04 ނޮވެމްބަރ 2024
މިދިޔަ ހުކުރު ދުވަހު ޕްރިމިއާކުރި "ބޫލް ބުލައްޔާ 3" އާއި "ސިންގަމް އެގެއިން"އަށް ފުރަތަމަ ތިން ދުވަހު ވަރަށް ރަނގަޅު އާމްދަނީއެއް ލިބިއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ޕްރިމިއާކުރި "ބޫލް ބުލައްޔާ 3" އާއި "ސިންގަމް އެގެއިން"އަށް ފުރަތަމަ ތިން ދުވަހު ވަރަށް ރަނގަޅު އާމްދަނީއެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ފުރަތަމަ ތިން ދުވަހު މި ދެ ފިލްމު ވެސް ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް (11.9 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފަ އެވެ. އެހެންވެ، ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑު އާމްދަނީއެއް މި ދެ ފިލްމަށް ވެސް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
"ބޫލް ބުލައްޔާ 3" އަކީ 150 ކްރޯޑް ރުޕީސް (17.8 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން ހެދި ފިލްމެކެވެ. ފުރަތަމަ ތިން ދުވަހު އެ ފިލްމަށް ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި 113.3 ކްރޯޑް ރުޕީސް (13.5 މިލިއަން ޑޮލަރު) ލިބިފަ އެވެ.
"ސިންގަމް އެގެއިން" އަކީ 375 ކްރޯޑް ރުޕީސް (44.6 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން ހެދި ފިލްމެކެވެ. އެ ފިލްމަށް މިދިޔަ ތިން ދުވަހު ވަނީ 131.8 ކްރޯޑް ރުޕީސް (15.7 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބިފަ އެވެ.
ރޯހިތު ޝެޓީގެ "ސިންގަމް އެގެއިން" އަކީ "ބޫލް ބުލައްޔާ 3" އާ ހިލާފަށް ބޮޑު ސްޓާ ކާސްޓެއް ހިމަނައިގެން ގެނެސްދިން ވަރުގަދަ ފިލްމެކެވެ. "ސިންގަމް އެގެއިން" އަކީ ރޯހިތުގެ ކޮޕް ޔުނިވާސްގެ ދަށުން މީގެ ކުރިން ގެނެސްދިން ހުރިހާ ފިލްމެއްގައި އުޅުނު ހުރިހާ ތަރިން ހިމަނައިގެން އުފެއްދި ފިލްމެކެވެ. އެއީ، އަޖޭ ދޭވްގަން އާއި އަކްޝޭ ކުމާރާއި ރަންވީރް ސިންގެވެ. އެ ފިލްމުން ކޮޕް ޔުނިވާސަށް ދީޕިކާ ޕަޑުކޯން އާއި ޓައިގާ ޝްރޮފް ވެސް ވަނީ ތައާރަފުވެފަ އެވެ. އަދި ވިލަންގެ ރޯލު ކުޅުނީ އަރްޖުން ކަޕޫރެވެ.
"ބޫލް ބުލައްޔާ 3"ގައި އުޅެނީ ދެވަނަ ފިލްމުގައި ވެސް ލީޑު އެކްޓަރުގެ ރޯލު ކުޅުނު ކާތިކް އަރްޔަން އެވެ. އަދި މުހިންމު ރޯލުތައް ދެން ކުޅުނީ ވިދްޔާ ބާލަން އާއި މަދޫރީ ދިކްޝިތު އަދި ތުރިޕްތީ ދިމްރީ އެވެ.
އާލިއާގެ "ޖިގްރާ"އަށް ފާޑުކިޔުން ބޮޑު، އާމްދަނީ ދަށް
"ބަހުބަލީ 2"ގެ ރެކޯޑް "ސްތުރީ 2" މުގުރާލައިފި
"ސްތުރީ 2" އަށް ބޮޑު އާމްދަނީއެއް
މިދިޔަ އަހަރަކީ ބޮލީވުޑަށް އެންމެ ކާމިޔާބު އަހަރު
ހަ ދުވަސް ތެރޭ "އެނިމަލް" އަށް 59 މިލިއަން
ރަންވީރާއި ކެޓްރީނާގެ ކުރިމަތިލުމެއް
ރޯހިތުގެ ފުރަތަމަ އުޖޫރަ އަކީ 35 ރުޕީސް
ކޮވިޑްގެ ފަހުން 100 ކްރޯޑް "ސޫރިޔަވަންޝީ" އަށް
ރަންވީރާ އެކު ރޯހިތު ދެން ހަދާނީ "އަންގޫރް"ގެ ރިމޭކް
50 އަހަރުތެރޭ ސިނަމާތައް ހުއްޓިދާނެ: ނަސީރުއްދީން