21 ޖޫން 2021
ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާގެ ފިލްމީ ކެރިއަރު ކުރުކޮށް ސިފަކުރާ ނަމަ އެއީ ވަރަށް ނަސީބު ގަދަ ތަރިއެކެވެ. ގިނަ ބަޔަކު ދެކެނީ ވެސް އެހެންނެވެ. އެއީ ވަރަށް ގިނަ ސަބަބުތައް ވެސް ހުރީމަ އެވެ.
ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާގެ ފިލްމީ ކެރިއަރު ކުރުކޮށް ސިފަކުރާ ނަމަ އެއީ ވަރަށް ނަސީބު ގަދަ ތަރިއެކެވެ. ގިނަ ބަޔަކު ދެކެނީ ވެސް އެހެންނެވެ. އެއީ ވަރަށް ގިނަ ސަބަބުތައް ވެސް ހުރީމަ އެވެ.
ފުރަތަމަ ކަމަކީ ބޮލީވުޑްގެ އެންމެ ބޮޑު އަދި އެންމެ ކާމުޔާބު ފިލްމު ކުންފުނީގެ ފިލްމަކުން، ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް ޑައިރެކްޓަރާ އެކު މަސައްކަތްކުރަން ލިބުމެވެ. ފިލްމީ ބެކްގްރައުންޑެއް ވެސް ނެތް އަނުޝްކާގެ ފުރަތަމަ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) 2008 ގެ "ރަބް ނެ ބަނާދީ ޖޯޅީ" އެވެ. އޭގެ ޑައިރެކްޓަރަކީ ހިންދީ ސިނަމާގެ ތާރީހުގައި އެންމެ ކުލަގަދަކޮށް ލިޔެވޭ އެއް ފިލްމު ކަމަށްވާ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ގެ ޑައިރެކްޓަރު އަދިތިޔާ ޗޯޕްރާ އެވެ.
އަނުޝްކާ ނަސީބު ގަދަ ބަތަލާއެކޭ ބުނަން ޖެހޭ އަނެއް ސަބަބަކީ ފުރަތަމަ ފިލްމުގައި ސުޕަސްޓާރު ޝާހްރުކް ޚާނާ އެކު މަސައްކަތްކުރަން ލިބުމެވެ. "ރަބް ދެ ބަނާދީ ޖޯޅީ" އަށް އަނުޝްކާ ސޮއިކުރީ ވައިއާރްއެފްގެ ތިން ފިލްމުގެ ޑީލްއަކާ އެކީގަ އެވެ. އެހެންވެ އޭނާ ފަހުންވެގެން ދިޔައީ އެ ސްޓޫޑިއޯގެ ފެވަރިޓަކަށެވެ. އަނެއްކޮޅުން އެއީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދި ބަތަލާއެކެވެ.
އަނެއް ސަބަބަކީ ބޮލީވުޑްގެ އެންމެ ވަރުގަދަ ތިން ޚާނުންނާ އެކު މަސައްކަތްކުރަން ލިބުނު މަދު ބަތަލާއިންގެ ތެރޭގައި ވެސް އޭނާ ހިމެނުމެވެ. ޝާހްރުކާ އެކީ މިހާތަނަށް ހަތަރު ފިލްމު ކުޅުނެވެ. އެއީ "ރަބް ނެ ބަނާދީ ޖޯޅީ" ގެ އިތުރުން 2012 ގެ "ޖަބް ތަކް ހެ ޖާން" އާއި 2017 ގެ "ޖަބް ހެރީ މެޓް ސޭޖަލް" އާއި 2018 ގެ "ޒީރޯ" އެވެ.
އާމިރު ޚާނާ އެކު އަނުޝްކާ ކުޅުނު ފިލްމަކީ 2014 ގެ "ޕީކޭ" އެވެ. ސަލްމާން ޚާނާ އެކު ކުޅުނު ފިލްމަކީ 2016 ގެ "ސުލްތާން" އެވެ.
