21 އޯގަސްޓް 2024
ބޮލީވުޑްގެ ކާމިޔާބު ހޮރޯ-ކޮމެޑީ ފިލްމު "ސްތުރީ"ގެ ދެވަނަ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ރެކޯޑެއް ލިބިއްޖެ އެވެ.
ބޮލީވުޑްގެ ކާމިޔާބު ހޮރޯ-ކޮމެޑީ ފިލްމު "ސްތުރީ"ގެ ދެވަނަ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ރެކޯޑެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ސިނަމާތަކުގައި ދައްކަން ފެށި މި ފިލްމަށް އެންމެ ފަސް ދުވަހުގެ ތެރޭގައި ވަނީ 322.5 ކްރޯޑް ރުޕީސް (38.5 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބިފަ އެވެ.
މި އާމްދަނީއާ އެކު އެ ފިލްމު ވަނީ މިދިޔަ އަހަރު ގެނެސްދިން ޝާހްރުކް ހާންގެ ފިލްމު "ޖަވާން"ގެ ރެކޯޑް މުގުރާލައިފަ އެވެ. "ޖަވާން" އަށް ފަސް ދުވަހުގެ ތެރޭގައި ވަނީ 319 ކްރޯޑް ރުޕީސް (38.1 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބިފަ އެވެ.
"ޖަވާން" ވަނީ ހަފުތާއެއްގެ ތެރޭގައި 500 ކްރޯޑް ރުޕީސް (59.7 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފަ އެވެ. "ސްތުރީ 2" ވެސް ހަފުތާއެއްގެ ތެރޭގައި އެ ވަރުގެ އާމްދަނީއެއް ހޯދާނެ ކަމަށް ބޮލީވުޑްގެ ޓްރޭޑް އެނަލިސްޓުން ވަނީ ލަފާކޮށްފަ އެވެ.
"ސްތުރީ 2" އަކީ 50 ކްރޯޑް ރުޕީސް (6 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
މި ފިލްމަށް ވަނީ އާންމުންނާއި ކްރިޓިކްސްގެ ފަރާތުން ވެސް ޕޮޒިޓިވް ރިވިއުތަކެއް ލިބިފަ އެވެ.
ޝްރައްދާ ކަޕޫރާއި ރާޖްކުމާރް ރާއޯ ލީޑު ރޯލު ކުޅޭ، ހެއްވާ މަޖާ އަދި ބިރުވެރި ގިނަ މަންޒަރުތަކެއް ހިމެނޭ "ސްތުރީ"ގެ ފުރަތަމަ ފިލްމު ގެނެސްދިނީ 2018 ގަ އެވެ. އެ ފިލްމަށް ވެސް ވަނީ ފޭނުންނާއި ކްރިޓިކްސްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފަ އެވެ.
އެންމެ އަގުބޮޑު ހިންދީ ފިލްމަކަށް "ސްތުރީ 2" ވެއްޖެ
"ބޫލް ބުލައްޔާ"ގެ ލަވަ ދިލްޖީތާއި ޕިޓްބުލްގެ އަޑުން
"ސްތުރީ 2"ގެ މަންޒަރެއް ކޮޕީ ކުރި މައްސަލައެއް
ބޫލް ބުލައްޔާ 3: އެންމެންގެ ސަމާލުކަން ވިދްޔާއަށް
އަކްޝޭގެ ބޫތު ބަންގްލާއަށް ބޫލް ބުލައްޔާގެ ކާސްޓް!
"ސްތުރީ 2" އަށް ބޮޑު އާމްދަނީއެއް
"ބޫލް ބުލައްޔާ 3"ގެ މަންޒަރުތައް ނަގައި ނިމިއްޖެ
"އިސްތިރީ" ގެ ޓީމުން ފައިސާގެ މައްސަލަ ހައްލުކޮށްފި
"ތުމްބާޑް 2" ރަސްމީކޮށް އިއުލާންކޮށްފި
ރާޖްކުމާރާއި ތުރިޕްތީގެ ފިލްމުގެ ޓްރެއިލާ