03 ޑިސެމްބަރ 2023
މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި ރަންބީރް ކަޕޫރްގެ އާ ފިލްމު "އެނިމަލް" އަށް އެންމެ ދުވަހެއްގެ ތެރޭގައި ރިކޯޑް އާމްދަނީއެއް ލިބިއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި ރަންބީރް ކަޕޫރްގެ އާ ފިލްމު "އެނިމަލް" އަށް އެންމެ ދުވަހެއްގެ ތެރޭގައި ރިކޯޑް އާމްދަނީއެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ފުރަތަމަ ދުވަހު މި ފިލްމަށް ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި 113 ކްރޯޑް ރުޕީސް (13 މިލިއަން ޑޮލަރު) ލިބިފަ އެވެ. އޭގެ ތެރެއިން 60 ކްރޯޑް ރުޕީސް (7 މިލިއަން ޑޮލަރު) އަކީ ހަމައެކަނި އިންޑިއާގެ ސިނަމާތަކުގައި ދައްކައިގެން މި ފިލްމަށް ލިބުނު އާމްދަނީ އެވެ.
"އެނިމަލް" އަކީ 100 ކްރޯޑް ރުޕީސް (11 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
މި ރިކޯޑް އާމްދަނީއާ އެކު، މި ފިލްމު މިހާރު ވެފައި ވަނީ މި އަހަރު ނުކުތް ބޮލީވުޑް ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ދެވަނަ ފިލްމަށެވެ. އެ ލިސްޓުގެ އެއްވަނައިގައި އަދިވެސް އޮތީ މިދިޔަ ސެޕްޓެމްބަރު މަހު ނުކުތް ޝާހްރުކް ހާންގެ "ޖަވާން" އެވެ. "ޖަވާން" އަށް ވަނީ ފުރަތަމަ ދުވަހު 125 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) ލިބިފަ އެވެ.
މި ފިލްމު މިހާރު ވަނީ ރަންބީރުގެ ފިލްމީ ކެރިއަރުގައި ވެސް ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި އޭނާގެ ފިލްމަށް ވެފަ އެވެ. އެ ލިސްޓުގެ ދެވަނައިގައި އޮތީ މިދިޔަ އަހަރު ނުކުތް "ބްރާމަސްތުރާ: ޕާޓް ވަން" އެވެ.
އަނިޔާވެރި ގިނަ މަންޒަރުތައް ދައްކާ "އެނިމަލް"ގައި ހިމެނޭ ބައެއް ގައިގޯޅި މަންޒަރުތަކާއި އަނިޔާވެރިކަން މާ ބޮޑަށް ދައްކާ މަންޒަރުތަކާއި އަދި ފިލްމުގައި ބޭނުންކޮށްފައިވާ ބައެއް ބަސްތަކުގެ ސަބަބުން ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ މި ފިލްމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ބައެއް ކްރިޓިކުން މެދުގައި ވެސް ވަނީ އެކަމުގައި ހިޔާލު ތަފާތުން އުފެދިފަ އެވެ. އަދި މިއީ އާއިލާއާ އެކު ބަލަން ދާން ރަނގަޅު ފިލްމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
foreshadowing is supposed to be subtle. declaring “i will show them what real violence is” in response to the criticism you received and then going on to make a movie just for that sole purpose of giving the middle one to those critics… that’s arrogance.
— rishi (@rxshxbhxvsxr) December 2, 2023
މި ފިލްމު ސިނަމާގައި އެޅުވީ ވެސް އިންޑިއާގެ ސެންސަރު ބޯޑު ގިނަ މަންޒަރުތަކެއް ސެންސަރުކޮށްފަ އެވެ. އޭގެ ތެރޭގައި ވެސް ގައިގޯޅި މަންޒަރުތަކާއި ހުތުރު ބަސްތައް ހިމެނޭ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ނަމަވެސް އާންމުންގެ ފަރާތުން ފިލްމަށް ލިބޭ ތަރުހީބާއި ތައުރީފު ވެސް ވަކި ކުޑައެއް ނޫނެވެ.
