ޕްރޮޑިއުސަރު ވިދޫ ވިނޯދު ޗޯޕްޅާއާ އެކު މަސައްކަތްކުރުމުގެ ޝައުވެރިކަމެއް ނެތްކަން އެކްޓަރު ޝާހްރުކް ޚާން އަނެއްކާ ވެސް ހާމަކޮށް ދީފި އެވެ.
05 އޯގަސްޓް 2021
ޕްރޮޑިއުސަރު ވިދޫ ވިނޯދު ޗޯޕްޅާއާ އެކު މަސައްކަތްކުރުމުގެ ޝައުވެރިކަމެއް ނެތްކަން އެކްޓަރު ޝާހްރުކް ޚާން އަނެއްކާ ވެސް ހާމަކޮށް ދީފި އެވެ.
މީގެ ކުރިން ވިދޫގެ ފަރާތުން ލިބުނު އެތައް ފުރުސަތެއް ޝާހްރުކް ވަނީ ދޫކޮށްލައިފަ އެވެ. މިހާތަނަށް މުޅިން ވެސް ވިދޫގެ ފިލްމު ކުންފުނި ވިނޯދު ޗޯޕްޅާ ފިލްމްސްއާ ގުޅިގެން ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ އާ ފިލްމަށް އެއްބަސްވީ ވެސް ވިދޫގެ ހިއްސާއެއް އޭގައި ނެތްކަން ކަށަވަރުކުރުމަށް ފަހު އެވެ.
އެހެންވެ "މުންނާބާއީ" އާއި "3 އިޑިއަޓްސް" އާއި "ޕީކޭ" އަދި "ސަންޖޫ" ފަދަ ފިލްމުތައް ގެނެސްދިން ހިރާނީގެ އާ ފިލްމު ޕްރޮޑިއުސްކުރާނީ ޝާހްރުކްގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ރާޖްކުމާރު ހިރާނީ ފިލްމްސް ގުޅިގެންނެވެ. މިކަން ވާނީ ވިދޫގެ ބައިވެރިވުމެއް ނެތި އޭނާ ފިލްމެއް ހަދާ ފުރަތަމަ ފަހަރަށެވެ. އަނެއްކޮޅުން 2019 އިން ފެށިގެން ވިދޫ އާއި ހިރާނީގެ މެދުގައި މާ ބޮޑު ގާތްކަމެއް ވެސް ނެތެވެ. އެކަމަކު ކުރިން ބެލެވިފައި އޮތީ ޝާހްރުކާ އެކީ ހިރާނީ ހަދާ ފިލްމުގައި ވެސް ވިދޫ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާނެ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ވިދޫގެ އެއްވެސް ފިލްމެއްގައި ބައިވެރިނުވާން ޝާހްރުކް ނިންމީ އޭނަގެ ކެރިއަރުގެ ކުރީކޮޅު ވިދޫއާ ބައްދަލުރަން އޮފީހަށް އެތައް ދުވަހަކު ދިއުމުން ވެސް ބައްދަލުވާނެ ފުރުސަތު ނުދީ، އޮފީހުގެ ބޭރުގައި އިންތިޒާރުގައި އެތައް އިރަކު ބަހައްޓައި، ކުޑައިމީސްކޮށްފައިވާތީ އެވެ.
އެހެންވެ އޭނާގެ ފިލްމު ކުންފުނިން ފަހުން ދިން އެއްވެސް ފުރުސަތެއް ޝާހްރުކް ގަބޫލުކޮށްފައެއް ނުވެ އެވެ. އޭގެ ތެރޭގައި ވިދޫ ޕްރޮޑިއުސްކޮށް ގެނެސްދިން ހިރާނީގެ އަލަތު ޑައިރެކްޝަން 2003 ގެ "މުންނާބާއި އެމްބީބީއެސް" އާއި 2009 ގެ "ޕީކޭ" ގެ އިތުރުން 2012 ގެ "ފެރާރީ ކީ ސަވާރީ" ހިމެނެ އެވެ.
ވިދޫ ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ 2012 ގައި 30 އަހަރު ފުރުމާ ގުޅިގެން ބޭއްވި ހަފުލާއެއްގައި ޝާހްރުކާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވެ އެވެ.
ހިރާނީ އަދި ވިދޫ.
"މުންނާބާއީ އާއި އާއި ތުރީ އިޑިއަޓްސްގެ އިތުރުން ފެރާރީ ކީ ސަވާރީ އަށް އަހަރެމެންގެ ފުރަތަމަ ހޮވުމަކީ ވެސް ޝާހްރުކް. އެކަމަކު ކޮންމެ ފަހަރަކު އޭނާގެ ޖަވާބަކީ ނޫނެކޭ. އެކަމަކު ކޮންމެވެސް ދުވަހަކުން އޭނާއާ އެކީގައި މަސައްކަތްކުރެވޭނެ ކަމަށް އުންމީދުކުރަން،" މަޝްހޫރު ފިލްމު ކްރިޓިކް އަނޫޕަމާ ޗޯޕްޅާގެ ފިރިމީހާ ބުންޏެވެ.
މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށާނެ ކަމަށް ބެލެވޭ ހިރާނީގެ އާ ފިލްމަކީ ހިޖުރަކުރުމާ ބެހޭ ގޮތުން ހަދާ ސޯޝަލް ކޮމެޑީއެކެވެ. މިއީ ހިރާނީގެ ފިލްމެއް ޝާހްރުކް ކުޅޭ ފުރަތަމަ ފަހަރެވެ. ރަސްމީކޮށް އަދި އިއުލާން ނުކުރާ މި ފިލްމުގެ މަސައްކަތަށް ޝާހްރުކް ހުސްވާނީ މިހާރު ކުޅެމުން އަންނަ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޕަތާން" ނިންމާލައިފަ އެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމަކީ 2018 ގެ "ޒީރޯ" އަށް ފަހު ޝާހްރުކް ކުޅޭ ފުރަތަމަ ފިލްމެވެ.
ހިރާނީގެ އެންމެ ފަހުގެ ފިލްމަކީ ރަންބީރް ކަޕޫރާ އެކު 2018 ގައި ގެނެސްދިން ސަންޖޭ ދަތުގެ ބައޮގްރަފިކަލް ޑްރާމާ "ސަންޖޫ" އެވެ.
އަނުޝްކާގެ ފިލްމީ ކެރިއަރުގައި ނަސީބު ގަދަ
ޝާހްރުކް ފިލްމީ މަސައްކަތަށް ނުކުންނާނީ 15 ގައި
ފިރިމީހާ ޑައިރެކްޓްކުރާ ފިލްމަކަށް ރާނީ އުންމީދު ކުރޭ
ޝާހްރުކްގެ ހާއްސަ އެދުމެއް ޑައިރެކްޓަރުންނަށް
މިމަހު ޝާހްރުކް އަލުން ފިލްމީ މަސައްކަތަށް ނިކުންނާނެ
"ޕަތާން" ގައި ދީޕިކާ ތަޅާފޮޅާ ރޯލެއް
ސަލްމާންގެ "ޓައިގާ 3" ގައި ޝާހްރުކްގެ ފެނިލުމެއް
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
ޝާހްރުކްގެ "ޕަތާން" ގެ ބާކީ 40 ޕަސެންޓް ޔޫރަޕްގައި
ޝާހްރުކްގެ "ޕަތާން"ގެ ކްރޫއާ ޖޯން ގުޅިއްޖެ