11 ނޮވެމްބަރ 2021
ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްގެ ފުރަތަމަ ފިލްމު އަޖޭ ދޭވްގަންގެ "ސިންގަމް" ގެ ތިން ބަޔަށް މިހާރު ތައްޔާރީތައް ވާން ފަށައިފި އެވެ.
ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްގެ ފުރަތަމަ ފިލްމު އަޖޭ ދޭވްގަންގެ "ސިންގަމް" ގެ ތިން ބަޔަށް މިހާރު ތައްޔާރީތައް ވާން ފަށައިފި އެވެ.
ބޮލީވުޑް ލައިފުން ބުނީ ރޯހިތާއި އޭނާގެ ލިޔުންތެރިންގެ ޓީމުން ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ސެޕްޓަރުގައި ކަމަށެވެ. އަދި "ސިންގަމް 3" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
އަޖޭ ވަރުގަދަ ފުލުހެއްގެ ރޯލުން ފެނިގެން ދިޔަ އަދި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ސިންގަމް" 2011 ގައި ގެނެސްދިނުމަށް "ސިންގަމް ރިޓާންސް" ގެނެސްދިނީ 2014 ގަ އެވެ. ފުރަތަމަ ފިލްމުގެ ބަތަލާ އަކީ މަދުމަދުން ބޮލީވުޑްގެ ފިލްމުތައް ކުޅޭ އިންޑިއާގެ ދެކުނުގެ ބަތަލާ ކާޖަލް އަގަރްވާލެވެ. ދެވަނަ ބައިގެ ބަތަލާ އަކީ ކަރީނާ ކަޕޫރެވެ.
ރޯހިތު މިހާރު "ސިންގަމް 3" ގެ ތައްޔާރީތައް ވާން ފަށާފައި މި ވަނީ އޭނާގެ ކޮޕް ޔުނިވާސްގެ ތިން ވަނަ ކެރެކްޓާ ދައްކުވައިދޭ ފިލްމު "ސޫރިޔަވަންޝީ" މިދިޔަ ހުކުރު ދުވަހު އަކްޝޭ ކުމާރާ އެކު ގެނެސްދިނުމަށް ފަހު އެވެ. މި ފިލްމުގެ މި ވިޔަފާރި މިހާރު ސިނަމާތަކުގައި ވަރަށް ފޯރިއާ އެކު ކުރިއަށްދާ އިރު، ބޮޑު ބްލޮކްބަސްޓާއަކަށް ވާނެ ކަމުގެ އުންމީދު ބޮޑެވެ.
ރޯހިތުގެ ދެވަނަ ފުލުސް ކެރެކްޓާ އަކީ 2018 ގައި ރަންވީރު ސިންގްއާ އެކު ގެނެސްދިން "ސިމްބާ" އެވެ. ފާހަގަ ކޮށްލެވޭ ކަމަކީ "ސޫރިޔަވަންޝީ" ގައި އަކްޝޭއާ އެކު އަޖޭ އާއި ރަންވީރު ވެސް އެ މީހުންގެ ކެރެކްޓާތަކާ އެކު ހިމަނާފައިވާ ކަމެވެ. އެހެންވެ ހަމަ މިގޮތަށް "ސިންގަމް 3" ގައި އަޖޭއާ އެކު އަކްޝޭ އާއި ރަންވީރު ވެސް ހިމަނާނެ އެވެ.
ރޯހިތު ދެން އެންމެ އަވަހަށް ގެނެސްދޭން އޮތް ފިލްމަކީ އަންނަ އަހަރު ގެނެސްދޭނެ ކޮމެޑީ ފިލްމު "ސާކަސް" އެވެ. މިހާރު އެއްކޮށްހެން ޝޫޓިން ނިމިފައިވާ މި ފިލްމުގެ ކާސްޓުންނަކީ ރަންވީރާއި ޖެކްލިން ފެނަންޑޭޒާއި ވަރުން ޝަރުމާގެ އިތުރުން ޕޫޖާ ހެގްޅޭ އެވެ.
ނީޖަރް ޕާންޑޭ 2018 ގައި އިއުލާންކުރި ތާރީހީ ބޮޑު ފިލްމު "ޗަނަކިއާ" ގެ ޝޫޓިން އަޖޭ އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ އެވެ. އެކަން ޑައިރެޓަރު ވެސް ކަށަވަރުކޮށް ދީފައިވެ އެވެ. ދެ ބަޔަކަށް ހަދާ "ޗަނަކިއާ" ގެ ފުރަތަމަ ބައި ވެސް ސިނަމާތަކަށް ގެންނާނީ 2023 ގަ އެވެ.
"ސޫރިޔަވަންޝީ" މިހާރު ނެޓްފްލިިކްސްގައި
އަންހެން ފުލުހަކަށް ފިލްމެއް ހަދަން އެދުނިން: ކެޓްރީނާ
"ސޫރިޔަވަންޝީ" ގައި ހުރިހާ ރަހައެއް ހެޔޮވަރު
"ސޫރިޔަވަންޝީ" ގެ ފުރަތަމަ ލަވަ ވަރަށް ފޯރިގަދަ
އަކްޝޭގެ "ސޫރިޔާވަންޝީ" އަށް އެންމެ ފަހުން ތާރީހެއް
"ސޫރިޔަވަންޝީ" އަންނަ މަހު ނެޓްފްލިކްސް އަށް
ކޮވިޑްގެ ފަހުން 100 ކްރޯޑް "ސޫރިޔަވަންޝީ" އަށް
އަކްޝޭ އާއި ކެޓްރީނާގެ ލޯބި ލަވައަކުން
ދީޕިކާގެ ލަވައިން އަޖޭ ވެސް ފެންނާނެ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް