Roadha Mihaaru
އޮޅުވާލި ފެތުންތެރިޔާއަށް ސްޕޮންސަރުން ގެއްލިއްޖެ

23 އޯގަސްޓް 2016

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 23) - އޮލިމްޕިކްސްގެ ތެރޭގައި ރިއޯ ޑި ޖެނީރޯގެ މަގެއްގެ މަތިން ބަޑި ޖައްސައިގެން ބިރު ދައްކައި ފޭރުނު ކަމަށް ބުނެ އޮޅުވާލި އެމެރިކާގެ ފެތުންތެރިޔާ ރަޔާން ލޮކްޓުގެ ހަތަރު ސްޕޮންސަރަކު ސްޕޮންސާޝިޕް ދޫކޮށްލައިފި އެވެ. އިއްޔެ ނިމުނު ގޭމްސްގައި ރަން މެޑަލް ހޯދާފައިވާ އެމެރިކާގެ ހަތަރު ފެތުންތެރިން ކަަމަށްވާ ލޮކްޓުގެ އިތުރުން ގަނާ ބެންޓްޒް އާއި ޖެކް ކޮންޔާ އަދި ޖޭމްސް ފެއިގެން ވަނީ މިދިޔަ ހަފްތާގައި އެ ހަތަރު ފެތުންތެރިން ކްލަބަށް ގޮސްފައި ޓެކްސީގައި އައި މަގުމަތީގައި ބަޑިން ބިރުދައްކައި ގިނަ ލާރިތަކެއް ފޭރިގަނެފައިވާ ކަމަށް އެމެރިކާ މީޑިއާ އަށް މައުލޫމާތު ދީފަ އެވެ. ބްރެޒިލް ޕޮލިހުން މި މައްސަލަ ތަހުގީގު ކުރުމަށް ފަހު ބުނެފައިވަނީ ސީސީޓީވީ ފޫޓޭޖްތައް ބަލައިގެންނާއި މީހުންނާއި ސުވާލުކޮށްގެން އެ ހަތަރު ފެތުންތެރިން އަތުން ފޭރުނުކަން ސާބިތުކުރެވޭ ވަރުގެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށެވެ. ހަތަރު ފެތުންތެރިން އޮޅުވާލި މައްސަލައިގައި އެމެރިކާގެ އޮލިމްޕިކް ކޮމިޓީން ވަނީ މައާފަށް އެދިފަ އެވެ. އޮޅުވާލުމާ ގުޅިގެން، ލޮކްޓުގެ ސްޕޮންސާޝިޕް ދޫކޮށްލާފައިވަނީ މަޝްހޫރު ސްވިމްވެއާ ތައްޔާރުކުރާ ސްޕީޑޯ އާއި ފެޝަން ލޭބަލެއް ކަމަށްވާ ރާފް ލޯރެން އާއި ސްކިންކެއާ ފާމެއް ކަމަށްވާ ސިނެރޮން-ކަންޑެލާ އަދި ޖަޕާނުގެ އެއާވީވް އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އޮލިމްޕިކްސްގެ 12 ވަނަ ރަން މެޑަލް ހޯދާފައިވާ ލޮކްޓުގެ އާމްދަނީ ލިބޭ އެންމެ ބޮޑު އެއް ދޮރު ބަންދުވުމަކީ އޭނާގެ ކެރިއަރަށް އެޅޭނެ ހުރަހެކެވެ. ސްޕީޑޯ އިން ބުނީ އެ ބްރޭންޑުން ހިފަހައްޓަމުން އަންނަ ރިވެތި އުސޫލުތަކާ، ނުބައްލަ އަހުލާގު އެ ބްރޭންޑުން ގަބޫލުނުކުރާނެ ކަމަށެވެ. އަދި އެ ބްރޭންޑުން ވަނީ، އޭނާގެ ސްޕޮންސާޝިޕް ފީގެ އެއް ބައި ޗެރިޓީއަކަށް ހަދިޔާކުރަން ނިންމައިފަ އެވެ.

ސިނެރޮން-ކަންޑެލާ އިން ބުނީ، އެ ބްރޭންޑުގެ ކަސްޓަމަރުންނަށް ފޯރުކޮށްދެނީ އެންމެ މަތީ ފަންތީގެ ހިދުމަތާއި އުފެއްދުން ކަމަށާއި ވިޔަފާރި ޕާޓްނަރުންގެ ފަރާތުން ވެސް އުއްމީދުކުރަނީ އެފަދަ މަތީ ފަންތީގެ އަހުލާގު ކަމަށެވެ.