"ފޯންބޫތު" ކިޔާ ހޮރޯ-ކޮމެޑީއަކަށް ކެޓްރީނާ ކެއިފް ސޮއިކޮށްފައިވާ ކަމަށް ބުނާ ވާހަކަތަކެއް ދެކެވޭތާ ދުވަސްތަކެއް ފަހުން ފިލްމު ކާސްޓް ކަށަވަރުކޮށްދީ އަންނަ އަހަރު ފިލްމު ގެނެސްދޭނެކަން އިއުލާންކޮށްފި އެވެ.
22 ޖުލައި 2020
"ފޯންބޫތު" ކިޔާ ހޮރޯ-ކޮމެޑީއަކަށް ކެޓްރީނާ ކެއިފް ސޮއިކޮށްފައިވާ ކަމަށް ބުނާ ވާހަކަތަކެއް ދެކެވޭތާ ދުވަސްތަކެއް ފަހުން ފިލްމު ކާސްޓް ކަށަވަރުކޮށްދީ އަންނަ އަހަރު ފިލްމު ގެނެސްދޭނެކަން އިއުލާންކޮށްފި އެވެ.
ފަރްހާން އަޚްތަރާއި ރިތޭޝް ސިވްދާނީގެ އެކްސެލް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ ފިލްމުގެ ލީޑް ބަތަލުންނަކީ ޝާހިދު ކަޕޫރްގެ ކޮއްކޮ އިިޝާން ޚައްތަރާއި މިދިޔަ އަހަރު އެކްސެލް އިން ގެނެސްދިން "ގަލީ ބޯއި" އިން ތައާރަފުކުރި ބަތަލު ސިދާންތު ޗަތުރަވެދީ އެވެ.
ކުރިން ވެސް މީޑިއާތަކުން ބުނެފައި ވަނީ ކެޓްރީނާ އެކު "ފޯންބޫތު" އިން ފެންނާނީ އެ ދެ އެކްޓަރުން ކަމަށެވެ. ގުރުމީތު ސިންގް ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށަން ނިންމާފައި އިރު، ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއްނުކުރެ އެވެ.
"ފޯންބޫތު" ވެގެންދާނީ ބިރުވެރި ފިލްމަކުން ކެޓްރީނާ ފެންނާނެ ފުރަތަމަ ފަހަރަށެވެ. މި ފިލްމަށް އޭނާ ސޮއިކުރި އިރު އަންނަނީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު، ދެ ބަޔަކަށް ހަދަން ނިންމާފައިވާ ވަރުގަދަ ސުޕަހީރޯ ފިލްމަކަށް ވެސް ތައްޔާރުވަމުންނެވެ.
ސިދާންތުގެ ކުރިއަށް އޮތް ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ބަންޓީ އޯރް ބަބްލީ 2" އެވެ. އަދި އޭނާ ވަނީ ކަރަން ޖޯހަރްގެ ދަރުމާ އަށް ޝަކުން ބަޓްރާ ޑައިރެކްޓްކުރާ ރޮމޭންޓިކް ތުރިލާއަކަށް ވެސް ސޮއިކޮށްފަ އެވެ. އޭގެ ބަތަލާއިންނަކީ ދީޕިކާ ޕަދްކޯނާއި އަނަންޔާ ޕާންޑޭ އެވެ.
އިޝާންގެ ކުރިއަށް އޮތް ދެ ޕްރޮޖެކްޓަކީ ތައްބޫއާ އެކު ފެނިގެންދާ "އަ ސޫޓަބަލް ބޯއި" އާއި އަނަންޔާއާ އެކު ކުޅެފައިވާ "ކާލީ ޕީލީ" އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ރަންވީރާއި ކެޓްރީނާގެ ކުރިމަތިލުމެއް
ފޯން ބޫތުގެ ޕޯސްޓަރާ އެކު ފިލްމު ނެރޭ ދުވަސް ބުނެފި
ކެޓްރީނާ އާއި ވިކީ އެކުގައި ފިލްމެއް ކުޅެނީ
"ޖީ ލޭ ޒަރާ" ގެ ރޯލެއް ފަރުހާން ވެސް ކުޅޭނެ
ވަރުންގެ އެންމެ ތަފާތު ރޯލު "ބޭޅިޔާ" ގައި
ފަރުހާން "ޖީ ލޭ ޒަރާ" ފަށަން ކެތް މަދުވެފައި
"ޖީ ލޭ ޒަރާ" ގައި ޕްރިޔަންކާ، ކެޓްރީނާ އަދި އާލިއާ
ޒަރީންގެ އާ ފިލްމަކީ ހޮރޯ-ކޮމެޑީއެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް