23 ޖުލައި 2021
މި އަހަރު ރިލީޒްކުރި ބްލެކް ކޮމެޑީ "ސަންދީޕް އޯރް ޕިންކީ ފަރާރު" އަށް ފަހު، ފިލްމުތަކުން މިހާރު ފުރުސަތުތައް ލިބުން ގިނަ ކަމަށް އަރުޖުން ކަޕޫރް ބުނެފި އެވެ.
މި އަހަރު ރިލީޒްކުރި ބްލެކް ކޮމެޑީ "ސަންދީޕް އޯރް ޕިންކީ ފަރާރު" އަށް ފަހު، ފިލްމުތަކުން މިހާރު ފުރުސަތުތައް ލިބުން ގިނަ ކަމަށް އަރުޖުން ކަޕޫރް ބުނެފި އެވެ.
ކެރިއަރުގައި އަދި މިހާތަނަށް މާ ހާއްސަ ފިލްމެއް ކުޅެފައި ނުވާ 36 އެކްޓަރު ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި ދިބާކަރް ބެނަޖީ ޑައިރެކްޓްކުރި "ސަންދީޕް އޯރް ޕިންީ ފަރާރު" އަކީ އެކްޓިން އިތުރު ހަރުފަތަކަށް ގެންދަން މަސައްކަތްކުރަން ޖެހުނު ފިލްމެއް ކަމަށެވެ. އަދި އެ ފިލްމުގައި ކުޅުނު ސަތިންދަރު (ޕިންކީ) ދަހިޔާގެ ކެރެކްޓާ އަކީ މިހާތަނަށް އެންމެ ބޮޑަށް މަސައްކަތްކުރަން ޖެހުނު ރޯލު ކަމަށް ވެސް ބުންޏެވެ.
"އަހަރެން އަމިއްލަ އަށް ވެސް ގަބޫލުކުރަން އެ ފިލްމުގައި ރަނގަޅު އެކްޓިންއެއް ދެއްކުނު ކަމަށް. ސަންދީޕް އޯރް ޕިންކޯ ފަރާރަށް ފަހު އަހަންނަށް އަންނަ އޮފާތައް ވެސް އިތުރުވާން ފެށީ އެ ސަބަބާ ހެދި. ގިނަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ގަބޫލުކުރޭ މިހާރު އަހަންނަކީ ކޮންމެ ކަހަލަ ކެރެކްޓާއެއް ވެސް ކުޅެލެވޭ ކަހަލަ މީހެއް ކަމަށް،" ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ދަރިފުޅު ބުންޏެވެ.
އަރުޖުން ބުނި ގޮތުގައި ކުރާ މަސައްކަތް ބެލުންތެރިން ބަލައިގަނެ، އެކަން ފާހަގަކުރާ ނަމަ އެއީ ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. އަދި ކުޅޭ ކޮންމެ ފިލްމަކަށް ވެސް ވަރަށް މަސައްކަތްކުރާ ކަމަށާއި ފިލްމެއް ބެލުންތެރިންނަށް ކަމުނުގޮސް، އެ ފްލޮޕްވެއްޖެ ނަމަ ވަރަށް ކަންބޮޑުވެ، ހިތްދަތިވާ ކަމަށް ބުންޏެވެ.
"އަހަރެން އަމިއްލަ އަށް ވެސް ގަބޫލުކުރަން އެ ފިލްމުގައި ރަނގަޅު އެކްޓިންއެއް ދެއްކުނު ކަމަށް. ސަންދީޕް އޯރް ޕިންކޯ ފަރާރަށް ފަހު އަހަންނަށް އަންނަ އޮފާތައް ވެސް އިތުރުވާން ފެށީ އެ ސަބަބާ ހެދި. ގިނަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން މިހާރު ގަބޫލުކުރޭ އަހަންނަކީ ކޮންމެ ކަހަލަ ކެރެކްޓާއެއް ވެސް ކުޅެލެވޭ ކަހަލަ މީހެއް ކަމަށް."
"އެ ކަހަލަ ހާލަތްތަކުގައި އަހަންނަކީ މޫނުމަތިން އެކަން ނުދެއްކިޔަސް އެތެރެ އެތެރެއިން ހަމަ ގަދައަށް ރޯ މީހެއް،" އަރުޖުން ބުންޏެވެ.
އޭނާ ބުނި ގޮތުގައި "ސަންދީޕް އޯރް ޕިންކީ ފަރާރު" ގެ އިތުރުން މި އަހަރު ރިލީޒްކުރި "ސަރުދާރު ކާ ގްރޭންޑްސަން" ބެލުންތެރިންނަށް ކަމުދިއުމުން، މިހާރު ކުޅެން ހޮވާ ފިލްމުތަކާ ބެލުންތެރިން ހިތްހަމަޖެހޭކަން އިހުސާސްކުރެވެ އެވެ.
