ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާންގެ އާ ފިލްމު "ޖަވާން" ސިނަމާތަކުގައި ދައްކަން ފެށިތާ މާ ގިނައިރުތަކެއް ނުވެ އޮންލައިންކޮށް ފިލްމު އިއްޔެ ލީކުކޮށްލައިފި އެވެ.
ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާންގެ އާ ފިލްމު "ޖަވާން" ސިނަމާތަކުގައި ދައްކަން ފެށިތާ މާ ގިނައިރުތަކެއް ނުވެ އޮންލައިންކޮށް ފިލްމު އިއްޔެ ލީކުކޮށްލައިފި އެވެ.
އެ ފިލްމު ސިނަމާތަކުގައި ދައްކަން ފެށީ އިއްޔެ އެވެ. ރާއްޖޭގައި މި ފިލްމު ޕްރިމިއާކުރަނީ މިއަދެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގެ ސާފު ކޮޕީއެއް މިހާރު ޓެލެގްރާމް ޗެނަލްތަކާއި ޓޮރެންޓް ވެބްސައިޓުން ޑައުންލޯޑް ކުރަން ލިބެ އެވެ.
ފިލްމު ލީކުކޮށްލުމާ ގުޅިގެން ބޮކްސް އޮފީހުގައި ފިލްމަށް ލިބޭނެ އާމްދަނީއަށް އަސަރުކުރާނެތީ ޝާހުގެ ފޭނުން ދަނީ ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޝާހުގެ "ޖަވާން" ސިނަމާގައި ދައްކަން ފެށުމުގެ ކުރިން ވެސް މި ފިލްމު ވަނީ 50 ކްރޯޑް ރުޕީސްގެ ޓިކެޓް ވިއްކައިފަ އެވެ. އަދި ބޮލީވުޑްގެ ބައެއް ޓްރޭޑް އެނަލިސްޓުން ލަފާކުރާ ގޮތުގައި ފުރަތަމަ ދުވަހު އެކަނި ވެސް މި ފިލްމަށް 75 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެ އެވެ.
ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ޑައިރެކްޓަރު އަޓްލީ ކުމާރުގެ މި ފިލްމުގައި ޝާހުއާ އެކު ލީޑު ރޯލުތަކުން ފެންނާނީ، ދެކުނު އިންޑިއާގައި މަޝްހޫރު ތަރިން ކަމަށްވާ ނަޔަންތާރާ އާއި ވިޖޭ ސެތޫޕަތީ އަދި ސަންޔާ މަލްހޯތުރާ އެވެ. އަދި ހާއްސަ ފެނިލުމަކުން ދީޕިކާ ޕަދުކޯން ވެސް ފެންނާނެ އެވެ.
"މޭ ހޫ ނާ"ގެ ސީކުއެލްއެއްގެ މަސައްކަތް ފަށައިފި
ޝާހު އާއި ސުހާނާގެ ފިލްމަށް ކިޔަނީ "ދަ ކިންގް"
ޝާހުގެ "ޖަވާން"ގެ ޓްރެއިލާ ނެރެފި
ވިކީގެ އާ ފިލްމަށް ބޮޑު އާމްދަނީއެއް
އަނޫރާގުގެ "މެޓްރޯ އިން ދިނޯ" މި އަހަރު ގެނެސްދެނީ
އަނުޕާމްގެ 544 ވަނަ ފިލްމު ޕްރަބާސްއާ އެކު
ސުނިލް އާއި މަހިމާ އަނެއްކާވެސް އެކުގައި
އިބްރާހިމް ބޮލީވުޑަށް ތައާރަފުވަނީ ހުޝީއާ އެކު
"ސިތާރޭ ޒަމީން ޕަރު" ރިލީޒްކުރަނީ ޑިސެމްބަރުގައި
ބަންސާލީގެ "ލަވް އެންޑް ވޯ"ގައި އައްލޫ އަރްޖުން؟