Roadha Mihaaru
އަކްޝޭ ދެކުނު އިންޑިއާގެ ފިލްމެއް ކުޅެނީ

އަކްޝޭ ފުރަތަމަ ފަހަރަށް ދެކުނު އިންޑިއާގެ ފިލްމެއް ކުޅެނީ

19 އެޕްރީލް 2024

ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރް ކުޅޭ ދެކުނު އިންޑިއާގެ ފުރަތަމަ ފިލްމު އިއުލާންކޮށްފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރް ކުޅޭ ދެކުނު އިންޑިއާގެ ފުރަތަމަ ފިލްމު އިއުލާންކޮށްފި އެވެ.

ދާދި ފަހުން ދެކުނު އިންޑިއާގެ ހައިދަރުއާބާދަށް ގޮސް އޭނާ ވަނީ "ކަންނާޕާ" ކިޔާ މި ފިލްމުގެ ކްރޫއާ ބައްދަލުކޮށްފަ އެވެ. އެއީ ތެލުގޫ ބަހުން ނެރޭ ފިލްމެކެވެ.

އެ ފިލްމުގައި އަކްޝޭ ފެންނާނެ ކަން ފިލްމުގެ ޑައިރެކްޓަރު ވިސްނު މަންޗޫ ވަނީ ދާދި ފަހުން އޭނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޔަގީންކޮށްދީފަ އެވެ.

ގިނަ ބައެއްގެ މަގުބޫލުކަން މިހާރު ލިބިފައިވާ ދެކުނު އިންޑިއާގެ ސިނަމާގެ ފިލްމަކުން އަކްޝޭ އަށް ފުރުސަތު ލިބުމުން، އޭނާގެ ސަޕޯޓަރުންގެ ފަރާތުން ތައުރީފުގެ ބަސްތައް ދަނީ އޮހެމުންނެވެ.

އަކްޝޭގެ އިތުރުން މި ފިލްމުގައި ދެކުނު އިންޑިއާގެ އެކްޓަރުން ކަމަށްވާ ޕްރިޓީ މުކުންދަން، މޮހަންލާލް، ޕްރަބާސް، މޯހަން ބާބޫ، އާރް ސަރަތުކުމާރު، ބްރަަމަނަންދަމް، މަދޫ އަދި މުކޭޝް ރިޝީ އުޅޭނެ އެވެ.

އެންމެފަހުން އަކްޝޭ ކުޅުނު ފިލްމަކީ މި މަހު 10 ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ބަޅޭ މިއާ، ޗޯޓޭ މިއާ" އެވެ. މިހާރު ސިނަމާގައި ދައްކަމުން އަންނަ ފިލްމަށް ވަނީ ރަނގަޅު ތަރުހީބެއް ލިބިފަ އެވެ.