18 އޯގަސްޓް 2016
ރިއޯ ޑި ޖެނީރޯ (އޮގަސްޓް 18) – އޮލިމްޕިކްސްގެ 200 މީޓަރު ދުވުމުން ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ޖެމެއިކާގެ އުސެއިން ބޯލްޓް ފައިނަލުން ޖާގަ ހޯދިއިރު އޭނާއާ ވާދަވެރި އެމެރިކާގެ ޖަސްޓިން ގެޓްލިން ސެމީ ފައިނަލުން ކަޓައިފި އެވެ.
ރިއޯ ޑި ޖެނީރޯ (އޮގަސްޓް 18) – އޮލިމްޕިކްސްގެ 200 މީޓަރު ދުވުމުން ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ޖެމެއިކާގެ އުސެއިން ބޯލްޓް ފައިނަލުން ޖާގަ ހޯދިއިރު އޭނާއާ ވާދަވެރި އެމެރިކާގެ ޖަސްޓިން ގެޓްލިން ސެމީ ފައިނަލުން ކަޓައިފި އެވެ.
ގޭމްސްގެ 100 މީޓަރު ދުވުމުގެ ރޭސް ކާމިޔާބުކޮށްފައިވާ ބޯލްޓުގެ ޓާގެޓަކީ 200 މީޓަރު ދުވުން ކާމިޔާބުކޮށް ކެރިއަރުގެ އޮލިމްޕިކްސްގެ އަށް ވަނަ ރަން މެޑަލް ހޯދުމެވެ. އޭނާ ވަނީ މިދިޔަ ދެ އޮލިމްޕިކްސްގެ 100 މީޓަރާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފި އެވެ.
ބޯލްޓް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ދެ ވަނަ ހީޓުގެ އެއް ވަނަ ހޯދައިގެންނެވެ. އޭނާ ރޭސް ނިންމީ 19.78 ސިކުންތުންނެވެ. ބޯލްޓުގެ ފަހަތުން ކުރީ އޮލިމްޕިކްސް އިން ރިހި މެޑަލް ހޯދި ޖެމެއިކާގެ ޔޮހާން ބްލޭކް ދިޔައީ ތިން ވަނަ ހީޓުގެ ހަ ވަނަ އަށެވެ. އޭނާ މިހާ ބޮޑަށް ވެއްޓުނީ އަނިޔާގެ ސަބަބުން މުބާރާތަށް އެންމެ ފުރިހަމައަށް ތައްޔާރުނުވެވުމުންނެވެ.
މަނާބޭހަށް ދެ ފަހަރު ޕޮޒިޓިވްވެ ސަސްޕެންޝަންތަކަށް ފަހު އެނބުރި އައި ގެޓްލިން ދިޔައީ ތިން ވަނަ ހީޓުގެ ތިން ވަނަ އަށެވެ. އެހެންވެ އޭނާ އަށް ފައިނަލުން ފުރުސަތެއް ނުލިބުނެވެ.
ބޯލްޓުގެ އުއްމީދަކީ ފައިނަލުގައި ދުނިޔޭގެ ރެކޯޑް އާކުރުމެވެ. އޭނާ ބުނީ 19 ސިކުންތުގެ ތެރޭ ރޭސް ނިންމޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. ފައިނަލުގައި ބޯލްޓަށް ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖަކަށް ވަނީ ފުރަތަމަ ހީޓުގެ އެއް ވަނަ ހޯދި އެމެރިކާގެ ލަޝޯން މެރިޓެވެ. ފައިނަލް އޮންނާނީ ރާއްޖެ ގަޑިން މާދަމާ ހެނދުނު 6:30 ގަ އެވެ.
ނުވަ ރަން މެޑަލް ހަމަކޮށް ބޯލްޓަށް ހާއްސަ ރެކޯޑެއް
200 މީޓަރުން ވެސް ބޯލްޓް ރަން މެޑަލް ހޯދައިފި
"ފެންފޮދެއް ދިއްކޮށްލާނެ މީހެއްނެތް، މަރުނުވީ ކިރިޔާ"
އޮލިމްޕިކްސްގެ މެރެތަން ކެންޔާގެ ކިޕްޗޯޖް ކާމިޔާބުކޮށްފި
ކެޕްޓަން ނޭމާ ބްރެޒިލަށް ރަން މެޑަލް ހޯދައިދީފި
ބޮޑު ބަދަލުހިފުމަކަށް ފަހު ލީ ރަން މެޑަލާ ދިމާލަށް
ޗައިނާގެ 15 އަހަރުގެ އެތުލީޓަކު ރަން މެޑަލް ހޯދައިފި
އޮލިމްޕިކްސްގައި ޒުވާން އަފާ އަށް ބޮޑު ކުރިއެރުމެއް
100 މީޓަރުން ބޯލްޓް ތިން ވަނަ ރަން މެޑަލް ހޯދައިފި
"ދެން އޮތް އަމާޒަކީ އޭޝިއާގެ ފައިނަލުގައި ދުވުން"