26 ޖެނުއަރީ 2021
މިހާރު އެންމެ ބޭނުން ވަނީ މުޖުތަމައުގައި އަންހެނުންނާ މެދު ދެކޭ ގޮތް ބަދަލުކޮށްލެވޭ ކަހަލަ ފިލްމުތައް ކުޅެން ކަމަށާއި އެފަދަ ފިލްމުތަކުން އަމިއްލަ ބްރޭންޑެއް ވެސް ގެންނަން ބޭނުންވާ ކަމަށް ބޮލީވުޑްގެ ބަތަލާ ރާނީ މުކަރްޖީ ބުނެފި އެވެ.
މިހާރު އެންމެ ބޭނުން ވަނީ މުޖުތަމައުގައި އަންހެނުންނާ މެދު ދެކޭ ގޮތް ބަދަލުކޮށްލެވޭ ކަހަލަ ފިލްމުތައް ކުޅެން ކަމަށާއި އެފަދަ ފިލްމުތަކުން އަމިއްލަ ބްރޭންޑެއް ވެސް ގެންނަން ބޭނުންވާ ކަމަށް ބޮލީވުޑްގެ ބަތަލާ ރާނީ މުކަރްޖީ ބުނެފި އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 42 އަހަރުގެ ބަތަލާ ބޮލީވުޑް ލައިފަށް ދިން އިންޓަވިއުއެއްގައި ބުނީ ކެރިއަރުގައި މިހާތަނަށް ވަރަށް ތަފާތު އެކި ކަހަލަ ރޯލުތައް ކުޅެވިއްޖެ ކަމަށެވެ. ހާއްސަކޮށް ލޯބީގެ ވަރަށް ގިނަ ފިލްމުތަކެއް ކުޅެވިފައިވާ ކަމަށާއި އެކަމަކު މިހާރު އެފަދަ ރޯލުތަކަށް ވުރެ ބޮޑަށް ބޭނުން ވަނީ އަދި ޝައުގުވެރި ވަނީ ވެސް މުޖުތަމައުގެ ހަގީގީ ވާހަކަ ކިޔައިދޭ ފިލްމުތައް ކަމަށް ބުންޏެވެ.
"ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ އަލްވިދާ ނާ ކެހެނާ" އާއި "ހަމް ތުމް" އާއި "ހަރް ދިލް ޖޯ ޕިޔާރު ކަރޭގާ" އާއި "ޗަލްތޭ ޗަލްތޭ" އާއި "ވީރު ޒާރާ" ފަދަ ރީތި އެތައް ފިލްމެއް ކުޅުނު ހުނަރުވެރި ބަތަލާ ބުނީ ސިނަމާ އަކީ ވަރަށް ބާރުގަދަ ވަސީލަތެއް ކަމަށާއި މުޖުތަމައު ބިނާކުރަން އޭގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެ ކަމަށެވެ.
އިންޑިއާގެ އެންމެ ބޮޑު ފިލްމު ސްޓޫޑިއޯ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ މިހާރުގެ ވެރިޔާ އަދިތިޔާ ޗޯޕްޅާގެ އަންހެނުން ބުނީ އޭނާ މި ފަހުން ކުޅުނު ފިލްމުތަކުން ވެސް މުޖުތަމައަށް ވަރަށް މުހިއްމު މެސެޖްތަކެއް ދެވިފައިވާ ކަމަށެވެ. އެ ފިލްމުތަކަކީ ރާނީ ޓީޗަރެއްގެ ރޯލު 2018 ގެ "ހިޗްކީ" އާއި 2014 ގައި ފުލުހެއްގެ ރޯލު ކުޅުނު "މަރުދާނީ" އާއި 2019 ގައި ގެނެސްދިން އޭގެ ދެވަނަ ބައި "މަރުދާނީ 2" އެވެ.
"އަހަރެން ވަރަށް އުފާ ވެސް ކުރަން ވަރަށް ވަރުފަދަ ރޯލުތަކެއް ކުޅެން ލިބޭތީ. އެއީ ނަސީބެއް ވެސް މެ. އަހަރެން މިހާރު ބޭނުން މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ގެނުވައިދޭ ކަހަލަ ފިލްމުތަކުގައި މަސައްކަތްކުރަން،" ފަސް އަހަރުގެ އަންހެން ދަރިޔަކު ވެސް ހުރި ރާނީ ބުންޏެވެ. "ހާއްސަކޮށް އަންހެނުންނާ ދޭތެރޭ މުޖުތައުމު ދެކޭ ގޮތް ބަދަލުކޮށްލެވޭ ކަހަލަ ފިލްމުތަކަށް ވަކިން ބޮޑަށް ޝައުގުވެރިވޭ. އަންހެނުންނަކީ ބަލިކަށި ބައެއް ނޫންކަމާއި ފުރުސަތު ލިބޭ ނަމަ ކޮންމެ ފަދަ ކަމަކާ ވެސް ކުރިމަތިލާން ޖެހިލުން ނުވާނެ ބައެއްކަން އެބަ ޖެހޭ އަންގައިދޭން."
