19 އޯގަސްޓް 2016
އޮލިމްޕިކްސްގައި ވާދަކޮށްލުމުގެ ފުރުސަތު ލިބުމަކީ ވެސް ބައެއް އެތުލީޓުންނަށް މުޅި އުމުރުގައި ވެސް ލިބޭނެ އެންމެ ބޮޑު އެއް ކާމިޔާބީ އެވެ. މާލީ މަންފާއެއް ނުވަތަ މެޑައްޔެއް ވެސް އެ މީހުން ބޭނުމެއް ނުވެ އެވެ. އެކަމަކު މަތީ ފެންވަރުގެ އެތުލީޓުންގެ ވާހަކަ ދައްކާ ނަމަ އެ މީހުންނަށް ހާސިލްކުރާ މެޑަލްތަކާ އެކު ލިބޭ ފައިސާގެ އިނާމުގެ ވާހަކަ ވެސް ދައްކާލުން ރަނގަޅެވެ.
އޮލިމްޕިކްސްގައި ވާދަކޮށްލުމުގެ ފުރުސަތު ލިބުމަކީ ވެސް ބައެއް އެތުލީޓުންނަށް މުޅި އުމުރުގައި ވެސް ލިބޭނެ އެންމެ ބޮޑު އެއް ކާމިޔާބީ އެވެ. މާލީ މަންފާއެއް ނުވަތަ މެޑައްޔެއް ވެސް އެ މީހުން ބޭނުމެއް ނުވެ އެވެ. އެކަމަކު މަތީ ފެންވަރުގެ އެތުލީޓުންގެ ވާހަކަ ދައްކާ ނަމަ އެ މީހުންނަށް ހާސިލްކުރާ މެޑަލްތަކާ އެކު ލިބޭ ފައިސާގެ އިނާމުގެ ވާހަކަ ވެސް ދައްކާލުން ރަނގަޅެވެ.
އޮލިމްޕިކްސްގައި ކާމިޔާބު ހޯދާ އެތުލީޓުންނަށް އެކި ގައުމުތަކުން އަމަލުކުރަނީ އެކި ގޮތަށެވެ. ބައެއް ގައުމުތަކުން އެތުލީޓުންނަށް ފައިސާގެ ބޮޑެތި އިނާމުތައް ދޭއިރު އެއްވެސް އެއްޗެއް ނުދޭ ގައުމުތައް ވެސް އެބަހުއްޓެވެ. އިނގިރޭސި ވިލާތަކީ ވެސް އެތުލީޓުންނަށް އިނާމު ދޭ ގައުމެއް ނޫނެވެ.
"ސްޓެޓިސްޓާ" އިން އާންމުކޮށްފައިވާ، އެކި ގައުމުތަކުން މެޑައްޔާ އެކު އެތުލީޓުންނަށް ދޭ ފައިސާގެ އިނާމާ ބެހޭ މައުލޫމާތަށް ބަލާއިރު އެންމެ ބޮޑު އިނާމެއް ދެނީ ސިންގަޕޫރުންނެވެ. އެއީ ސްޕޮންސަޝިޕް ފައިސާއާ ނުހިމަނަ އެވެ.
ބްރެޒިލްގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގައި ސިންގަޕޫރުގެ ޖޯސެފް ސްކޫލިން ރަން މެޑަލް ހޯދާފައި ވާއިރު އެއީ އެ ގައުމަށް އޮލިމްޕިކްސްގައި ލިބުނު ފުރަތަމަ ރަން މެޑައްޔެވެ. ސްޓެޓިސްޓާ އިން ލަފާކުރާ ގޮތުގައި ފެތުންތެރިޔާ ސްކޫލިން 100 މީޓަރު ބަޓަފްލައި އިވެންޓުގައި ހޯދި ރަން މެޑަލަށް ބޯނަސްގެ ގޮތުގައި 753،000 ޑޮލަރު ލިބޭނެ އެވެ. އެކަމަކު ޓެނިސް ކުޅުންތެރިޔާ އެންޑީ މުރޭ އިނގިރޭސި ވިލާތަށް ހޯދައިދިން ކާމިޔާބީ އަށް އެ ގައުމުން އޭނާ އަށް އެކައްޗެއް ވެސް ނުދޭނެ އެވެ.
ސިންގަޕޫރުގެ ޖޯސެފް ސްކޫލިން ރަން މެޑަލް ދައްކާލަނީ: އެންމެ މެޑަލަކަށް އެންމެ ގިނަ ފައިސާ ލިބޭނީ އޭނާ އަށް. --ފޮޓޯ: އޭއެފްޕީ
އޮލިމްޕިކްސްގައި ކާމިޔާބު ބައެއް އެތުލީޓުން ބުނެފައިވާ ގޮތުގައި އެ މީހުންނަށް ފައިސާގެ އިނާމު މުހިންމުމެއް ނޫނެވެ.
ބައެއް ގައުމުތަކުގައި ފައިސާގެ އިނާމުގެ ބަދަލުގައި އެހެން އިނާޔަތްތައް ވެސް ރަން މެޑަލްގެ ބަދަލުގައިދެ އެވެ. އެގޮތުން ދެކުނު ކޮރެއާގައި އަސްކަރިއްޔާ އަށް ހިދުމަތްކުރަން ލާޒިމްކުރާ ގާނޫނުން އެ މީހަކު އިސްތިސްނާކޮށްދެ އެވެ.
އަހަރެންގެ ރޯލު ދޭނީ ރަން މެޑަލް އެތުލީޓަށް: އަކްޝޭ
އޮލިމްޕިކްސް މެޑެލްތަކުގެ އަގަކީ ކޮބާ؟
އޮލިމްޕިކްސްގައި ދޭ މާބޮނޑީގައި ހާއްސަ ހަނދާންތަކެއް
މެޑަލް ހޯދާ އެތުލީޓުންނަށް ފިލްމު ޓިކެޓް އުމުރަށް ހިލޭ
އޮލިމްޕިކްސް އެތުލީޓުންނަށް ސެމްސަންގުން ފޯނެއް
އޮޅުވާލި ފެތުންތެރިޔާއަށް ސްޕޮންސަރުން ގެއްލިއްޖެ
އޮލިމްޕިކްސްގެ މެރެތަން ކެންޔާގެ ކިޕްޗޯޖް ކާމިޔާބުކޮށްފި
ނުވަ ރަން މެޑަލް ހަމަކޮށް ބޯލްޓަށް ހާއްސަ ރެކޯޑެއް
ދަރިފުޅު މެޑަލް ހޯދިތަން ބަލަން އިންދާ މާމަ މަރުވެއްޖެ
އޮލިމްޕިކް ޕޫލުގެ ކުލަ ކުއްލިއަކަށް ފެއްސަށް!