ޝާހްރުކް ހާން ލީޑު ރޯލު ކުޅުނު ބޮލީވުޑްގެ މަޝްހޫރު ފިލްމު "މޭ ހޫ ނާ"ގެ ސީކުއެލްއެއް ގެނެސްދިނުމުގެ މަސައްކަތް ފަށައިފި އެވެ.
ޝާހްރުކް ހާން ލީޑު ރޯލު ކުޅުނު ބޮލީވުޑްގެ މަޝްހޫރު ފިލްމު "މޭ ހޫ ނާ"ގެ ސީކުއެލްއެއް ގެނެސްދިނުމުގެ މަސައްކަތް ފަށައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރާފަރު އަދި ޑައިރެކްޓަރު ފަރާ ހާން 2004 ވަނަ އަހަރު ގެނެސްދިން "މޭ ހޫ ނާ"ގެ ސީކުއެލްއެއް ހަދަން އޭނާ އަންނަނީ ތައްޔާރުވަމުންނެވެ. އަދި އެ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ފަރާ ފަށާފައިވާ ކަމަށާއި އެ ފިލްމު ޕްރޮޑިއުސްކުރާނީ ޝާހުގެ ރެޑް ޗިލީސް އެންޓަޓެއިންމަންޓުން ޕްރޮޑަކްޝަނުންނެވެ.
ޝާހު އާއި ސުޝްމިތާ ސެން އާއި ޒައިދު ހާން އަދި އަމްރިތާ ރާއޯ މުހިންމު ރޯލުތައް ކުޅުނު އެ ފިލްމަށް އެ ތަރިން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ފަރާ އެންމެ ފަހުން ޑައިރެކްޓުކުރި ފިލްމަކީ ޝާހު އާއި ދީޕިކާ ޕަޑުކޯން ލީޑު ރޯލު ކުޅުނު، 2014 ވަނަ އަހަރު ގެނެސްދިން "ހެޕީ ނިއު އިޔާ" އެވެ.
ފަރާ ޑައިރެކްޓްކުރި އިތުރު ފިލްމުތަކުގެ ތެރޭގައި ޝާހު އާއި ދީޕިކާ އެކުގައި ކުޅުނު ފުރަތަމަ ފިލްމު އަދި ދީޕިކާ ބޮލީވުޑަށް ތައާރަފުވި، 2007 ވަނަ އަހަރު ގެނެސްދިން "އޯމް ޝާންތީ އޯމް" ވެސް ހިމެނެ އެވެ. އަދި އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފްއާ އެކު 2010 ވަނަ އަހަރު ގެނެސްދިން "ތީސް މާން ހާން" ވެސް ހިމެނެ އެވެ.
ޝާހު އާއި ސުހާނާގެ ފިލްމަށް ކިޔަނީ "ދަ ކިންގް"
ޝާހުގެ "ޖަވާން" ރިލީޒްކުރިތަނުން ލީކުކޮށްލައިފި
ޝާހުގެ "ޖަވާން"ގެ ޓްރެއިލާ ނެރެފި
ވިކީގެ އާ ފިލްމަށް ބޮޑު އާމްދަނީއެއް
އަނޫރާގުގެ "މެޓްރޯ އިން ދިނޯ" މި އަހަރު ގެނެސްދެނީ
އަނުޕާމްގެ 544 ވަނަ ފިލްމު ޕްރަބާސްއާ އެކު
ސުނިލް އާއި މަހިމާ އަނެއްކާވެސް އެކުގައި
އިބްރާހިމް ބޮލީވުޑަށް ތައާރަފުވަނީ ހުޝީއާ އެކު
"ސިތާރޭ ޒަމީން ޕަރު" ރިލީޒްކުރަނީ ޑިސެމްބަރުގައި
ބަންސާލީގެ "ލަވް އެންޑް ވޯ"ގައި އައްލޫ އަރްޖުން؟