އިންޑިއާގެ ސެންސަރު ބޯޑުން މި ފިލްމަށް ދީފައި ވަނީ "އޭ" ނުވަތަ "އެޑަލްޓްސް އޮންލީ" ސެޓްފިކެޓެކެވެ. އެއީ މި ފިލްމުގައި 18 އަހަރުން ދަށުގެ ކުޑަކުދިންނާ ނުގުޅޭ މަންޒަރާއި އަޑު ހުރުމުންނެވެ.
"އެނިމަލް" އަކީ ދަރިއެއްގެ ހިތުގައި ބައްޕައަށް އޮތް ލޯތްބާ އަދި ބަދަލުގައި ދަރިފުޅަށް ބައްޕަގެ ފަރާތުން ބޭނުންވި ލޯބި އެންމެ ރަނގަޅަށް ނުލިބުމުން، ދެބަފައިންގެ މެދުގައި ހިނގާ ކަންތައްގަނޑެއް ދައްކާ އެކްޝަން ފިލްމެކެވެ. މި ފިލްމުގައި އެކްޝަންގެ ވަރުގަދަ އަދި ވަރަށް އަނިޔާވެރި މަންޒަރުތަކެއް ހިމެނޭނެ ކަމަށް ޑައިރެކްޓަރު ވަނީ ކުރިން ވެސް ބުނެފަ އެވެ.
If you take masculinity to the extreme, you get movies like #Animal & #KabirSingh. On the other side, if you take femininity to the extreme, you get projects like #FourMoreShots & #ThankYouForComing. Yes, both are toxic and should not be idolized, but it doesn't mean that one… pic.twitter.com/IhUTBduQyk
— DesiNerd (@iamDesiNerd) December 2, 2023
މި ފިލްމަކީ "ކަބީރް ސިންގް" އާއި "އަރުޖުން ރެއްޑީ" ކަހަލަ ފިލްމުތައް ހެދި ސަންދީޕް ވެންގާ ރެއްޑީގެ ޑައިރެކްޝަނެކެވެ.
ރަންބީރްއާ އެކު "އެނިމަލް"ގެ މުހިންމު ރޯލުތައް ކުޅުނީ ރަޝްމީކާ މަންދަނާ، އަނިލް ކަޕޫރް، ބޮބީ ޑިއޯލް އަދި ތުރިޕްތީ ދިމްރީ އެވެ.
މިއީ ޓީ ސީރީޒް އާއި ސިނޭ ވަން ސްޓޫޑިއޯސް އަދި ބަދުރަކަލީ ޕިކްޗާސް ގުޅިގެން ޕްރޮޑިއުސްކުރި ފިލްމެކެވެ.
"އެނިމަލް" މިއަދު ނެޓްފްލިކްސް އަށް
އައިފާގައި އެންމެ މޮޅު ފިލްމަކަށް "އެނިމަލް"
ބަންސާލީގެ "ލަވް އެންޑް ވޯ" 2026 ގައި
"ކަލްކީ" އަށް ރިކޯޑް އަމްދަނީއެއް ލިބިއްޖެ
އަކްޝޭ ދެކުނު އިންޑިއާގެ ފިލްމެއް ކުޅެނީ
"އެނިމަލް"ގެ ޑައިރެކްޓަރަށް ބޮލީވުޑުން ބަހުގެ ހަމަލާ
"އެނިމަލް"ގެ ދެވަނަ ބައި 2026 ގައި
ލަވް އެންޑް ވޯ: ބަންސާލީގެ އާ ފިލްމު
"އެނިމަލް"ގައި ހިމެނި ލަވައަކަށް ހާއްސަ ސަމާލުކަމެއް
ހަ ދުވަސް ތެރޭ "އެނިމަލް" އަށް 59 މިލިއަން