އަހަރެން ބޭނުމެއް ނޫން ވަކި ކަހަލަ ރޯލެއް ކުޅޭ ބަތަލާއެއްގެ ގޮތުގައި އަބަދު ލޭބަލްވެފައި ހުންނާކަށް. ބޭނުން ވަނީ ވަރުގަދަ ކެރެކްޓާ ރޯލުތަކުން އަމިއްލަ ބްރޭންޑެއް ގެންނަން: ރާނީ
އޭނާ ބުނި ގޮތުގައި ފިލްމުތަކަށް ކުރިއަށް އޮތް ތަނުގައި އެއްބަސްވާނީ ވެސް އެ ފިލްމަކުން މުޖުތަމައަށް މެސެޖްތަކެއް އަދި ހެޔޮ ބަދަލުތަކެއް ގެނެވޭ ކަހަލަ ވާހަކައެއް ކިޔައިދޭ އެއްޗަކަށްވާ ނަމަ އެވެ.
"އަހަރެން ބޭނުމެއް ނޫން ވަކި ކަހަލަ ރޯލެއް ކުޅޭ ބަތަލާއެއްގެ ގޮތުގައި އަބަދު ލޭބަލްވެފައި ހުންނާކަށް. ބޭނުން ވަނީ ވަރުގަދަ ކެރެކްޓާ ރޯލުތަކުން އަމިއްލަ ބްރޭންޑެއް ގެންނަން،" ރާނީ ބުންޏެވެ.
އޭނާ ބުނީ ސިނަމާ އަކީ އެތައް ގޮތަކުން ހުޅުވިފައިވާ ދޮރެއް ކަމަށާއި އޭގެ ޒަރީރާ އިން އިންޑިއާގެ އަންހެނުންގެ ކުރިއެރުމާއި ތަރައްގީ އަށް މަސައްކަތްކުރެވޭނެ ކަމަށެވެ. އަދި މިހާރު ހަދާ ފިލްމުތަކުގެ ކޮންޓެންޓް ވެސް ވަރަށް ބޮޑަށް ބަދަލުވެ، އަންހެނުން ވަރުގަދަ ރޯލުތައް ކުޅޭ ފިލްމުތައް އިތުރުވަމުން އަންނަ ކަމަށް ވެސް ރާނީ ބުންޏެވެ.
"އެހެންވީމާ މި އިންޑަސްޓްރީއާ މެދު އަހަރެންގެ އޮޔް އިތުބާރު ދުވަހަކު ވެސް ނުގެއްލޭނެ." އޭނާ ބުންޏެވެ.
ރާނީގެ ކުރިއަށް އޮތް ފިލްމަކީ ލައިޓް-ހާޓެޑް ކްރައިމް ކޮމެޑީ "ބަންޓީ އޯރް ބަބްލީ 2" އެވެ. މިއީ އޭނާ 2005 ގައި ކުޅުނު "ބަންޓީ އޯރް ބަބްލީ" ގެ ސީކްއެލްއެކެވެ. ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ ފިލްމު މި ފަހަރު ގެނެސްދެނީ ތަފާތު ޑައިރެކްޓަރަކާއި ކާސްޓަކާ ވެސް އެކީގަ އެވެ. ވަރުން ވީ ޝަރުމާ ޑައިރެކްޓްކޮށްފައިވާ "ބަންޓީ އޯރް ބަބްލީ 2" ގެ ކާސްޓްގައި ސައިފް އަލީ ޚާނާއި ސިދާންތު ޗަތުރަވެދީގެ އިތުރުން ޝަރުވާރީ ވާގް ހިމެނެ އެވެ.
"ހިޗްކީ" ގެ ދެވަނަ ބައެއް ހަދާނެ: ރާނީ
ރާނީ ދެން އަންނާނީ އަންނަ އަހަރުގެ މެއި މަހު
ފިރިމީހާ ޑައިރެކްޓްކުރާ ފިލްމަކަށް ރާނީ އުންމީދު ކުރޭ
"ދޫމް" ފްރެންޗައިޒުން އަބީޝެކް ދެން ނުފެނިދާނެ
ސްކްރިޕްޓްތައް ހޮވަން ފިރިމީހާގެ ނުފޫޒެއް ނެތް: ރާނީ
ރާނީގެ "ބަންޓީ އޯރް ބަބްލީ 2" ގެ ޓީޒާއެއް
ރާނީގެ އާ ފިލްމަކީ "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"
ޝާހްރުކް ފިލްމީ މަސައްކަތަށް ނުކުންނާނީ 15 ގައި
މިސް ވޯލްޑް މަނޫޝީގެ ފުރަތަމަ ފިލްމުގެ ޓީޒާއެއް
މިމަހު ޝާހްރުކް އަލުން ފިލްމީ މަސައްކަތަށް ނިކުންނާނެ