16 ސެޕްޓެމްބަރ 2021
ލޯބީގެ އެކި ރަހަތައް ހިމަނައިގެން ހަދަން ނިންމާފައިވާ އެންތޮލޮޖީ ފިލްމަކުން ރަންބީރް ކަޕޫރް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ލޯބީގެ އެކި ރަހަތައް ހިމަނައިގެން ހަދަން ނިންމާފައިވާ އެންތޮލޮޖީ ފިލްމަކުން ރަންބީރް ކަޕޫރް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މި ފިލްމަކީ މި ފަހަކަށް އައިސް ގިނައިން ޑިޖިޓަލް ކޮންޓެންޓް ގެނެސްދެމުން އަންނަ އިރޯސްގެ ފިލްމެކެވެ. ހަތަރު ސެގްމަންޓް ހިމެނޭ ފިލްމަށް ދީފައިވާ ނަމަކީ "އެއިސާ ވެއިސާ ޕިޔާރު" އެވެ.
މި ފަހުން ރިލީޒްވި ރަންބީރްގެ އެންމެ ކާމިޔާބު ލޯބީގެ ފިލްމަކީ ކަރަން ޖޯހަރްގެ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ. އެ ފިލްމުގެ ބަތަލާއިންނަކީ އަނުޝްކާ ޝަރުމާ އާއި އައިޝްވާރިއާ ރާއީ އެވެ.
މީޑިއާތަކުން ބުނީ ފިލްމުގެ ޓީމުން މިހާރު ރަންބީރާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި ހުރިހާ ކަމެއް ފައިނަލްވުމުން ފިލްމު ރަސްމީކޮށް އިއުލާންކުރާނެ ކަމަށެވެ.
މިދިޔަ އަހަރު މަރުވި އެކްޓަރު ރިޝީ ކަޕޫރްގެ ދަރިފުޅުގެ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ 2018 ގެ "ސަންޖޫ" އެވެ. އޭގެ ފަހުން ރަންބީރްގެ އެއްވެސް ފިލްމެއް ރިލީޒް ނުވިޔަސް ރިލީޒްކުރަން ވެފައި އޮތް ފިލްމުތަކެއް އެބަ ހުއްޓެވެ. އެއީ ކަރަންގެ ދަރުމާ ޕްރޮޑަކްޝަންގެ ފެންޓަސީ އެޑްވެންޗަ ފިލްމު "ބުރައްމަސްތުރާ" އާއި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ޕީރިއަޑް އެކްޝަން ޑްރާމާ "ޝަމްޝޭރާ" އެވެ. އަޔާން މުކަރްޖީ ޑައިރެކްޓްކޮށްފައިވާ "ބުރަސްމަސްތުރާ" އަކީ ރަންބީރާއި ލޯބިވެރިޔާ އާލިއާ ބަޓް އެކީގައި ފެންނާނެ ފިލްމެކެވެ. ކަރަން މަލްއުތުރާ ޑައިރެކްޓްކޮށްފައިވާ "ޝަމްޝޭރާ" ގެ ބަތަލާ އަކީ ވާނީ ކަޕޫރެވެ.
ރަންބީރް މިހާރު އަންނަނީ ޑައިރެކްޓަރު ލަވް ރަންޖަންއާ އެކު ރޮމޭންޓިކް ކޮމެޑީއެއްގެ މަސައްކަތްކުރަމުންނެވެ. ނަން އަދި އިއުލާން ނުކުރާ އެ ފިލްމުގެ ބަތަލާ އަކީ ޝްރަދާ ކަޕޫރެވެ.
ރަންބީރް ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 2019 ގެ "ކަބީރު ސިންގް" ގެނެސްދިން ސަންދީޕް ރެޑީ ވަންގާގެ "އެނިމަލް" ހިމެނެ އެވެ. އެ ފިލްމުގެ ބަތަލާއިންނަކީ ޕަރިނީތީ ޗޯޕްޅާ އާއި ޓްރިޕްތީ ދިމްރީ އެވެ.
ބޮލީވުޑް ވަރަށް މިސްވޭ: ފަވާދު
މިއީ ޝާހްރުކެއް ނޫން، އޭނާގެ ބޮޑު ފޭނެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބަންސާލީގެ "ހީރާ މަންޑީ" ގެ ބަތަލަކީ ކާތިކް؟
ލަވް އެންޑް ވޯ: ބަންސާލީގެ އާ ފިލްމު
"އެނިމަލް" އިން ލިބުނު ފުރުސަތު ވަރަށް ހާއްސަ: ޕަރިނީތީ
ރަންބީރާއި ޝްރަދާގެ ފިލްމަށް ދިގު އިންތިޒާރެއް
ރިޝީ މަރުވި ފަހުން ނީޓޫ ކުޅުނު ފިލްމު ހާއްސަވާނެ
އާލިއާގެ ނެޝަނަލް އެވޯޑަށް ރަންބީރް އިންތިޒާރުގައި
ފިލްމަށް ޖަޔަލަލީތާ ބޭނުންވީ އައިޝްވާރިއާ