Roadha Mihaaru
"ސޫރިޔަވަންޝީ" ގެ ފުރަތަމަ ލަވަ ވަރަށް ފޯރިގަދަ

އަކްޝޭގެ "ސޫރިޔަވަންޝީ" ގެ ފުރަތަމަ ލަވަ ވަރަށް ފޯރިގަދަ

22 އޮކްޓޯބަރ 2021

ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން ރިލީޒްކުރުން ފަސް ކޮށްފައި އޮތް އަކްޝޭ ކުމާރުގެ ކޮޕް ޑްރާމާ "ސޫރިޔަވަންޝީ" އަންނަ މަހުގެ 5 ގައި ސިނަމާތަކަށް ގެންނަން ނިންމުމާ އެކު ފިލްމުގެ ޕްރޮމޯޝަން ފަށައި، ފޯރި ގަދަ ލަވައެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން ރިލީޒްކުރުން ފަސް ކޮށްފައި އޮތް އަކްޝޭ ކުމާރުގެ ކޮޕް ޑްރާމާ "ސޫރިޔަވަންޝީ" އަންނަ މަހުގެ 5 ގައި ސިނަމާތަކަށް ގެންނަން ނިންމުމާ އެކު ފިލްމުގެ ޕްރޮމޯޝަން ފަށައި، ފޯރި ގަދަ ލަވައެއް ދައްކާލައިފި އެވެ.

"އައިލަ ރެ އައިލާ" ގެ ނަން ދީފައިވާ މި ލަވަގައި އަކްޝޭ އެކު ފިލްމުގެ ހާއްސަ ފެނިލުންތަކުގައި ހިމެނޭ އަޖޭ ދޭވްގަނާއި ރަންވީރު ސިންގް ވެސް ހިމެނެ އެވެ. "ސޫރިޔަވަންޝީ" އަކީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްގެ ތިން ވަނަ ކެރެކްޓާ ސޫރިއާ، އަކްޝޭއާ އެކު ގެނެސްދޭ ފިލްމަށްވާތީ އަޖޭ އާއި ރަންވީރު އެ މީހުންގެ ފުލުސް ކެރެކްޓާ އިން ފެނިގެން ދާނެ އެވެ.

ރޯހިތާއި އަޖޭގެ ފުލުސް ކެރެކްޓާ އަކީ "ސިންގަމް" އެވެ. ރޯހިތާއި ރަންވީރުގެ ފުލުސް ކެރެކްޓާ އަކީ "ސިމްބާ" އެވެ.

އެ ދެ ތަރިން ވެސް ހިމަނައިގެން "ސޫރިވަންޝީ" ގެ ފުރަތަމަ ލަވަ އާންމުންނަށް ދޫކޮށްލި އިރު، މީގެ ނެށުން ތައްޔާރު ކޮށްފައި ވަނީ ސިގްނޭޗާ އެތައް ސްޓެޕްތަކެއް ގެނެސްދީފައިވާ ކުޅަދާނަ ކޮރިއޮގްރާފަރު ގަނޭޝް އަޗިރިއާ އެވެ.

ދޮޅު އަހަރެއްހާ ދުވަސް ފަހުން "ސޫރިޔަވަންޝީ" ސިނަމާތަކަށް ގެންނަ އިރު، މި ފިލްމަކީ ރޯހިތުގެ ފިލްމު ކުންފުންޏާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި އަކްޝޭގެ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ފިލްމްސްގެ އިތުރުން ރިލަޔަންސް އެންޓަޓައިންމަންޓް ގުޅިގެން ހަދާފައިވާ އެއްޗެވެ.

މީގެ ބަތަލާ އަކީ ކެޓްރީނާ ކައިފެވެ. ކުރިން އެކީގައި ކާމިޔާބު ފިލްމުތަކެއް ކުޅުނު އަކްޝޭ އާއި ކެޓްރީނާގެ ކާމިޔާބު ޖޯޑު އަލުން ސްކްރީނަށް މި އަންނަނީ ވަރަށް ގިނަ ދުވަސްތަކެއް ފަހުންނެވެ. އެހެންވެ އެއީ ވެސް "ސޫރިޔަވަންޝީ" ހާއްސަވާ މުހިއްމު ސަބެބެކެވެ.

މި ފިލްމަކީ ކުރިން މިދިޔަ އަހަރުގެ މާޗް 24 ގައި ގެނެސްދޭން އުޅުނު ފިލްމެކެވެ. އަދި މި ފިލްމަކީ މި އަހަރު ރިލީޒްކުރާ އަކްޝޭގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ އޮގަސްޓްގައި ރިލީޒްކުރި "ބެލް ބޮޓަމް" އެވެ.