ބޮލީވުޑްގެ އެތައް އެކްޓަރަކާއި އެތައް ޑައިރެކްޓަރާ އެކީ އަނުޝްކާ މިހާތަނަށް މަސައްކަތްކޮށްފައިވެ އެވެ. ހާއްސަކޮސް އެންމެ ނަގާކިޔާ މީހުންނާ އެކީގަ އެވެ. ތަރިންނަށް ބަލާ އިރު އަކްޝޭ ކުމާރާއި ރަންބީރް ކަޕޫރާއި ރަންވީރު ސިންގް އަދި ޝާހިދު ކަޕޫރް ހިމެނެ އެވެ.
އަދިތިޔާއާ އެކު "ރަބް ނެ ބަނާދީ ޖޯޅީ" ގައި މަސައްކަތްކުރުމަށް ފަހު، އޭނާގެ ބައްޕަ އަދި ކުރީގެ މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްރާގެ ފަހު ފިލްމު "ޖަބް ތަކް ހެ ޖާން" ގެ އެއް ބަތަލާގެ ރޯލު ވެސް ކުޅެން ލިބުމަކީ އަނުޝްކާގެ ކާމިޔާބީއެކެވެ.
އޭނާ މިހާތަނަށް ޑައިރެކްޓަރު ކަރަން ޖޯހަރާއި ރާޖްކުމާރު ހިރާނީ އާއި އަލީ އައްބާސް ޒަފަރާއި މަނީޝް ޝަރުމާ އާއ ވިޝާލް ބަރަދްވާޖާއި އިމްތިއާޒް އަލީ އާއި އާނަންދު އެލް ރާއީ އަދި ޒޯޔާ އަޚްތަރު ފަދަ ކުޅަދާނަ ޑައިރެކްޓަރުންނާ އެކީ މަސައްކަތްކޮށްފައިވެ އެވެ.
އަނުޝްކާ އަކީ މިހާރު ބޮލީވުޑްގެ ނުފޫޒު ގަދަ ޕްރޮޑިއުސަރެއް ވެސް މެ އެވެ. އޭނާ އާއި ކޮއްކޮ ކަރްނޭޝް ޝަރުމާގެ ފިލްމު ކުންފުނި ކްލީން ސްލޭޓް ފިލްމްސް އަކީ މިހާރު ނެޓްފްލިކްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯ ފަދަ ވަރުގަދަ ސްޓްރީމުން ޕްލެޓްފޯމްތަކަށް ކޮންޓެންޓް ގެނެސްދޭ ދެ މީހުންނެވެ.
އަމިއްލަ ދިރިއުޅުމަށް ބަލާ އިރު އަނުޝްކާ، 33، އަކީ ނަސީބު ގަދަ އަދި ކާމިޔާބު މީހެކޭ ބުނަން ޖެހެނީ އިންޑިއާގެ ކާމިޔާބު ކްރިކެޓް ކުޅުންތެރިޔަކާ ކައިވެނިކުރުމުގެ ފުރުސަތު ލިބުމެވެ. އޭނާ އާއި ވިރާޓް ކޯލީ، 32، ގެ ކައިވެންޏަށް ދަރިޔަކު ލިބުނީ މި އަހަރުގެ ކުރީކޮޅު އެވެ.
ދެމަފިރިން އަންނަނީ އެކިއެކި އަމިއްލަ ތަފާތު ވިޔަފާރިތައް ވެސް ހިންގަމުންނެވެ. އަދި މިއީ އިންޑިއާގެ ވަރަށް ގިނަ ޒުވާނުން މިހާރު ނަމޫނާއެއްގެ ގޮތުގައި ބަލާ ޖޯޑެއް ވެސް މެ އެވެ.
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
"ދޫމް 4" ގެ ވިލަންއަކަށް ދީޕިކާ؟
ޝާހްރުކްގެ "ޕަތާން" މި އަހަރު ރިލީޒެއް ނުކުރާނެ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ފިރިމީހާ ޑައިރެކްޓްކުރާ ފިލްމަކަށް ރާނީ އުންމީދު ކުރޭ
މިމަހު ޝާހްރުކް އަލުން ފިލްމީ މަސައްކަތަށް ނިކުންނާނެ
ވިދޫއާ އެކު މަސައްކަތްކުރަން ޝާހްރުކްގެ ޝައުގެއް ނެތް
"ޕަތާން" ގައި ދީޕިކާ ތަޅާފޮޅާ ރޯލެއް
ސަލްމާންގެ "ޓައިގާ 3" ގައި ޝާހްރުކްގެ ފެނިލުމެއް