18 މެއި 2020
އިންޑިއާގެ ސިނަމާތައް މިހާރު ބަންދުކޮށްފައިވާ އިރު، އަލުން ހުޅުވޭނެ އިރެއް ނޭނގުނަސް، އިންޑިއާގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އެއްވެސް ފިލްމެއް ޑިޖިޓަލްކޮށް ރިލީޒްނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގެ ސިނަމާތައް މިހާރު ބަންދުކޮށްފައިވާ އިރު، އަލުން ހުޅުވޭނެ އިރެއް ނޭނގުނަސް، އިންޑިއާގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އެއްވެސް ފިލްމެއް ޑިޖިޓަލްކޮށް ރިލީޒްނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނިގޮތުގައި އެ ސްޓޫޑިއޯގެ ފިލްމުތަކެއް މި އަހަރަށް ތާވަލުކޮށްފައިވާ އިރު، މަޝްހޫރު ބައެއް ސްޓްރީމިން ޕްލެޓްފޯމްތަކުން ވަނީ އެ ފިލްމުތަކުގެ ރައިޓްސް ހޯދަން ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް ޑައިރެކްޓަރު/ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ ވަނީ އެ ހުށަހެޅުންތައް ގަބޫލުނުކޮށް ދޫކޮށްލައިފަ އެވެ.
ވައިއާރްއެފުން ގެންގުޅޭނެ އުސޫލަކީ ފުރަތަމަ ސިނަމާތަކުގައި ފިލްމުތައް ރިލީޒްކުރުމަށް ފަހު، އޭގެ ފަހުން ސްޓްރީމިން އަށް ދޫކޮށްލުމެވެ.
ކޮރޯނާވައިރަހާ ހެދި އިންޑިއާގައި އިއުލާންކުރި ލޮކްޑައުނާ އެކު މާޗް މަހުގެ މެދުތެރެއިން ފެށިގެން އެ ގައުމުގެ ހުރިހާ ސިނަމާތަކެއް ވަނީ ބަންދުކޮށްފަ އެވެ. އަދި ސިނަމާތައް އަލުން ހުޅުވި، ކުރިއެކޭ އެއްގޮތަށް ފިލްމުތައް ދެއްކޭނެ އިރެއް ނޭނގޭތީ ބައެއް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން މިހާރު އަންނަނީ އެ މީހުންގެ ފިލްމުތައް ސްޓްރީމިން ކުންފުނިތަކަށް ދޫކޮށްލަމުންނެވެ.
އެގޮތުން އަމީތާބް ބައްޗަންގެ "ގުލާބޯ ސިތާބޯ" އާއި ވިދިޔާ ބަލަންގެ "ޝަކުންތަލާ ދޭވީ" މިހާރު ވެސް ވަނީ އެމެޒޯމް ޕްރައިމް ވީޑިއޯ އަށް ވިއްކާލައިފަ އެވެ. އަދި ވަރަށް އަވަހަށް އިތުރު ފިލްމުތައް ވެސް މި ގޮތަށް ދޫކޮށްލާކަން އިއުލާންކުރާނެ އެވެ.
ޑިޖިޓަލްކޮށް ފިލްމު ރިލީޒްކުރަން ބައެއް މީހުން މިހާރު ފޫގަޅާފައިވާތީ ސިނަމާތައް ހިންގާ މީހުންނާއި ޑިސްޓްރިބިއުޓަރުން މިހާރު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
ވައިއާރްއެފުން މި އަހަރަށް ތާވަލުކޮށްފައި ހުރި ފިލްމުތަކަކީ މާޗް 20 ގައި ގެނެސްދޭން ނިންމި އަދި ރިލީޒްނުކުރެވި ދެ އަހަރުވެފައިވާ އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާގެ "ސަންދީޕް އޯރް ޕިންކީ ފަރާރު" އާއި އަންނަ މަހުގެ 26 އަށް ތާވަލުކޮށްފައި އޮތް ރާނީ މުކަރްޖީ އާއި ސައިފް އަލީ ޚާންގެ "ބަންޓީ އޯރް ބަބްލީ 2" އާއި އޮކްޓޯބަރު 2 އަށް ތާވަލުކޮށްފައި އޮތް ރަންވީރު ސިންގްގެ "ޖަޔޭޝްބާއީ ޖޯރްދާރް" އަދި ނޮވެމްބަރު 13 އަށް ތާވަލުކޮށްފައި އޮތް އަކްޝޭ ކުމާރުގެ "ޕްރިތުވީރާޖް" އެވެ.
ވައިއާރްއެފުން މި އަހަރު ގެނެސްދޭ ތިން ފިލްމެއްގެ ކާސްޓުން.
އަމިއްލަ ފިލްމުތަކުގެ އިތުރުން ވައިއާރްއެފަކީ އިންޑިއާގެ އެހެން ސްޓޫޑިއޯތަކުން ހަދާ ފިލްމުތައް ރިލީޒްކޮށްދޭ ކުންފުންޏެއް ވެސް މެ އެވެ.
ނަމަވެސް އެ ސްޓޫޑިއޯ އާއި އެތަނާ ގުޅުން ހުރި އެއްވެސް ފިލްމެއް ޑިޖިޓަލްކޮށް ނުކުރާނެ ކަމަށް ބުނެފައިވެ އެވެ.
މިކަމާ ބެހޭ ގޮތުން ވައިއާރްއެފްގެ ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގެ ވައިސް ޕްރެޒިޑެންޓް ރޯހަން މަލްއުތުރާ ބުނީ ސިނަމާތައް ހުޅުވޭނެ އިރެއް ކަށަވަރުވުމާ އެކު، އެ ސްޓޫޑިއޯގެ ފިލްމުތަކުގެ ކަލަންޑަރު އަލުން އެކުލަވައިލާނެ ކަމަށެވެ.
މި އަހަރަކީ ވައިއާރްއެފަށް 50 އަހަރު ވެސް ފުރޭ އަހަރަށްވާތީ ކުރިން އޮތީ ވަރަށް ހާއްސަ ކަންތައްތަކެއް ކުރިއަށް ގެންދަން ރާވައިފަ އެވެ. ނަމަވެސް ރިޕޯޓްތައް މިހާރު ބުނާގޮތުން އެކަންކަން މިހާރު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.
ޝާހްރުކްގެ "ޕަތާން" މި އަހަރު ރިލީޒެއް ނުކުރާނެ
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސްކްރިޕްޓްތައް ހޮވަން ފިރިމީހާގެ ނުފޫޒެއް ނެތް: ރާނީ
ބޮލީވުޑުން ބޮޑު ތިން ޓްރެއިލާއެއް
ރާނީގެ "ބަންޓީ އޯރް ބަބްލީ 2" ގެ ޓީޒާއެއް
"ސަންދީޕް" އަށް ފަހު ލިބޭ ފުރުސަތުތައް ގިނަ: އަރުޖުން
ސަލްމާންގެ އަންތިމް އާއި އަޖޭގެ މައިދާން ޑިޖިޓަލްކޮށް؟
ކޮވިޑާ ހެދި "ބަންޓީ އޯރް ބަބްލީ 2" މަޑުޖައްސާލައިފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް