Roadha Mihaaru
ބޯލްޓަށް މި ފަހަރު އެއްމާބަނޑު ދެ ފިރިހެން ކުދިން

ބޯލްޓަށް މި ފަހަރު އެއްމާބަނޑު ދެ ފިރިހެން ކުދިން

22 ޖޫން 2021

އެއް އަހަރުގެ އަންހެން ދަރިޔަކު ހުރި، ޖެމެއިކާގެ މަޝްހޫރު ދުވުންތެރިޔާ އުސައިން ބޯލްޓަށް އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެއް އަހަރުގެ އަންހެން ދަރިޔަކު ހުރި، ޖެމެއިކާގެ މަޝްހޫރު ދުވުންތެރިޔާ އުސައިން ބޯލްޓަށް އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބިއްޖެ އެވެ.

އެ ދެ ކުދިންގެ ވާހަކަ އާންމުކުރީ އާދީއްތަ ދުވަހު ފާހަގަކުރި ފާދާސް ޑޭގަ އެވެ. އަންހެނުން ކާސީ ބެނެޓާއި އަންހެން ދަރިފުޅު އޮލިމްޕިއާ ލައިޓްނިން ބޯލްޓާއި އަލަށް ލިބުނު އެއްމާބަނޑު ދެ ފިރިގެން ކުދިންގެ ފޮޓޯ ބޯލްޓްގެ އިންސްޓްގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ. އަދި ކާސީގެ އިންސްޓްގްރާމްގައި ވެސް ފޮޓޯތަކެއް ޕޯސްޓްކޮށްފައިވެ އެވެ.

ބޯލްޓް ބުނެފައިވާ ގޮތުގައި ދެ ފިރިހެން ކުދިންގެ ނަމަކީ ސެއިންޓް ލިއޯ ބޯލްޓް އާއި ތަންޑާ ބޯލްޓެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ދުވުން ހުއްޓާލާފައިވާ 34 އަހަރުގެ ބޯލްޓަކީ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވުނު އެންމެ ބާރު އެއް ދުވުންތެރިޔާ އެވެ. އޭނާގެ ކެރިއަރުގައި އެތައް ކާމިޔާބީއެއް ހޯދާފައިވާ އިރު، އޮލިމްޕިކްސްގައި ވާދަކޮށްގެން އަށް ރަން މެޑެލް ހޯދާފައިވެ އެވެ.

ދުވެގެން މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ބޯލްޓަކީ މިހާރު ފުޓްބޯޅައިގެ ތެރޭގައި އުޅޭ މީހެކެވެ.