"ކުރިއަށް އޮތް ތަނުގައި ދެން އަހަރެން ހަމަ ވަރަށް ޗޫޒީވާނެ." މަލައިކާ އަރޯރާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެކްޓަރު ބުންޏެވެ.
ކޮވިޑް-19 ގެ ފަހުން ސިނަމާތަކުގެ ވިޔަފާރި ވަރަށް ބޮޑަށް ވެއްޓިފައިވާތީ "ސަންދީޕް އޯރް ޕިންކީ ފަރާރު" އަކީ އެ ފިލްމަށް އެންމެ ހައްގުވާ ކާމިޔާބު ސނަމާތަކުގައި ނުހޯދުނު ފިލްމެއް ކަމަށް ޑައިރެކްޓަރާއި ފިލްމުގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ ކުރިން ބުނެފައިވެ އެވެ.
މީގެ ތިން އަހަރު ކުރިން ރިލީޒްކުރަން އުޅުނު ފިލްމު އެކި ފަހަރު މަތިން ލަސްވަމުން ގޮސް ސިނާތަކުގައި އެޅުވީ މި އަހަރުގެ މާޗް މަހުގެ 19ގަ އެވެ. އެކަމަކު ފިލްމު އެޅުވިތަނާހެން އިންޑިއާގެ ކޮވިޑްގެ ދެވަނަ ރާޅާ އެކު، ފިލްމުގެ ވިޔަފާރި ހުއްޓުނެވެ.
އޭގެ ފަހުން އެ ފިލްމު އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ވަނީ "ސަންދީޕް އޯރް ޕިންކީ ފަރާރު" އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްފައިވެ އެވެ.
މި ފިލްމުން އަރުޖުން ދެއްކި އެކްޓިން އަށް ވުރެ ބޮޑަށް އާންމުންނާއި ކްރިޓިކުންގެ ސަމާލުކަން ބޮޑަށް ލިބުނީ ޕަރިތީނީ ކުޅުނު ސަންދީޕް (ސޭންޑީ) ކޯރް ވާލިއާގެ ކެރެކްޓާއަށެވެ. ގިނަ ކްރިޓިކުން ބުނެފައިވާ ގޮތުގައި މިއީ ޕަރިނީތީގެ އެންމެ މޮޅު އެކްޓިންއެއް މިހާތަނަށް ފެނުނު ފިލްމެވެ.
އަރުޖުންގެ ކުރިއަށް އޮތް ފިކްމަކީ ސެޕްޓެމްބަރު 17 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާ ހޮރޯ ކޮމެޑީ "ބޫތު ޕޮލިސް" އެވެ. އޭގެ ކާސްޓްގައި ސައިފް އަލީ ޚާން، ޖެކްލީން ފެނަންޑޭޒް އަދި ޔާމީ ގޯތަމް ހިމެނެ އެވެ.
އަރުޖުންގެ "އޭކް ވިލަން ރިޓާންސް" ގެނެސްދޭނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. މި ތުރިލާގެ ކާސްޓްގައި ޖޯން އަބްރަހަމް، ޑިޝާ ޕަޓާނީ އަދި ތާރާ ސުތާރިއާ ހިމެނެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ހިޗްކީ" ގެ ދެވަނަ ބައެއް ހަދާނެ: ރާނީ
ރާނީ ދެން އަންނާނީ އަންނަ އަހަރުގެ މެއި މަހު
ޝާހްރުކް ފިލްމީ މަސައްކަތަށް ނުކުންނާނީ 15 ގައި
ފިރިމީހާ ޑައިރެކްޓްކުރާ ފިލްމަކަށް ރާނީ އުންމީދު ކުރޭ
"ދޫމް" ފްރެންޗައިޒުން އަބީޝެކް ދެން ނުފެނިދާނެ
މިސް ވޯލްޑް މަނޫޝީގެ ފުރަތަމަ ފިލްމުގެ ޓީޒާއެއް
ސްކްރިޕްޓްތައް ހޮވަން ފިރިމީހާގެ ނުފޫޒެއް ނެތް: ރާނީ
މިމަހު ޝާހްރުކް އަލުން ފިލްމީ މަސައްކަތަށް ނިކުންނާނެ
ރާނީގެ "ބަންޓީ އޯރް ބަބްލީ 2" ގެ ޓީޒާއެއް