Roadha Mihaaru

"ސިތާރޭ ޒަމީން ޕަރު" ރިލީޒްކުރަނީ ޑިސެމްބަރުގައި

އާމިރް ހާންގެ އާ ފިލްމު "ސިތާރޭ ޒަމީން ޕަރު" އަންނަ ޑިސެމްބަރު މަހު ރިލީޒްކުރަން ނިންމައިފި އެވެ.

"ސިތާރޭ ޒަމީން ޕަރު" ރިލީޒްކުރަނީ ޑިސެމްބަރުގައި

އާމިރް ހާންގެ އާ ފިލްމު "ސިތާރޭ ޒަމީން ޕަރު" އަންނަ ޑިސެމްބަރު މަހު ރިލީޒްކުރަން ނިންމައިފި އެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިވެންޓެއްގައި އާމިރް ބުނީީ މި ފިލްމު ރިލީޒްކުރާނީ ކްރިސްމަސްއާ ދިމާކޮށް އަންނަ ޑިސެމްބަރު މަހުގައި ކަމަށެވެ.

"މިއީ ޝައުގުވެރިވާނެ ފިލްމެއް، އަހަންނަށް މީގެ ވާހަކަ ވަރަށް ކަމުދޭ. ފިލްމުގެ ޝޫޓިން ވެސް މިހާރު އޮތީ ފަށައިފައި،" އާމިރް ބުންޏެެވެ.

މި ފިލްމަކީ 2007 ވަނަ އަހަރު ގެނެސްދިން، އާމިރް މިހާތަނަށް އަމިއްލައަށް ޑައިރެކްޓު ކުރި ހަމައެކަނި ފިލްމު "ތާރޭ ޒަމީން ޕަރު"ގެ ސީކުއެލްއެކެވެ.

އާމިރްއާ އެކު ޖެނީލިއާ ލީޑު ރޯލު ކުޅޭ މި ފިލްމު ޑައިރެކްޓުކުރަނީ ވަރަށް އާ ޑައިރެކްޓަރެއް ކަމަށްވާ އާރު އެސް ޕްރާސަންނަ އެވެ.

އާމިރްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްގެ ދަށުން ގެނެސްދޭ މި ފިލްމު ޕްރޮޑިއުސްކުރަނީ އޭނާ އާއި އޭނާގެ ކުރީގެ އަންހެނުން ކިރަން ރާއޯ އެވެ.