20 އޯގަސްޓް 2016
ރިއޯ ޑި ޖެނީރޯ (އޮގަސްޓް 20) - އޮލިމްޕިކްސްގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ރަން މެޑަލް ހޯދައި، އޮލިމްޕިކްސްގެ ސްޕްރިންޓް ތިން އިވެންޓަކުން ޖެހިޖެހިގެން ތިން ގޭމްސް އިން ރަން މެޑަލް ހޯދި ފުރަތަމަ އެތުލީޓުގެ ގޮތުގައި އުސެއިން ބޯލްޓް އޭނާގެ ކެރިއަރު ނިންމާލައިފި އެވެ.
ރިއޯ ޑި ޖެނީރޯ (އޮގަސްޓް 20) - އޮލިމްޕިކްސްގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ރަން މެޑަލް ހޯދައި، އޮލިމްޕިކްސްގެ ސްޕްރިންޓް ތިން އިވެންޓަކުން ޖެހިޖެހިގެން ތިން ގޭމްސް އިން ރަން މެޑަލް ހޯދި ފުރަތަމަ އެތުލީޓުގެ ގޮތުގައި އުސެއިން ބޯލްޓް އޭނާގެ ކެރިއަރު ނިންމާލައިފި އެވެ.
ބެއިޖިންގައި 2008 ވަނަ އަހަރު އޮތް އޮލިމްޕިކްސް އާއި ލަންޑަނުގައި 2012 ވަނަ އަހަރު ބޭއްވި ގޭމްސް އަދި މި އަހަރުގެ ގޭމްސްގައި ބޯލްޓް ރަން މެޑަލް ހޯދީ 100 މީޓަރު ދުވުން، 200 މީޓަރު ދުވުން އަދި ރިލޭ އިންނެވެ. އުމުރުން 29 އަހަރުގެ ބޯލްޓް ވަނީ އަންނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕަށް ފަހު އެތުލެޓިކްސް އިން ރިޓަޔާކުރަން ނިންމައިފަ އެވެ. އެހެންކަމުން އޭނާ އޮލިމްޕިކްސް ކެރިއަރު ނިންމާލާނީ ނުވަ ރަން މެޑަލާ އެކު އެވެ.
އޮލިމްޕިކްސްގެ އެންމެ މުހިއްމު އިވެންޓް ކަމަށްވާ 100 މީޓަރު ދުވުމުން، ޖެހިޖެހިގެން ތިން ރަން މެޑަލް ހޯދި ހަމައެކަނި ދުވުންތެރިޔާގެ ޝަރަފް ވެސް ހޯދާފައިވާ ބޯލްޓަށް ވަނީ ޓްރެކް އެންޑް ފީލްޑް އެތުލެޓިކްސް އިން އޮލިމްޕިކްސްގައި އެންމެ ގިނަ ރަން މެޑަލް ހޯދި އެތުލީޓުންގެ ލިސްޓުން ޖާގަ ލިބިފަ އެވެ.
މި ލިސްޓުގެ އެއް ވަނައިގައި ދެން އޮތީ އެމެރިކާގެ ކާލް ލެވިސް އާއި ފިންލެންޑުގެ ދިގު ރާސްތާ ދުވުންތެރިޔާ ޕާވޯ ނުރްމީ އެވެ. މީގެ ތެރެއިން ލެވިސް ވަނީ 1984 އިން 1996 އާ ދެމެދު ނުވަ ރަން މެޑަލް ހޯދައިފަ އެވެ. ނުރްމީ އެ އަދަދަށް ރަން މެޑަލް ހޯދީ 1920 އިން 1928 އަށެވެ.
ބޯލްޓާއި ޔޮހާން ބްލޭކާއި ނިކެލް އަޝްމެއާޑް އަދި އަސަފާ ޕަވެލް ހިމެނުނު ޖެމެއިކާގެ ރިލޭ ޓީމުން ރަން މެޑަލް ހޯދީ 37.27 ސިކުންތުގެ ތެރޭގައި ރޭސް ނިންމައިގެންނެވެ. މި އިވެންޓުން ރިހި މެޑަލް ހޯދީ 37.60 ސިކުންތުން ރޭސް ނިންމި ޖަޕާނުގެ ޓީމެވެ. ތިން ވަނަ އަށް ނިންމި އެމެރިކާ ޓީމު ޑިސްކޮލިފައިކުރުމުން ލޯ މެޑަލް ލިބުނީ 37.64 ސިކުންތުން ރޭސް ނިންމި ކެނެޑާ އަށެވެ. އެމެރިކާ ޑިސްކޮލިފައިކުރީ، ފުރަތަމަ ބެޓަން ހަވާލުކުރިއިރު، ޒޯނަށް ވުރެ ބޭރަށް ގޮސްފައިވާތީ އެވެ.
އޮލިމްޕިކްސްގެ މެރެތަން ކެންޔާގެ ކިޕްޗޯޖް ކާމިޔާބުކޮށްފި
200 މީޓަރުން ވެސް ބޯލްޓް ރަން މެޑަލް ހޯދައިފި
200 މީޓަރު ދުވުމުން ބޯލްޓް ފައިނަލަށް
ސްވިމިން؛ އޮލިމްޕިކްސް ޖާގަ އުލްޔާ އާއި އާން އަށް
އޮލިމްޕިކްސް އަށް ނުދާން މެސީ ނިންމައިފި
އޮލިމްޕިކް ގޭމްސްގެ ޗެފް ޑެ މިޝަނަރަކަށް އަލީ ރަޝީދު
އޮލިމްޕިކްސްގައި އެތުލެޓިކްސް އިން ވާދަކުރާނީ ސާއިދު
ބޯލްޓަށް މި ފަހަރު އެއްމާބަނޑު ދެ ފިރިހެން ކުދިން
"ފެންފޮދެއް ދިއްކޮށްލާނެ މީހެއްނެތް، މަރުނުވީ ކިރިޔާ"
އޮޅުވާލި ފެތުންތެރިޔާއަށް ސްޕޮންސަރުން ގެއްލިއްޖެ