ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ނުފޫޒު މިހާރު ވަރަށް ބޮޑަށް ގަދަވަމުން އަންނާތީ، ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި ސިނަމާތަކުގެ ވިޔަފާރި ހުއްޓިދާނެ ކަމަށް އިންޑިއާގެ ތަޖުރިބާކާރު އެކްޓަރު ނަސީރުއްދީން ޝާހް ބުނެފި އެވެ.
04 އޯގަސްޓް 2020
ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ނުފޫޒު މިހާރު ވަރަށް ބޮޑަށް ގަދަވަމުން އަންނާތީ، ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި ސިނަމާތަކުގެ ވިޔަފާރި ހުއްޓިދާނެ ކަމަށް އިންޑިއާގެ ތަޖުރިބާކާރު އެކްޓަރު ނަސީރުއްދީން ޝާހް ބުނެފި އެވެ.
މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ މި ބަދަލު އަންނާނެކަން ކުރިން ވެސް އެނގޭ ކަމަށާއި އެކަމަކު ސިނަމާތައް ބަންދުކުރަން ޖެހުމަކީ އެންމެ އެދޭ ގޮތް ނޫން ކަމަށެވެ. ނަމަވެސް މިހާރު މުޅި ދުނިޔެ އިންޓަނެޓަށް ބަރޯސާވެ، ޓެކްނޮލޮޖީގެ ތެރެއަށް ގޮސް، މި ދާއިރާ ކުރިއަށް އޮތް ތަނުގައި އަދިވެސް ފުޅާވެ، ތަރައްގީވަމުން އަންނާނެތީ ސިނަމާގެ ވިޔަފާރި އަކީ ނުފެނުން ދުރުކަމެއް ކަމަށް ބުންޏެެވެ.
"އޭރުން އެންމެން ވެސް ފިލްމުތައް ބަލާނީ ގޭގައި ތިބެގެން އެ މީހުންގެ އަތުގައި އޮންނަ ޑިވައިސްއެއް ބޭނުންކޮށްގެން. މި ބަދަލުގެ ކޮޅުމަތީގެ ތެރޭގައި އަހަރެމެން މިހާރު ވެސް މިތިބީ،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ނަސީރުއްދީން ބުންޏެވެ.
އޭނާ ބުނި ގޮތުގައި މި ބަދަލާ އެކު ސިނަމާތަކުގެ ފޯރި އެއް ދުވަހުން އަނެއް ދުވަހަށް ދާނީ ކުޑަވަމުންނެވެ. އެކަމަކު ސިނަމާތަކުގައި ފިލްމު ބެލުމަކީ ވަރަށް ތަފާތު އަދި އެހާމެ ޖޯޝާއި ފޯރި ހުންނަ ކަމެއް ކަމަށް ބުންޏެވެ.
"މިފަދަ ކަންކަން ނެތިގެން ދިއުމަކީ ފިލްމީ ދާއިރާގެ މީހެއްގެ ހައިސިއްޔަތުންނާއި ސިނަމާ އަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން އަހަރެން ވަރަށް ފެންނަން ބޭނުންނުވާ ކަމެއް،" ---ނަސީރުއްދީން
"މިސާލަކަށް ބަލަމާ ސަލްމާން ޚާންގެ ފޭނުން އޭނަގެ ފިލްމެއް ބަލާ ނަމަ ސިނަމާތަކުގައި އެ ނަގާ ފޯރި އަކީ އާދަޔާހިލާފު ރޫހެއް އޯޑިއަންސުން ފެންނާނެ ކަމެއް. މިކަހަލަ އެތައް ކަމެއް ސިނަމާތަކާ ގުޅިފައި އެބަހުރި. މިފަދަ ކަންކަން ނެތިގެން ދިއުމަކީ ފިލްމީ ދާއިރާގެ މީހެއްގެ ހައިސިއްޔަތުންނާއި ސިނަމާ އަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން އަހަރެން ވަރަށް ފެންނަން ބޭނުންނުވާ ކަމެއް،" ނަސީރުއްދީން ބުންޏެވެ. "އެކަމަކު ޒަމާން ބަދަލުވެ ކަންކަން ތަރައްގީވަމުން އަންނަ ވަރަކަށް އާ ބަދަލުތަކަށް އަހަރެމެން ހޭނަން ވެސް ޖެހޭނެ."
އޭނާ ބުނިގޮތުގައި ކަންކަން މިހާރު ފެންނަ ގޮތަށް ބަލާ އިރު ސިނަމާތައް ހުއްޓައިލަން ޖެހި، ކުރިއަށް އޮތް ތަނުގައި އެފަދަ ތަންތަންވެގެން ދާނީ ޝޮޕިން މޯލްތަކާއި މިއުޒިއަމް ކަހަލަ ތަންތަނަށެވެ. އަދި ސިނަމާއެއް ހިންގިޔަސް އެފަދަ ތަނެއް ހުންނާނީ މިއުޒިމެއް ކަހަލަ ތަނެއް ތެރޭގައި ކަމަށް ބުންޏެވެ.
"މި މަންޒަރު ފެންނަން ފަހަރުގައި އަހަރެން ދުނިޔޭގައި ނުހުރެދާނެ. އެކަމަކު ހަމަ ވަރަށް ބޮޑަށް ލަފާކުރެވޭ ފަންސާސް އަހަރު ފަހުން ސިނަމާތަކުގެ ވިޔަފާރިއެއް ނޯންނާނެކަން." 70 އަހަރުގެ އެކްޓަރު ބުންޏެވެ.
ދުނިޔޭގެ އެންމެ ބޮޑު ފިލްމު އިންޑަސްޓްރީ އޮތް އިންޑިއާގެ ސިނަމާތައް މިހާރު ވެސް ހުރީ ހުއްޓުމަކަށް އައިސްފަ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެ ގައުމުގެ ސިނަމާތައް ބަންދުކޮށްފައި ހުންތަނާ މިހާރު ފަސް މަހެއްހާ ދުވަސްވެއްޖެ އެވެ. މިއާ އެކު ފިލްމު ހަދާ މީހުންނަށް މަޖުބޫރުވެފައި ވަނީ ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ބޭނުން ހިފާށެވެ.
މެޑަލް ހޯދާ އެތުލީޓުންނަށް ފިލްމު ޓިކެޓް އުމުރަށް ހިލޭ
ސިނަމާތައް ހީވަނީ ސަހަރާތަކެއްހެން: ސަލްމާން
ޕުޝްޕާ އެޅުވި ސިނަމާއެއްގައި ފިތިބާރުވެގެން އެކަކު މަރު
ބޫލް ބުލައްޔާ 3 އާއި ސިންގަމް އަށް ރަނގަޅު ފެށުމެއް
އާލިއާގެ "ޖިގްރާ"އަށް ފާޑުކިޔުން ބޮޑު، އާމްދަނީ ދަށް
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"
"ބަހުބަލީ 2"ގެ ރެކޯޑް "ސްތުރީ 2" މުގުރާލައިފި
"ސްތުރީ 2" އަށް ބޮޑު އާމްދަނީއެއް
މިދިޔަ އަހަރަކީ ބޮލީވުޑަށް އެންމެ ކާމިޔާބު އަހަރު
ހަ ދުވަސް ތެރޭ "އެނިމަލް" އަށް 59 މިލިއަން