އަންނަ އަހަރު ގެނެސްދޭން ހުރި ބޮލީވުޑްގެ ފިލްމުތައް ރިލީޒްކުރާ ތާރީހުތައް އިއުލާން ކުރުމުގެ ފޯރީގެ ތެރެއިން ރަންވީރު ސިންގް އާއި ކެޓްރީނާ ކައިފްގެ ފިލްމުތަކެއް އެއް ދުވަހެއްގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
28 ނޮވެމްބަރ 2021
އަންނަ އަހަރު ގެނެސްދޭން ހުރި ބޮލީވުޑްގެ ފިލްމުތައް ރިލީޒްކުރާ ތާރީހުތައް އިއުލާން ކުރުމުގެ ފޯރީގެ ތެރެއިން ރަންވީރު ސިންގް އާއި ކެޓްރީނާ ކައިފްގެ ފިލްމުތަކެއް އެއް ދުވަހެއްގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
އަންނަ އަހަރުގެ ޖުލައި 15 ގައި ރިލީޒް ކުރަން ނިންމާފައި ވަނީ ރަންވީރުގެ ކޮމެޑީ ފިލްމު "ސާކަސް" އާއި ކެޓްރީނާގެ ހޮރޯ-ކޮމެޑީ "ފޯންބޫތު" އެވެ. މި ދެ ފިލްމު އެއް ދުވަހެއްގައި ރިލީޒްކުރަން ނިންމުމަކީ ހަމަ ޔަގީނުން ވެސް ބޮކްސް އޮފީހުގައި ވިޔަފާރީގެ ގޮތުން ކުރިމަތިލުމަކަށް ދާން ޖެހޭނެ ކަމެކެވެ.
ރަންވީރުގެ "ސާކަސް" އަކީ މި މަހުގެ 5 ގައި ރިލީޒްކުރި ކެޓްރިނާގެ އެންމެ ފަހުގެ ފިލްމު އަދި ރަންވީރު ވެސް ހާއްސަ ފެނިލުމެއްގައި ހިމެނޭ "ސޫރިޔަވަންޝީ" ގެ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމެކެވެ. މީގެ ބަތަލާއިންނަކީ ރަންވީރާ އެކީ އަލަށް މަސައްކަތްކުރާ ބަތަލާއިން ކަމަށްވާ ޖެކްލިން ފެނަންޑޭޒް އާއި ޕޫޖާ ހެގްޅޭ އެވެ.
ދީޕިކާ ހާއްސަ ލަވައަކުން ފެންނާނެ "ސާކަސް" އަކީ ރަންވީރާއި ވަރުން ޝަރުމާ ޑަބަލް ރޯލުތަކުން ފެންނާނެ އެއްޗެކެވެ.
ކެޓްރީނާގެ "ފޯންބޫތު" އަކީ ފަރުހާން އަޚްތަރާއި ރިދޭޝް ސިދްވާނީގެ އެކްސެލް އެންޓައިންމަންޓަށް ގުރުމީތު ސިންގް ޑައިރެކްޓް ކޮށްފައިވާ އެއްޗެކެވެ. މީގެ ބަތަލުންނަކީ ޒުވާން ދެ ތަރިން ކަމަށްވާ އިޝާން ޚައްތަރާއި ސިދާންތު ޗަތުރަވެދީ އެވެ. އިޝާނަކީ އެކްޓަރު ޝާހިދު ކަޕޫރްގެ ކޮއްކޮ އެވެ.
މިހާތަނަށް އަދި އެކީގައި ފިލްމެއް ކުޅެފައި ނުވާ ރަންވީރާއި ކެޓްރީނާގެ ފިލްމުތަކެއް އެއް ދުވަހެއްގައި ރިލީޒްކުރަން ނިންމި އިރު، އަންނަ އަހަރު ރިލީޒް ކުރާނެ ރަންވީރުގެ ފުރަތަމަ ފިލްމަކީ ފެބްރުއަރީ 25 އަށް ތާވަލުކޮށްފައިވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޖަޔޭޝްބާއީ ޖޯރުދާރު" އެވެ. އަދި އަންނަ އަހަރަކީ ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިން ވެސް ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ފެންނާނެ އަހަރެކެވެ.
އަންނަ އަހަރު ރިލީޒް ކުރާނެ ކަމަށް ބެލެވޭ ކެޓްރީނާގެ ފިލްމުތަކުގެ ތެރޭގައި ވައިއާރްއެފްގެ "ޓައިގާ 3" ހިމެނެ އެވެ. އޭގެ ބަތަލަކީ ސަލްމާން ޚާނެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކޮވިޑްގެ ފަހުން 100 ކްރޯޑް "ސޫރިޔަވަންޝީ" އަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ރޯހިތުގެ "ސާކަސް" އަކީ ރަންވީރު
ރަންވީރާ އެކު "އަންގޫރް" ގައި ޖެކްލިން އާއި ޕޫޖާ
ކެޓްރީނާގެ "ފޯންބޫތު" އަންނަ އަހަރު ގެނެސްދޭނެ
"ސްތުރީ 2" އަށް ބޮޑު އާމްދަނީއެއް
ފޯން ބޫތުގެ ޕޯސްޓަރާ އެކު ފިލްމު ނެރޭ ދުވަސް ބުނެފި
"ސޫރިޔަވަންޝީ" މިހާރު ނެޓްފްލިިކްސްގައި
"ސޫރިޔަވަންޝީ" އަންނަ މަހު ނެޓްފްލިކްސް އަށް