Roadha Mihaaru

ޝްރައްދާ އާއި އަދިތުޔަ އެކުގައި ތިންވަނަ ފިލްމެއް ކުޅެނީ

މީގެ ކުރިން އެކީގައި ކާމިޔާބު ދެ ފިލްމެއް ކުޅެފައިވާ ބޮލީވުޑްގެ ތަރިން ކަމަށްވާ ޝްރައްދާ ކަޕޫރާއި އަދިތިޔާ ރޯއީ ކަޕޫރްގެ އިތުރު ފިލްމެއް އެކުގައި ކުޅެން ނިންމައިފި އެވެ.

ޝްރައްދާ އާއި އަދިތުޔަ އެކުގައި 3ވަނަ ފިލްމެއް ކުޅެނީ

މީގެ ކުރިން އެކީގައި ކާމިޔާބު ދެ ފިލްމެއް ކުޅެފައިވާ ބޮލީވުޑްގެ ތަރިން ކަމަށްވާ ޝްރައްދާ ކަޕޫރާއި އަދިތިޔާ ރޯއީ ކަޕޫރްގެ އިތުރު ފިލްމެއް އެކުގައި ކުޅެން ނިންމައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ދެ ތަރިން އެކުގައި ކުޅެން ނިންމާފައިވާ ތިންވަނަ ފިލްމަކީ، އެ ދެމީހުން އެކުގައި ކުޅުނު ފުރަތަމަ ފިލްމު "އާޝިގީ 2"ގެ ޑައިރެކްޓަރު މޯހިތު ސޫރީގެ ފިލްމެކެވެ. އެއީ ވެސް ލޯބީގެ ފިލްމެކެވެ.

ނަމަވެސް އެ ފިލްމާ ގުޅޭ މާ ގިނަ ތަފުސީލެއް އަދި އާންމު ނުވެ އެވެ.

މޯހިތު އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2022 ވަނަ އަހަރުގެ "އޭކް ވިލަން ރިޓާންސް" އެވެ.

ބައެއް ނޫސްތަކުން ރިޕޯޓްތައް ކުރި ގޮތުގައި، މޯހިތު މިހާރު އުޅެނީ ވައިއާރްއެފްގެ ފިލްމެއް އުފެއްދުމުގެ މަސައްކަތުގަ އެވެ. އެ ފިލްމަކީ އަނަންޔާ ޕާންޑޭގެ ކަޒިންއެއް ކަމަށްވާ އަހާން ޕާންޑޭ ބޮލީވުޑަށް ތައާރަފުކުރަން ހަމަޖެހިފައިވާ ފިލްމެވެ.

ޝްރައްދާ އާއި އަދިތުޔަ އެކުގައި ކުޅުނު ދެވަނަ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ 2017 ވަނަ އަހަރު ގެނެސްދިން "އޯކޭ ޖާނޫ" އެވެ.