26 ޑިސެމްބަރ 2021
ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި ފިލްމު "އަތުރަންގީ ރޭ" ގައި ސާރާ އަލީ ޚާން ވަރަށް މޮޅު ކަމަށާއި މިއީ އޭނާގެ ވިދުން ގަދަދަކޮށްލާނެ ފިލްމެއް ކަމަށް މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނެފި އެވެ.
ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި ފިލްމު "އަތުރަންގީ ރޭ" ގައި ސާރާ އަލީ ޚާން ވަރަށް މޮޅު ކަމަށާއި މިއީ އޭނާގެ ވިދުން ގަދަދަކޮށްލާނެ ފިލްމެއް ކަމަށް މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނެފި އެވެ.
"ތަނޫ ވެޑްސް މަނޫ" އާއި "ރާންޖަނާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އާނަންދު އެލް ރާއީގެ މި ފިލްމަކީ އަދި ވަރަށް އާ ބަތަލާ ސާރާއާ އެކު ތަޖުރިބާކާރު ދެ އެކްޓަރުން މަސައްކަތްކުރި ފިލްމެކެވެ. އެއީ އަކްޝޭ ކުމާރާއި ދަނޫޝް އެވެ. "އަތުރަންގީ ރޭ" ގައި ކިޔައި ދެނީ ކުޑައިރު މައިންބަފައިން މަރުވެ، އެ މީހުންގެ ލޯބިން މަހުރޫމުވެ، "އިހުގެ ވިސްނުން ގެންގުޅޭ" އެކްސްޓެންޑެޑް އާއިލާއާ އެކު ބިހާރުގައި އުޅޭ ޒުވާން އަންހެނެއް ސާރާ (ރިންކޫ) ގެ ވާހަކަ އެވެ.
ދިރިއުޅުމާ ދޭތެެރޭ އެހާ ސީރިއަސް ނޫން ރިންކޫ އަށް ލޯބިވެވެނީ ސައްޖާދު (އަކްޝޭ ކުމާރު) ދެކެ އެވެ. އަދި އެތައް ފަހަރަކު އޭނާއާ އެކީ ރިންކޫ ފިލަ އެވެ. މިކަންތައް ބޮޑުވެގެން "އޭނާ ހިފައި ހައްޔަރުކޮށް" އާއިލާއިން ކައިވެނި ކުރުވަނީ ޑޮކްޓަރަކަށްވާން ކިޔަވާ ވިޝޫ (ދަނޫޝް) އެވެ. ރިންކޫއާ ވިޝޫ ކައިވެނި ކުރުވަނީ އޭނާ "ގަދަކަމުން ނަގައިގެން" ގެންގޮސްގެންނެވެ.. އޭރު ވިޝޫ ވެސް އޮންނަނީ އޭނާގެ ލޯބިވެރިޔާ މަންޑީ (ޑިމްޕަލް ހަޔާތީ) އާ އެންގޭޖްވާން ތައްޔާރުވެފަ އެވެ.
#OneWordReview...#AtrangiRe: DELIGHTFUL.
— taran adarsh (@taran_adarsh) December 23, 2021
Rating: ⭐️⭐⭐️½#AtrangiRe lives up to its title — unconventional, complex plot that’s rich in emotions and drama… Rides on solid drama, but loosens post-interval… Emotional finale a high point… Genuinely hatke film! #AtrangiReReview pic.twitter.com/KBKNw2UKTY
ކުރިން ނުވެސް ދަންނަ ބީރައްޓެއްސަކާ ރިންކޫ ކައިވެނި ކުރަން އެއްބަސްވަނީ އޭނާ އަށް އާއިލާއާ ދުރަށް ދެވި އަނެއްކާވެސް ސައްޖާދު ހޯދިދާނެކަމުގެ އުންމީދުގަ އެވެ. އޭރު ސައްޖާދު އުޅެނީ ޖާދޫ ދަސްކުރަން އެފްރިކާ އަށް ގޮހެވެ. ވިޝުއާ ރިންކޫ ކައިވެނިކުރި އިރު، ސައްޖާދު އެނބުރި ގައުމަށް އަންނަން އޮތީ 10 ދުވަހެވެ.
އެހެންވެ ހުރިހާ ވާހަކައެއް ފިރިމީހާ ވިޝޫ އަށް ކިޔައި ދޫފައި ރިންކޫ މަސައްކަތް ކުރަނީ އަނެއްކާވެސް ސައްޖާދާ ގުޅޭށެވެ. "އަތުރަންގީ ރޭ" ގެ ވާހަކަ ދެން ކުރިއަށް ދަނީ މި ތިން މީހުންނަށް ދެން ކުރިމަތިވާ ކަންކަމާ އެކީގަ އެެވެ.
