ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މި އަހަރު ފަސް ފިލްމެއް ގެނެސްދޭން ނިންމައި އެ ފިލްމުތައް ރިލީޒްކުރާ ތާރީހުތައް އިއުލާންކޮށްފި އެވެ.
18 ފެބުރުއަރީ 2021
ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މި އަހަރު ފަސް ފިލްމެއް ގެނެސްދޭން ނިންމައި އެ ފިލްމުތައް ރިލީޒްކުރާ ތާރީހުތައް އިއުލާންކޮށްފި އެވެ.
ކުރިން ބެލެވުނު ގޮތާ ހިލާފަށް ޝާހްރުކް ޚާން ކުޅޭ އެ ސްޓޫޑިިއޯގެ "ޕަތާން" މި އަހަރުގެ ތާވަލަކު ނެތެވެ. މީޑިއާތަކުން ބުނަމުން ދިޔައީ އެ ފިލްމަކީ މި އަހަރުގެ ދިވާލީއާ ދިމާކޮށް ނޮވެމްބަރު މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނާނެ ފިލްމެއް ކަމަށެވެ.
ނަމަވެސް ނޮވެމްބަރުގައި ގެނެސްދޭން ނިންމީ އަކްޝޭ ކުމާރުގެ ފިލްމު "ޕްރިތުވީރާޖް" އެވެ. ނޮވެމްބަރު މަހުގެ 5 އަށް ތާވަލުކޮށްފައި އޮތް ފިލްމަކީ 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރް ބޮލީވުޑަށް ތައާރަފުވާ ފިލްމު ވެސް މެ އެވެ.
"ޕްރިތުވީރާޖް" އަކީ ކުރިން މިދިޔަ އަހަރުގެ ނޮވެމްބަރު 13 އަށް ތާވަލުކުރި ފިލްމެކެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ފިލްމު ގެނެސް ނުދެވުނީ އެވެ.
މި އަހަރު ވައިއާރްއެފުން ގެނެސްދޭ ފުރަތަމަ ފިލްމަކީ ރިލީޒްނުވެ ދިގުލައިގެން ގޮސްފައިވާ އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާގެ "ސަންދީޕް އޯރް ޕިންކ ފަރާރް" އެވެ. ކުރިން 2018 ގައި ގެނެސްދޭން މަސައްކަތްކުރި ފިލްމު މިހާރު ތާވަލުކޮށްފައި އޮތީ މާޗް 19 އަށެވެ.
#YRF announces slate of films for 2021, wants to bring audiences back to the theatres! pic.twitter.com/IlORxW94Ln
— Yash Raj Films (@yrf) February 17, 2021
ކުރިން މިދިޔަ އަހަރުގެ ޖޫން 12 އަށް ތާވަލުކުރި "ބަންޓީ އޯރް ބަބްލީ" ސިނަމާތަކަށް އަންނާނީ 23 އެޕްރީލްގަ އެވެ. އެ ފިލްމުގެ ތަރިންނަކީ ރާނީ މުކަރްޖީ އާއި ސައިފް އަލީ ޚާނާއި ސިދާންތު ޗަތުރަވެދީގެ އިތުރުން ޝަރްވާރީ ވާގެވެ.
މި އަހަރު ވައިއާރްއެފުން ގެނެސްދޭނެ ތިން ވަނަ ފިލްމަކީ ކުރިން މިދިޔަ އަހަރުގެ ޖުލައި 30 އަށް ތާވަލުކުރި "ޝަމްޝޭރާ" އެވެ. އެ ފިލްމުގެ ތަރިންނަކީ ރަންބީރް ކަޕޫރާއި ވާނީ ކަޕޫރާއި ސަންޖޭ ދަތެވެ.
ރަންވީރު ސިންގްގެ "ޖަޔޭޝްބާއީ ޖޯރްދާރު" އަކީ އަދިތިޔާ ޗޯޕްޅާގެ ކުންފުނިން މި އަހަރު ގެނެސްދޭނެ ހަތަރު ވަނަ ފިލްމެވެ. އެއީ އޮގަސްޓް 27 ގަ އެވެ.
ވައިއާރްއެފްގެ މި ތާވަލާ އެކު މިހާރު ގަބޫލުކުރެވެނީ ޝާހްރުކްގެ "ޕަތާން" ގެނެސްދޭނީ އަންނަ އަހަރު ކަމެވެ. ޝޫޓިން ފަށާފައި އޮތް އެ ފިލްމަކީ ސިދާތު އާނަންދު ޑައިރެކްޓްކުރާ އެކްޝަން ތުރިލާއެކެވެ. އޭގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމާއި ޑިމްޕަލް ކަޕާޑިއާ ހިމެނެ އެވެ. އަދި ހާއްސަ ފެނިލުމަކުން ސަލްމާން ޚާން ވެސް ފެންނާނެ އެވެ.
އޭނާ އަންނަ މަހު ވައިއާރްއެފްގެ "ޓައިގާ 3" ގެ ޝޫޓިން ފަށާނެ އެވެ.
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
އަނުޝްކާގެ ފިލްމީ ކެރިއަރުގައި ނަސީބު ގަދަ
ބޮލީވުޑުން ބޮޑު ތިން ޓްރެއިލާއެއް
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
ޝާހްރުކްގެ "ޕަތާން" ގައި ސަލްމާންގެ 20 މިނިޓް
"ދޫމް 4" ގެ ވިލަންއަކަށް ދީޕިކާ؟
ވައިއާރްއެފްގެ ފިލްމުތައް ޑިޖިޓަލްކޮށް ރިލީޒެއްނުކުރާނެ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ޕަތާން" ގައި ދީޕިކާ ތަޅާފޮޅާ ރޯލެއް
ސަލްމާންގެ "ޓައިގާ 3" ގައި ޝާހްރުކްގެ ފެނިލުމެއް