Roadha Mihaaru
ޓެރަރިޒަމް ހިންގަން އުޅުނު ހަ މީހަކު ހައްޔަރުކޮށްފި

ޓެރަރިޒަމްގެ އަމަލެއް ހުއްޓުވި އޮޕަރޭޝަންގައި ހަ މީހަކު ހައްޔަރުކޮށްފި

12 ނޮވެމްބަރ 2020

ޓެރަރިޒަމްގެ ހަމަލާއެއް ހުއްޓުވައި، އެކަމާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެރަރިޒަމްގެ ހަމަލާއެއް ހުއްޓުވައި، އެކަމާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ޓެރަރިޒަމްގެ އަމަލެއް ހުއްޓުވައި، އިއްޔެއިންފެށިގެން ފުލުހުން އަންނަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ މާލެ އާއި ތ. ތިމަރަފުށީގެ އިތުރުން ކަނޑުމަތީގަ އެވެ.

ފުލުހުން ބުނީ ރޭ ހައްޔަރުކުރީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކުރީ ތިމަރަފުށިން ކަމަށެވެ. އެހެންވެ، މިހާތަނަށް ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭގެ ކުރިން އިއްޔެ ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުގެ މީހެއް އަދި 34 އަހަރުގެ މީހެއް ކަމަށެވެ. އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން އަދި ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.