ތަރަން ބުނި ގޮތުގައި ހިމާންޝޫ ޝަރުމާގެ ސްކްރިންޕްލޭ ވަރަށް ޝައުގުވެރިވެފައ އޭގެ ޕްލޮޓްގައި އާ ކަންތައްތައް ވެސް ހިމެނެ އެވެ. އެގޮތުން ލޯބީގެ ގުޅުމެއްގެ ވާހަކަ ފިލްމުގައި ވަރަށް ތަފާތުކޮށް އެކަމަކު ވަރަށް ސާދާކޮށް ކިޔައި ދޫފައިވާ އިރު، "އަތުރަންގީ ރޭ" އަށް ފުރިހަމަކަން ގެނުވައިދޭ އެއް ކަމަކި އޭގެ ޑައިލޮގްތަކެވެ. އަދި މީގެ ޕްލޮޓްގައި މެންޓަލް ހެލްތަށް ވެސް ވަރަށް ހާއްސަ ނަޒަރަކުން އަލިއަޅުވާފައިވެ އެވެ.
Director #AanandLRai tackles a pertinent issue with sensitivity. His grip on drama is worth appreciating… Writer #HimanshuSharma delivers some solid scenes, but loosens the grip at times… #ARRahman’s soundtrack is refreshing, a big plus. #AtrangiReReview
— taran adarsh (@taran_adarsh) December 23, 2021
ތަރަން ބުނީ މުޅި ފިލްމުގެ ވާހަކަ ސާރާގެ ވަށައިގެން އެނބުރޭ އިރު އޭނާ އަށް ކުޅެން ލިބުނު ރޯލަކީ ފަސޭހަ ރޯލެއް ނޫން ކަމަށެވެ. އެކަމަކު ރިންކޫގެ ކެރެކްޓާ އަށް ވަރަށް ފުރިހަމަ އަށް ސާރާ އިންސާފުކޮށްދީ، އެ ކެރެކްޓާ އަށް ވަރަށް ބޮޑު ދިރުމެއް ގެނެސްދީފައިވާ ކަމަށް ބުންޏެވެ. ތަރަން ބުނިގޮތުގައި މިއީ އުންމީދީގެ ބަތަލާގެ ކުރިމަގު ވަރަށް އުޖާލާކަން ދައްކުވައިދޭ ފިލްމެކެވެ. އެގޮތުން "އަތުރަންގީ ރޭ" ގައި ސާރާ މޮޅު އެކްޓިންއެއް ދެއްކި އިރު ދަނޫޝް އާއި އަކްޝޭ ވެސް ވަރަށް މޮޅު ކަމަށް ބުންޏެވެ.
"އަތުރަންގީ ރޭ" އަކީ ނުބައިލައި ދޫކޮށްލާ ވަރުގެ ފިލްމެއް ނޫންކަމަށް ތަރަން ފާހަގަ ކުރަނީ އާނަންދުގެ އޮމާން ރީތި ޑައިރެކްޝަން ވެސް ރަނގަޅު ކަމުންނެވެ. އޭނާ ބުނީ މި ފިލްމުން އަނެއްކާ ވެސް އާނަންދު ވަނީ އޭނަ އަކީ ކިހާ ހުނަރުވެރި ޑައިރެކްޓަރެއްކަން ސާބިތުކޮށް ދީފަ އެވެ.
އޭއާރް ރަހުމާން މިއުޒިކް ހެދި "އަތުރަންގީ ރޭ" އަށް ތަރަން ދޫފައި ވަނީ ފަހެކުން ތިނެއް ބައި ތަރީގެ ރޭޓިންއެކެވެ.
ސާރާގެ "އަތުރަންގީ ރޭ" ޑިޖިޓަލް ޕްރީމިއާއަކަށް
"އަތުރަންގީ ރޭ" ގައި ފެންނާނީ ކުޑަ ރޯލަކުން: އަކްޝޭ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސުނިލް ޝެޓީގެ ދަރިފުޅާ އެކު އަކްޝޭ އަށް ފިލްމެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަކްޝޭގެ "ލަކްޝްމީ" ކަމަކުނުދިޔަ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ވިކީ ބޭނުމީ "އަތުރަންގީ ރޭ" ޑައިރެކްޓަރުގެ ފިލްމެއް