އާދީއްތަ ދުވަހު ފާހަގަކުރި، ބަތަލާ ރާނީ މުކަރްޖީގެ އުފަން ދުވަހާ ދިމާކޮށް އޭނާގެ ފިލްމު ސީރީޒް "މަރުދާނީ 3" ގެ ބަދަލުގައި އެހެން ފިލްމެއް އިއުލާންކޮށްފި އެވެ.
22 މާޗް 2021
އާދީއްތަ ދުވަހު ފާހަގަކުރި، ބަތަލާ ރާނީ މުކަރްޖީގެ އުފަން ދުވަހާ ދިމާކޮށް އޭނާގެ ފިލްމު ސީރީޒް "މަރުދާނީ 3" ގެ ބަދަލުގައި އެހެން ފިލްމެއް އިއުލާންކޮށްފި އެވެ.
މި ފިލްމަކީ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއާއެފް) އާ ވެސް ގުޅުމެއް ނެތް "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އެވެ. މި ފަހުން ރާނީ ކުޅުނު ހުރިހާ ފިލްމުތަކަކީ ވައިއާރްއެފްގެ ފިލްމުތައް ކަމަށް ވިޔަސް އާ ފިލްމަކީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ނިކިލް އަދުވާނީ އެއްމޭ އެންޓަޓައިންމަންޓާއި ޒީ ސްޓޫޑިއޯސް ގުޅިގެން ހަދާ ފިލްމެކެވެ.
ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމަކީ ދަރިޔަކަށްޓަކައި މަޔަކު ކުރާ ހަނގުރާމައެއް ފެނިގެންދާނެ ފިލްމެކެވެ. "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ގެ ޑައިރެކްޓަރަކީ އާޝިމާ ޗިބާރް ޑައިރެކްޓްކުރާ އެއްޗެކެވެ. އަދި ވަރަށް އަވަހަށް ފިލްމުގެ ޝޫޓިން ފަށަން ރޭވިފައި އޮތް ނަމަވެސް ފިލްމުގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.
އާޝިމާ އަކީ ވައިއާރްއެފުން 2013 ގައި ގެނެސްދިން "މޭރޭ ޑޭޑް ކީ މަރޫޓީ" ގެ ޑައިރެކްޓަރެވެ. އަދި ޑިޝާ ޕަޓާނީއާ އެކު އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ ފިލްމު "ކޭޓީނާ" އަކީ ވެސް އާޝިމާގެ ފިލްމެކެވެ.
ރާނީގެ އާ ފިލްމެއް އިއުލާންކުރި އިރު އޭނާ އެންމެ ފަހުން ކުޅުނު ފިލްމު "ބަންޓީ އޯރް ބަބްލީ 2" އަންނަ މަހުގެ 23 ގައި ރިލީޒްކުރާނެ އެވެ.
ރާނީ އެންމެ ފަހުން ފެނިފައި ވަނީ 2019 ގެ "މަރުދާނީ 2" އިންނެވެ.
"ހިޗްކީ" ގެ ދެވަނަ ބައެއް ހަދާނެ: ރާނީ
ރާނީ ދެން އަންނާނީ އަންނަ އަހަރުގެ މެއި މަހު
ފިރިމީހާ ޑައިރެކްޓްކުރާ ފިލްމަކަށް ރާނީ އުންމީދު ކުރޭ
"ދޫމް" ފްރެންޗައިޒުން އަބީޝެކް ދެން ނުފެނިދާނެ
ސްކްރިޕްޓްތައް ހޮވަން ފިރިމީހާގެ ނުފޫޒެއް ނެތް: ރާނީ
ރާނީގެ "ބަންޓީ އޯރް ބަބްލީ 2" ގެ ޓީޒާއެއް
މިހާރު ބޭނުމީ ބަދަލުތައް ގެނުވާ ކަހަލަ ރޯލުތައް: ރާނީ
ޝާހްރުކް ފިލްމީ މަސައްކަތަށް ނުކުންނާނީ 15 ގައި
މިސް ވޯލްޑް މަނޫޝީގެ ފުރަތަމަ ފިލްމުގެ ޓީޒާއެއް
މިމަހު ޝާހްރުކް އަލުން ފިލްމީ މަސައްކަތަށް ނިކުންނާނެ