Roadha Mihaaru
މެޑަލް ހޯދާ އެތުލީޓުންނަށް ފިލްމު ޓިކެޓް އުމުރަށް ހިލޭ

އޮލިމްޕިކްސްގައި މެޑަލް ހޯދާ އިންޑިއާގެ އެތުލީޓުންނަށް ހިލޭ ފިލްމު ޓިކެޓް މުޅި އުމުރަށް

29 ޖުލައި 2021

ޖަޕާނުގެ ޓޯކިއޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި އިންޑިއާ އިން ވާދަކުރާ އެތުލީޓުންގެ ތެރެއިން މެޑަލް ހޯދާ އެތުލީޓުންނަށް އުމުރު ދުވަހަށް ހިލޭ ފިލްމު ޓިކެޓް ދޭން އިންޑިއާގެ އެންމެ ބޮޑު ސިނަމާ ޗެއިން އިނޮކްސް ލެޝާ ލިމިޓެޑުން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖަޕާނުގެ ޓޯކިއޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި އިންޑިއާ އިން ވާދަކުރާ އެތުލީޓުންގެ ތެރެއިން މެޑަލް ހޯދާ އެތުލީޓުންނަށް އުމުރު ދުވަހަށް ހިލޭ ފިލްމު ޓިކެޓް ދޭން އިންޑިއާގެ އެންމެ ބޮޑު ސިނަމާ ޗެއިން އިނޮކްސް ލެޝާ ލިމިޓެޑުން ނިންމައިފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި އޮލިމްޕިކްސްގައި އިންޑިއާ އިން ވާދަކުރާ ކުޅިވަރުންތަކުން މެޑަލް ހޯދާ ހުރިހާ އެތުލީޓުންމނަށް އުމުރު ދުވަހު އިނޮކްސްގެ ސިނަމާތަކުގައި ހިލޭ ފިލްމު ބެލުމުގެ ފުރުސަތުގެ އިތުރުން މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރާ ހުރިހާ އެތުލީޓުންނާއި ޓީމްތަކުގެ އޮފިޝަލުންނަށް އެއް އަހަރު ދުވަހު ހިލޭ ޓިކެޓް ދޭނެ އެވެ.

އިނޮކްސް އިން ބުނި ގޮތުގައި މިއީ ގައުމު ތަމްސީލުކޮށް، ރީތި ނަން ހޯދައިދޭ މީހުންގެ އަގުވަޒަންކުރުމަކީ މުނިފޫހިފިލުވުމުގެ ދާއިރާއިން ފަހުރުވެރިވާ ކަމަކަށް ވާތީ ނިންމި ގޮތެކެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި ސިނަމާތައް ހިންގާ އިނޮކްސް އަކީ 1999 ގައި އުފަންވި ކުންފުންޏެކެވެ. އޭގެ ދަށުން މިހާރު އިންޑިއާގެ 69 ސިޓީއެއްގައި 153 މަލްޓިޕްލެކްސް އާއި 648 ސިންގަލް ސްކްރީން ސިނަމާ ހިންގަ އެވެ.

އިނޮކްސްގެ މިހާރުގެ ސީއީއޯ އަކީ އަލޯކް ޓަންޑަނެވެ.

މި އަހަރުގެ އޮލިމްޕިކްސްގައި އިންޑިއާ އިން 18 ކުޅިވަރެއްގައި ވާދަކުރާ އިރު، އެ ގައުމުގެ ކޮންޓިންޖެންޓްގެ އަދަދަކީ 228 އެވެ.

އިންޑިއާ އަކީ އަބަދު ވެސް އޮލިމްޕިކްސްގެ އިވެންޓްތަކުން ބޮޑެތި ކާމިޔާބީތައް ހޯދާ ގައުމެކެވެ. މި މަހުގެ 23 ގައި ފެށި މުބާރާތުގައި ވެސް އެކި އިވެންޓްތަކުން މިހާތަނަށް މެޑަލް ހޯދާފައިވެ އެވެ.