19 އޯގަސްޓް 2016
ރިއޯ ޑި ޖެނީރޯ (އޮގަސްޓް 19) - އޮލިމްޕިކް ގޭމްސްގެ 10 މީޓަރު ޕްލެޓްފޯމް ޑައިވިން އިވެންޓުން ޗައިނާގެ އުމުރުން 15 އަހަރުގެ އެތުލީޓަކު ރަން މެޑަލް ހޯދައިފި އެވެ.
ރިއޯ ޑި ޖެނީރޯ (އޮގަސްޓް 19) - އޮލިމްޕިކް ގޭމްސްގެ 10 މީޓަރު ޕްލެޓްފޯމް ޑައިވިން އިވެންޓުން ޗައިނާގެ އުމުރުން 15 އަހަރުގެ އެތުލީޓަކު ރަން މެޑަލް ހޯދައިފި އެވެ.
އުމުރުން 15 އަހަރާއި 180 ދުވަސްވީ ރެން ކިއަން އަކީ މި ފަހަރުގެ އޮލިމްޕިކްސްގައި މެޑަލެއް ހޯދި އެންމެ ހަގު އެތުލީޓެވެ. މީގެ އިތުރުން އޭނާ އަކީ މި ގަރުނުގައި އުފަންވި އެތުލީޓުންގެ ތެރެއިން، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާއަށް މެޑަލެއް ހޯދައިދިން ފުރަތަމަ އެތުލީޓެވެ.
އޮލިމްޕިކް ރަން މެޑަލެއް އެންމެ ޅަ އުމުރެއްގައި ހޯދީ އުމުރުން 13 އަހަރުގައި 1936 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ތިން މީޓަރު ސްޕްރިންގްބޯޑް އިވެންޓުން ރަން މެޑަލް ހޯދި އެމެރިކާގެ މަޖޯރީ ގެސްޓްރިން އެވެ.
ރެން ފަހަތުން އެ އިވެންޓުން ރިހި މެޑަލް ހޯދީ ޗައިނާގެ އުމުރުން 17 އަހަރުގެ ސި ޔާޖީ އެވެ. ލޯ މެޑަލް ހާސިލްކުރީ ކެނެޑާގެ މޭގަން ބެންފެއިޓޯ އެވެ. ފަސް ޑައިވަށް ފަހު ރެން ވަނީ 439.25 ޕޮއިންޓް ހޯދައިފަ އެވެ. މިއީ ރިހި މެޑަލް ހޯދި ޗައިނާގެ އަނެއް އެތުލީޓަށް ވުރެ 19.85 ޕޮއިންޓުގެ ކުރިއެރުމެކެވެ.
"އަހަންނަށް ވަރަށް ރަނގަޅަށް ޕާފޯމްކުރެވުނު. އެކަމަކު އެންމެ ފުރިހަމައެއް ނޫން، އަހަރެން ކުރި އުއްމީދާ ބަލާއިރު. އަހަންނަކީ ޕާފެކްޝަނިސްޓެކޭ ވެސް ބުނެވިދާނެ" ރެން ބުންޏެވެ. "އަހަރެން ވަރަށް ޒުވާން އެކަމަކު މެޑަލް ލިބުނު. އެހެންވިޔަސް ކުރިއަށް ވުރެ ބޮޑަށް ދެން މަސައްކަތްކުރާނަން."
ކުޅިވަރުން ކުރިއަށްދިޔަ ނަމަވެސް އޭނާގެ އެންމެ ބޮޑު އެއް އުއްމީދަކީ ލޯ އެންޑް ފޮރެންސިކް މެޑިސިންގެ ދާއިރާ އިން ކިޔެވުމެވެ.
"ފެންފޮދެއް ދިއްކޮށްލާނެ މީހެއްނެތް، މަރުނުވީ ކިރިޔާ"
އޮލިމްޕިކްސްގެ މެރެތަން ކެންޔާގެ ކިޕްޗޯޖް ކާމިޔާބުކޮށްފި
ކެޕްޓަން ނޭމާ ބްރެޒިލަށް ރަން މެޑަލް ހޯދައިދީފި
ބޮޑު ބަދަލުހިފުމަކަށް ފަހު ލީ ރަން މެޑަލާ ދިމާލަށް
ނުވަ ރަން މެޑަލް ހަމަކޮށް ބޯލްޓަށް ހާއްސަ ރެކޯޑެއް
200 މީޓަރުން ވެސް ބޯލްޓް ރަން މެޑަލް ހޯދައިފި
200 މީޓަރު ދުވުމުން ބޯލްޓް ފައިނަލަށް
އޮލިމްޕިކްސްގައި ޒުވާން އަފާ އަށް ބޮޑު ކުރިއެރުމެއް
"ދެން އޮތް އަމާޒަކީ އޭޝިއާގެ ފައިނަލުގައި ދުވުން"
23 ރަން މެޑަލާ އެކު ފެލްޕްސް ކެރިއަރު ނިންމާލައިފި