20 ފެބުރުއަރީ 2021
އަންނަ މެއި މަހު 28 ގައި އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
އަންނަ މެއި މަހު 28 ގައި އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
ކުރިން މި ފިލްމަކީ އަންނަ މަހުގެ 2 އަށް ތާވަލުކޮށްފައި އޮތް ފިލްމެކެވެ. މިދިޔަ އަހަރު ސްކޮޓްލެންޑްގައި ޝޫޓްކުރި "ބެލް ބޮޓަމް" އަކީ ރަންޖީތު ތިވާރީ ޑައިރެކްޓްކޮށްފައިވާ ސްޕައި ތުރިލާއެކެވެ.
މީގެ ކާސްޓްގައި ވާނީ ކަޕޫރާއި ލާރާ ދައްތާ އަދި ހުމާ ގްރޭޝީ ހިމެނެ އެވެ.
ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކުރި އިރު އަކްޝޭގެ ތާރީހީ ހަނގުރާމަ ފިލްމު "ޕްރިތުވީރާޖް" އަކީ އަންނަ ނޮވެމްބަރު މަހުގެ 5 އަށް ތާވަލުކޮށްފައިވެ އެވެ.
ބެލެވޭ ގޮތުން އެޕްރީލް 2 ގައި އަކްޝޭގެ "ސޫރިޔަވަންޝީ" ސިނަމާތަކަށް އަންނާނެ އެވެ. އަދި އޭނާގެ "އަތުރަންގީ ރޭ" އަކީ މި އަހަރު ވެސް ރިލީޒްކުރާނެ ކަމަށް ބެލެވޭ ފިލްމެކެވެ.
މިދިޔަ އަހަރު އަކްޝޭގެ "ލަކްޝްމީ" ރިލީޒްކުރީ ޑިޖިޓިލްކޮށެވެ.
އެކްޓަރު ޝާހިދު ކަޕޫރްގެ އަލަތު ވެން ސީރީޒްގެ މަސައްކަތް ފަށައިފި އެވެ.
މީގެ ޝޫޓިންގެ ތެރެއިން ޖަހާ ސަކަރާތްގަނޑެއްގެ ވީޑިއޯ ވެސް އޭނާ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. އެމެޒޯން ޕްރައިމް ވީޑިއޯ އަށް ހަދާ ސީރީޒްގެ ޝޫޓިން ފެށި ނަމަވެސް މީގެ ނަން އަދިވެސް ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
މީޑިއާތަކުން ކުރިން ބުނީ އޭގެ ނަމަކީ "ގަވަރް" ކަމަށެވެ. ނަމަވެސް ފަހުން ބުނެފައި ވަނީ ނަމަކީ "ސަނީ" ކަމަށެވެ. މިއީ ރާޖް އެންޑް ޑީކޭ ޑައިރެކްޓްކުރާ އެއްޗެކެވެ. އެ ދެ މީހުންނަކީ އެމެޒޯންގެ "ދަ ފެމިލީ މޭން" ގެ ވެސް މޭސްތިރިންނެވެ.
ޝާހިދާ އެކު ވެބް ސީރީޒުން ފެންނާނެ ތަރިންގެ ތެރޭގައި ތަމަޅަ އެކްޓަރު ވިޖޭ ސެތިޕަތީގެ ތެލެގޫ/ތަމަޅަ ބަތަލާ ރާޝީ ކަންނާ ހިމެނެ އެވެ.
ޝާހިދުގެ ކުރިއަށް އޮތް ފިލްމަކީ ނޮވެމްބަރު 5 ގައި ގެނެސްދޭ "ޖާޒީ" އެވެ.
ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ޑައިރެކްޓަރު އަބީޝެކް ކަޕޫރްގެ އާ ފިލްމު "ޗަންދީގަޅް ކަރޭ އާޝިގީ" އަންނަ ޖުލައި މަހުގެ 9 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.
މި ފިލްމަކީ މުޅިން އަލަށް އަޔޫޝްމަން ކްރާނާ އާއި ވާނީ ކަޕޫރްގެ ޖޯޑު ފެންނާނެ ފިލްމެކެވެ. ވަރަށް ތަފާތު ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމުގައި އަޔޫޝްމަން ކުޅެފައި ވަނީ އެތުލީޓެއްގެ ރޯލެވެ. އަދި ވާނީގެ ކެރެކްޓާ އަކީ ޓްރާންސްޖެންޑާ ކެރެކްޓާއެކެވެ.
އަބީޝެކް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ "ކޭދަރުނާތު" އެވެ.
މިދިޔަ އަހަރު "ޝުބް މަންގަލް ޒާދާ ސާވްދާން" އާއި "ގުލާބޯ ސިތާބޯ" އިން ފެނުނު އަޔޫޝްމަން މިހާރު އަންނަނީ އަނޫބަވް ސިންހާގެ "އަނޭކް" ގެ މަސައްކަތްކުރަމުންނެވެ.
މިދިޔަ މަހު ޝޫޓިން ފެށި ރަންބީރް ކަޕޫރާއި ޝްރަދާ ކަޕޫރްގެ ރޮމޭންޓިކް ކޮމެޑީ އަންނަ އަހަރު ގެނެސްދޭ ގޮތަށް ނިންމައިފި އެވެ.
ލަވް ރަންޖަން ޑައިރެކްޓްކުރާ ފިލްމުގެ ނަން އަދިވެސް އިއުލާންކޮށްފައި ނުވާ އިރު، ފިލްމު މިހާރު ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ މާޗް 18 އަށެވެ. މި ފިލްމަކީ ކުރިން މި އަހަރުގެ މާޗްގައި ގެނެސްދޭ ގޮތަށް 2019 ގައި އިއުލާންކުރި ފިލްމެކެވެ.
ލަވްގެ މި ފިލްމަކީ ރަންބީރާއި ޝްރަދާ އެކީގައި ކުޅޭ ފުރަތަމަ ފިލްމެވެ. މީގެ ކާސްޓްގައި ޑިމްޕަލް ކަޕާޑިއާ އާއި ބޯނީ ކަޕޫރް ވެސް ހިމެނެ އެވެ.
ލަވް އެންމެ ފަހުން ގެނެސްދިނީ 2018 ގެ "ސޯނޭ ކޭ ޓިޓޫ ކީ ސްވީޓީ" އެވެ.
ރަންބީރާއި ޝްރަދާގެ ފިލްމަށް ދިގު އިންތިޒާރެއް
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ލޯބީގެ އެކި ރަހަތަކާ އެކު ރަންބީރްގެ އެންތޮލޮޖީއެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަނުޝްކާގެ ފިލްމީ ކެރިއަރުގައި ނަސީބު ގަދަ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ރަންބީރާއި ޝްރަދާގެ ފިލްމު ސްޕެއިނަށް
ރަންބީރްގެ ބައްޕަގެ ރޯލަށް ބޯނީ ކަޕޫރް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"އަތުރަންގީ-ރޭ" ގައި ސާރާ ވަރަށް މޮޅު