން ސާބިތެއް ނުވި
ގޮއްވާލަން އެތައް ފަހަރަކު އުޅެފި، އަދިވެސް ޖޯކެއް؟