ބޮލީވުޑްގެ ތަރިން ކަމަށްވާ އަކްޝޭ ކުމާރް އާއި ސައިފް އަލީ ހާން 17 އަހަރު ފަހުން އެކުގައި ފިލްމެއް ކުޅެން ނިންމައިފި އެވެ.
ބޮލީވުޑްގެ ތަރިން ކަމަށްވާ އަކްޝޭ ކުމާރް އާއި ސައިފް އަލީ ހާން 17 އަހަރު ފަހުން އެކުގައި ފިލްމެއް ކުޅެން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނީ، ނަމެއް އަދި ކަނޑައަޅާފައި ނުވާ އެ ފިލްމަކީ "ގަރަމް މަސާލާ" އާއި "ބޫލް ބުލައްޔާ" ކަހަލަ ފިލްމުތައް ގެނެސްދިން ޕްރިޔަދަރްޝަން ޑައިރެކްޓުކުރާ ފިލްމެއް ކަމަށެވެ. އަދި އެ ފިލްމަކީ ހަމަ ޕްރިޔަދަރްޝަން ޑައިރެކްޓުކޮށް 2016 އަހަރު ގެނެސްދިން މަލަޔާލަމް ތުރިލާ ފިލްމު "އޮޕްޕަމް"ގެ ރީމޭކެއް ކަމަށް ވެސް ބުންޏެވެ.
އަކްޝޭ އާއި ސައިފް އެކުގައި އެންމެ ފަހުން ފެނުނީ 2008 ވަނަ އަހަރު ގެނެސްދިން ފިލްމު "ތާޝަން" އިންނެވެ. ބޮކްސް އޮފީހުގައި މާ ބޮޑު ތަރުހީބެއް ނުލިބުނަސް، އެ ފިލްމަކީ އަދިވެސް ބެލުންތެރިންގެ މެދުގައި މަގުބޫލު ފިލްމެކެވެ.
އޭގެ ކުރިން ވެސް، 90 ގެ އަހަރުތަކުގައި އަކްޝޭ އާއި ސައިފް އެކުގައި ވަރަށް ގިނަ ފިލްމުތައް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "މެއިން ކިލާޑީ ތޫ އަނާރީ" އާއި "ޔޭ ދިއްލަގީ" އާއި "ތޫ ޗޯރް މެއިން ސިޕާހީ" އަދި "ކީމަތު" ކަހަލަ ފިލްމުތައް ހިމެނެ އެވެ.
އަކްޝޭ މި ވަގުތު ބިޒީކޮށް އުޅެނީ އޭނާގެ ކުރިއަށް އޮތް ހޮރޯ ކޮމެޑީ ފިލްމު "ބޫތު ބަންގްލާ"ގެ މަސައްކަތުގަ އެވެ. އަންނަ އަހަރު ގެނެސްދޭ އެ ފިލްމަކީ ވެސް ޕްރިޔަދަރްޝަން ޑައިރެކްޓުކުރާ ފިލްމެކެވެ. އަދި ޕްރިޔަދަރްޝަންގެ "ހީރާ ޕޭރީ 3"ގައި ވެސް އަކްޝޭ އުޅޭނެ އެވެ. އެ ފިލްމު އިއުލާންކޮށްފައި ވިޔަސް، ގެނެސްދޭނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.
ސައިފްގެ އާ ފިލްމު "ޖުވެލް ތީފް" މިހާރު އަންނަނީ ނެޓްފްލިކްސްގައި ސްޓްރީމްކުރަމުންނެވެ. އެ ފިލްމަށް ވަނީ ރަނގަޅު ތަރުހީބެއް ލިބިފަ އެވެ.
އަކްޝޭ އާއި ސައިފް އެކުގައި ކުޅޭ ފިލްމުގެ ޝޫޓިން އަންނަ އޮގޯސްޓް މަހު ފަށައި، އަންނަ އަހަރު މެދު ތެރޭގައި ސިނަމާތަކުގައި ދައްކަން ފަށާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އަކްޝޭގެ ބޫތު ބަންގްލާއަށް ބޫލް ބުލައްޔާގެ ކާސްޓް!
އަކްޝޭ ދެކުނު އިންޑިއާގެ ފިލްމެއް ކުޅެނީ
"އަތުރަންގީ-ރޭ" ގައި ސާރާ ވަރަށް މޮޅު
އަކްޝޭ އާއި ޓައިގާ ވަރުގަދަ ތަޅާފޮޅުމަކަށް
ސާރާގެ "އަތުރަންގީ ރޭ" ޑިޖިޓަލް ޕްރީމިއާއަކަށް
ބޮލީވުޑުން ބޮޑު ތިން ޓްރެއިލާއެއް
ރާނީގެ "ބަންޓީ އޯރް ބަބްލީ 2" ގެ ޓީޒާއެއް
އަކްޝޭ އާއި ޕްރަބާސްގެ ކުރިމަތިލުމެއް އަންނަ އަހަރު
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ސުނިލް ޝެޓީގެ ދަރިފުޅާ އެކު އަކްޝޭ އަށް ފިލްމެއް