ބެލުންތެރިން އަބަދު ވެސް ވަރަށް ލޯބިވާ ބަތަލާއެއްގެ ގޮތުގައި ފާހަގަ ކުރެވޭ ރާނީ މުކަރްޖީގެ އާ ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އަންނަ އަހަރުގެ މެއި 20 ގައި ސިނަމާތަކަށް ގެންނަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.
08 ޑިސެމްބަރ 2021
ބެލުންތެރިން އަބަދު ވެސް ވަރަށް ލޯބިވާ ބަތަލާއެއްގެ ގޮތުގައި ފާހަގަ ކުރެވޭ ރާނީ މުކަރްޖީގެ އާ ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އަންނަ އަހަރުގެ މެއި 20 ގައި ސިނަމާތަކަށް ގެންނަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.
ދާދި ފަހުން ޝޫޓިންގެ ބޮޑު ބައެއް ވެސް ނިންމާލި ފިލްމަކީ އަންހެން ދަރިޔަކަށްޓަކައި ގުރުބާންވާ ހިތްވަރު ގަދަ މައެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އަކީ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ 2013 ގެ "މޭރޭ ޑޭޑް ކީ މަރޫޓީ" ގެނެސްދިން ޑައިރެކްޓަރު އާޝިމާ ޗިބާރްގެ ފިލްމެކެވެ.
އެކަމަކު ރާނީއާ އެކު އޭނާ ގެނެސްދޭ ފިލްމަކީ ވައިއާރްއެފްގެ ފިލްމެއް ނޫނެވެ. މިއީ ޕްރޮޑިއުސަރު/ޑައިރެކްޓަރު ނިކިލް އަދުވާނީގެ އެންމޭ އެންޓަޓައިންމަންޓާއި ޒީ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ. އާޝިމާ ހަދަން އިއުލާންކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ޑިޝާ ޕަޓާނީ ބަތަލާގެ ރޯލު ކުޅެން ހަމަޖެހިފައިވާ "ކޭޓީނާ" ވެސް ހިމެނެ އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރާނީގެ "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ގެ ރިލީޒްކުރާ ތާރީހު އިއުލާންކުރި އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 19 ގައި ވައިއާރްއެފުން ރިލީޒްކުރި ކްރައިމް ކޮމެޑީ "ބަންޓީ އޯރް ބަބްލީ 2" އެވެ.
ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބުނު އެ ފިލްމުގެ ކާސްޓްގައި ސައިފް އަލީ ޚާނާއި ސިދާންތު ޗަތުރަވެދީގެ އިތުރުން ޝަރުވާރީ ވާގް ވެސް ހިމެނެ އެވެ.
"ހިޗްކީ" ގެ ދެވަނަ ބައެއް ހަދާނެ: ރާނީ
ފިރިމީހާ ޑައިރެކްޓްކުރާ ފިލްމަކަށް ރާނީ އުންމީދު ކުރޭ
"ދޫމް" ފްރެންޗައިޒުން އަބީޝެކް ދެން ނުފެނިދާނެ
ސްކްރިޕްޓްތައް ހޮވަން ފިރިމީހާގެ ނުފޫޒެއް ނެތް: ރާނީ
ރާނީގެ "ބަންޓީ އޯރް ބަބްލީ 2" ގެ ޓީޒާއެއް
ރާނީގެ އާ ފިލްމަކީ "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"
މިހާރު ބޭނުމީ ބަދަލުތައް ގެނުވާ ކަހަލަ ރޯލުތައް: ރާނީ
ޝާހްރުކް ފިލްމީ މަސައްކަތަށް ނުކުންނާނީ 15 ގައި
މިސް ވޯލްޑް މަނޫޝީގެ ފުރަތަމަ ފިލްމުގެ ޓީޒާއެއް
މިމަހު ޝާހްރުކް އަލުން ފިލްމީ މަސައްކަތަށް ނިކުންނާނެ