ކުޅޭނެ ރަނގަޅު ފިލްމެއް މިހާރު ނުލިބޭ ބޮލީވުޑްގެ ބަތަލާ ޒަރީން ޚާން ހޮރޯ-ކޮމެޑީއަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.
14 މާޗް 2021
ކުޅޭނެ ރަނގަޅު ފިލްމެއް މިހާރު ނުލިބޭ ބޮލީވުޑްގެ ބަތަލާ ޒަރީން ޚާން ހޮރޯ-ކޮމެޑީއަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.
މިހާރު ފަސްޓްލުކް ޕޯސްޓަރު ވެސް ދައްކާލާފައިވާ މި ފިލްމަކީ ރާޖް އާޝޫ ޑައިރެކްޓްކޮށްފައިވާ "ޕާތަލްޕާނީ" އެވެ. މީގެ ބަތަލުގެ ރޯލުން ޒަރީންއާ އެކު ފެންނާނީ ޓީވީ އެކްޓަރު ކަރަންވީރް ބޯރާ އެވެ.
ކެޓްރީނާ ކައިފްއާ ވައްތަރުވެގެން ސަލްމާން ޚާނާ އެކު 2010 ގެ "ވީރު" ކުޅެން ލިބުނު ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ 2019 ގެ "ހަމް ބީ އަކޭލާ ތުމް ބީ އަކޭލާ" އިންނެވެ. ގިނަ އަދަދެއްގެ ޓީވީ ސިލްސިލާތައް ކުޅެފައިވާ ކަރަން އަކީ ދޭތެރެ ދޭތެރެ އިން ފިލްމުތަކުން ފެންނަ އެކްޓަރެކެވެ. އެގޮތުން އޭނާ އެންމެ ފަހުން ފެނިފައި ވަނީ 2019 ގެ "ހަމޭ ތުމް ސި ޕިޔާރު ކިތުނާ" އިންނެވެ.
މި މަހުގެ ފަހުކޮޅު ސްޓްރީމިން ޕްލެޓްފޯމަކުން ޕްރިމިއާކުރަން ހަމަޖެހިފައިވާ "ޕާތަލްޕާނީ" ގެ އިތުރު ކާސްޓުންގެ ތެރޭގައި އަލީ އަސްގަރް، އުޕްސާނާ ސިންގް، ރާޖޭޝް ޝަރުމާ، އިލާ އަރޫން، އަދިތީ ގޮވިތުރީކަރް އަސި ސުމިތު ގުލާޓީ ހިމެނެ އެވެ.
ފިލްމާ ބެހޭ ގޮތުން ރަޒީން ބުނީ މިއީ ވަރަށް ތަފާތު ހޮރޯ-ކޮމެޑީއަކަށްވާނެ ކަމަށާއި ފިލްމަށް ކުރެވުނު ތަޖުރިބާ ވަރަށް ރަނގަޅު ކަމަށެވެ. އަދި ބެލުންތެރިންނަށް ވެސް ފިލްމު ކަމުދާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ބުންޏެވެ.
"ވީރު" ގެ ފަހުން ޒަރީން ކުޅުނު ފިލްމުތަކުގެ ތެރޭގައި "ހައުސްފުލް 2" އާއި "އަކްސަރު 2" އަދި "ހޭޓް ސްޓޯރީ 3" ހިމެނެ އެވެ.
ވަރުންގެ އެންމެ ތަފާތު ރޯލު "ބޭޅިޔާ" ގައި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކެޓްރީނާގެ "ފޯންބޫތު" އަންނަ އަހަރު ގެނެސްދޭނެ
"ބޫލް ބުލައްޔާ"ގެ ލަވަ ދިލްޖީތާއި ޕިޓްބުލްގެ އަޑުން
"ސްތުރީ 2"ގެ މަންޒަރެއް ކޮޕީ ކުރި މައްސަލައެއް
ބޫލް ބުލައްޔާ 3: އެންމެންގެ ސަމާލުކަން ވިދްޔާއަށް
އެންމެ އަގުބޮޑު ހިންދީ ފިލްމަކަށް "ސްތުރީ 2" ވެއްޖެ
އަކްޝޭގެ ބޫތު ބަންގްލާއަށް ބޫލް ބުލައްޔާގެ ކާސްޓް!
"ސްތުރީ 2" ބޮޑު ރެކޯޑެއް ހަދައިފި