30 ޖޫން 2021
ޑައިރެކްޓަރު ރާޖްކުމާރު ހިރާނީއާ އެކު ޝާހްރުކް ޚާން މަސައްކަތްކުރާ ފުރަތަމަ ފިލްމުގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޑައިރެކްޓަރު ރާޖްކުމާރު ހިރާނީއާ އެކު ޝާހްރުކް ޚާން މަސައްކަތްކުރާ ފުރަތަމަ ފިލްމުގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމަކީ ހިޖުރަކުރުމާ ގުޅޭ ގޮތުން ހަދާ ސޯޝަލް ކޮމެޑީއެކެވެ. މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަދި ރަސްމީކޮށް އިއުލާން ނުކުރާ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ހިރާނީ އާއި ކަނިކާ ދިލަން އެވެ.
ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު މީގެ މައިގަނޑު މަންޒަރުތައް ނަގާނެ ކަމަށް ބުނަނީ ޕަންޖާބާއި ކެނެޑާގަ އެވެ. އަދި ފިލްމުގެ ބަތަލާގެ ރޯލް ތާޕްސީ ޕައްނޫ އަށް ހުށަހަޅާފައިވާ ކަމަށް ވެސް އަޑު އަރާފައިވެ އެވެ.
ޝާހްރުކް މި ވަގުތު ސިދާތު އާނަންދުގެ "ޕަތާން" ގެ މަސައްކަތްކުރަމުން އަންނަ އިރު، އެ ފިލްމު ރިލީޒްކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.
"ޕީކޭ" އާއި "3 އިޑިއަޓްސް" ފަދަ ފިލްމުތައް ގެނެސްދިން ހިރާނީގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ސަންޖޫ" އެވެ.
އަންނަ މަހުގެ 16 ގައި އެމެޒޯން ޕްރައިމް ވީޑިއޯ ޕްރީމިއާކުރަން ހަމަޖެހިފައިވާ ފަރުހާން އަޚްތަރުގެ ފިލްމު "ތޫފާން" ގެ ޓްރެއިލާ މިއަދު އާންމުކުރަން ނިންމައިފި އެވެ.
މި ފިލްމަކީ ބޮކްސިން ތެޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ސްޕޯޓްސް ޑްރާމާއެކެވެ. "ތޫފާން" ގެ ޑައިރެކްޓަރަކީ މީހެ ހަފުތާއެއްހާ ދުވަސްކުރިން މަރުވި އިންޑިއާގެ ކުރީގެ އެތުލީޓް މިލްކާ ސިންގްގެ ބައޮގްރަފިކަލް ޑްރާމާ، ފަރުހާނާ އެކު 2013 ގައި ގެނެސްދިން ރާކޭޝް އޯމްޕްރަކާޝް މެހެރާ އެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި މުރްނާލް ތާކޫރާއި ޕަރޭޝް ރާވަލް ހިމެނެ އެވެ.
އަންނަ މަހުގެ 27 ގައި ރިލީޒްކުރާ އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ގެ ޑައިރެކްޓަރު ރަންޖީތު ތިވާރީގެ ދެވަނަ ފިލްމަކަށް އަކްޝޭ ސޮއިކޮށް، އޮގަސްޓް މަހުގެ ތެރޭގައި އޭގެ ޝޫޓިން ފަށަން ނިންމައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ނަން އަދި އިއުލާން ނުކުރާ މި ފިލްމުގެ ބަތަލާގެ ރޯލަށް ރަކުލް ޕްރީތު ސިންގް މިހާރު ނަގާފައިވާ އިރު، ފިލްމު ޝޫޓްކުރާނީ އިނގިރޭސިވިލާތުގަ އެވެ. "ބެލް ބޮޓަމް" އަކީ ވެސް އެ ގައުމުގައި އެއްކޮށް ޝޫޓްކުރި ފިލްމެކެވެ.
އަކްޝޭ އާއި ރަކުލްގެ ފިލްމަކީ ވެސް "ބެލް ބޮޓަމް" ގެ ޕްރޮޑަކްޝަން ހައުސް ޕޫޖާ އެންޓަޓައިންމަންޓުން ހަދާ ފިލްމެކެވެ.
ރަންވީރު ސިންގްއާ އެކު ޑައިރެކްޓަރު ރޯހިތު ޝެޓީ ހަދަން ފަށާފައި އޮތް ދެވަނަ ފިލްމު "ސާކަސް" ގެ މައިގަނޑު ރައިޓްސް ތިން ފަރާތަކަށް ދޫކޮށްލައިފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ފިލްމުގެ ޑިޖިޓަލް ރައިޓްސް ދިނީ ނެޓްފްލިކްސްއަށެވެ. އަދި ސެޓެލައިޓް ރައިޓްސް ޒީ ނެޓްވޯކަށް ދިން އިރު، ސިނަމާތަކުގައި ފިލްމު ދައްކަން ޑިސްޓްރިބިއުޝަން ރައިޓްސް ދިނީ ރިލަޔަންސް އެންޓަޓައިންމަންޓަށެވެ. ނަމަވެސް ރައިޓްސް ދޫކޮށްލި އަގެއް ހާމައެއްނުކުރެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފަށައި މިހާރު ގާތްގަނޑަކަށް ނިމުމަކަށް އައިސްފައި އޮތް "ސާކަސް" ގެ ބަތަލާއިންނަކީ ޖެކްލިން ފެނަންޑޭޒާއި ޕޫޖާ ހެގްޅޭ އެވެ. މި ފިލްމުގައި ރަންވީރާއި ވަރުން ޝަރުމާ ފެނިގެން ދާނީ ޑަބަލް ރޯލުތަކުންނެވެ.
"ސާކަސް" އަކީ ޝޭކްސްޕިއާގެ ޕްލޭ "ދަ ކޮމެޑީ އޮފް އެރާސް" އަށް ބިނާކޮށް ހަދާ އެއްޗެވެ. ފިލްމު ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވެނީ އަހަރު ނިންމައިލާ ތާރީހު ކަމަށްވާ ޑިސެމްބަރު 31 ގަ އެވެ.
"ސޫރިޔަވަންޝީ" މިހާރު ނެޓްފްލިިކްސްގައި
ރަންވީރާއި ކެޓްރީނާގެ ކުރިމަތިލުމެއް
"ސޫރިޔަވަންޝީ" އަންނަ މަހު ނެޓްފްލިކްސް އަށް
ރަންވީރުގެ "ސާކަސް" ގައި ދީޕިކާގެ މީނައްމާ ކެރެކްޓާ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަނުޝްކާގެ ފިލްމީ ކެރިއަރުގައި ނަސީބު ގަދަ
"ސޫރިޔާވަންޝީ" އާއި "83" ޑިޖިޓަލްކޮށް ނެރެފާނެ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކޮވިޑްގެ ފަހުން 100 ކްރޯޑް "ސޫރިޔަވަންޝީ" އަށް
އަޖޭގެ "ސިންގަމް 3" އަށް ތައްޔާރުވާން ފަށައިފި