24 އޮކްޓޯބަރ 2021
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ 2005 ގެ ކާމިޔާބު ފިލްމު "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައިގެ ޓީޒާއެއް ތަފާތު ގޮތަކަށް ދައްކާލައިފި އެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ 2005 ގެ ކާމިޔާބު ފިލްމު "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބައިގެ ޓީޒާއެއް ތަފާތު ގޮތަކަށް ދައްކާލައިފި އެވެ.
ކޮވިޑާ ހެދި މިދިޔަ އަހަރަށް ފަސްކޮށް، މިހާރު އަންނަ މަހުގެ 19 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ބަންޓީ އޯރް ބަބްލީ 2" ގައި މި ފަހަރު ރާނީއާ އެކު ބަންޓީގެ ރޯލުން ފެންނާނީ ސައިފް އަލީ ޚާނެވެ. ކުރީގެ ފިލްމުގައި އެ ރޯލު ކުޅުނީ އަބީޝެކް ބައްޗަނެވެ.
"ބަންޓީ އޯރް ބަބްލީ 2" ގެ ޓީޒާ ގެނެސްދީފައި ވަނީ ރާނީ އާއި ސައިފް ޝޫޓިންއަކަށް ތައްޔާރުވާން ތިއްބައި، ފިލްމުގެ ކާސްޓްގައި ހިމެނޭ ޒުވާން ދެ ތަރިން ކަމަށްވާ ސިދާންތު ޗަތުރަވެދީ އާއި ޝަރުވާރީ ވާގް ސެޓަށް ދިއުމުން ސައިފާއި ރާނީ ހިތްހަމަނުޖެހިގެން ސެޓް ދޫކޮށް ދާ މަންޒަރަކާ އެކީގަ އެވެ. މިއީ އަދި ފިލްމުގެ މަންޒަރެއް ނޫން ނަމަވެސް މި ޓީޒާއާ އެކު ގަބޫލު ކުރެވެނީ މި ހަތަރު މީހުންގެ މެދުގައި ހިނގާ ކޯޅުންތައް "ބަންޓީ އޯތް ބަބްލީ 2" އިން ފެންނާނެ ކަމަށެވެ.
މި ފިލްމަކީ ވަރަށް ދުވަސް ފަހުން ރާނީ އާއި ސައިފްގެ ޖޯޑު އެކީގައި ސްކްރީނަށް އަންނަ ފިލްމެކެވެ. ދެ ތަރިން ކުރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ހަމް ތުމް" އާއި "ތަރަ ރަމް ޕަމް" އަދި "ތޯޅާ ޕިޔާރު ތޯޅާ މެޖިކް" ހިމެނެ އެވެ. އެ ތިން ފިލްމަކީ ވެސް "ބަންޓީ އޯރް ބަބްލީ 2" ގެނެސް ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމުތަކެވެ.
މި ފަހުން ރާނީ ބޮޑަށް ފެނިފައި ވަނީ ވަރަށް ސީރިއަސް ފިލްމުތަކަކުން ކަމަށް ވިޔަސް އާ ފިލްމަކީ އޭނާގެ ވަރަށް ލައިޓް ހާޓެޑް ފިލްމެކެވެ. އަލަށް ޑައިރެކްޝަނަށް ނުކުތް ވަރުން ޝަރުމާ ހަދާފައިވާ "ބަންޓީ އޯރް ބަބްލީ 2" އަކީ ކްރައިމް ކޮމެޑީއެކެވެ. މީގެ ކުރީގެ ބައި ލިޔެ، ޑައިރެކްޓްކުރީ ޝާދު އަލީ އެވެ.
ރާނީގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "މަރުދާނީ 2" އެވެ. އާ ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ކުޑަތަން ވަމުން އަންނަ އިރު މަގުބޫލު ބަތަލާ މިދިޔަ ހަފުތާފައި ވަނީ "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ގެ ޝޫޓިން ނިންމައިފަ އެވެ.
ބޮލީވުޑުން ބޮޑު ތިން ޓްރެއިލާއެއް
ސްކްރިޕްޓްތައް ހޮވަން ފިރިމީހާގެ ނުފޫޒެއް ނެތް: ރާނީ
ކޮވިޑާ ހެދި "ބަންޓީ އޯރް ބަބްލީ 2" މަޑުޖައްސާލައިފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ހިޗްކީ" ގެ ދެވަނަ ބައެއް ހަދާނެ: ރާނީ
ރާނީ ދެން އަންނާނީ އަންނަ އަހަރުގެ މެއި މަހު
ފިރިމީހާ ޑައިރެކްޓްކުރާ ފިލްމަކަށް ރާނީ އުންމީދު ކުރޭ
"ދޫމް" ފްރެންޗައިޒުން އަބީޝެކް ދެން ނުފެނިދާނެ