Roadha Mihaaru
މިއީ ޝާހްރުކެއް ނޫން، އޭނާގެ ބޮޑު ފޭނެއް

މިއީ ޝާހްރުކެއް ނޫން، އޭނާގެ ބޮޑު ފޭނެއް

05 ޖޫން 2021

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާނާ ވައްތަރު މީހަކު ފެނިގެން އަނެއްކާ ވެސް އާންމުންގެ ސަމާލުކުން އެ މީހަކަށް ހުއްޓިއްޖެ އެވެ. ނަމަކީ އިބްރާހިމް ގަދުރީ އެވެ. އޭނާ އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ޝާހްރުކާ ވަރަށް ވައްތަރެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާނާ ވައްތަރު މީހަކު ފެނިގެން އަނެއްކާ ވެސް އާންމުންގެ ސަމާލުކުން އެ މީހަކަށް ހުއްޓިއްޖެ އެވެ. ނަމަކީ އިބްރާހިމް ގަދުރީ އެވެ. އޭނާ އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ޝާހްރުކާ ވަރަށް ވައްތަރެވެ.

ގަދްރީ އަކީ ޝާހްރުކްގެ ބޮޑު ފޭނެކެވެ. އޭނާގެ ބައެއް ފިލްމުތަކުގެ ލަވަތަކަށް އެކްޓްކޮށް ނަގާފައި ހުރި ވީޑިއޯތަކުން ވެސް އެކަން އެނގެ އެވެ. އަދި ޝާހްރުކް އެކި ފިލްމުތަކުގައި އޭނާގެ ލުކް ގެނެސްދީފައިވާ ގޮތަށް ގަދްރީގެ ލުކް ވެސް އެކި ފޮޓޯތަކުގައި ގެނެސްދީފައިވެ އެވެ.

އިންސްޓަގްރާމްގައި އޭނާ ފޮލޯކުރާ މީހުން 46،000 އަށް އަރަ އެވެ. ގަދްރީ ބުނެފައި ވަނީ އޭނާ އަކީ އާޓްސް އެންޑް އެންޓަޓައިންމަންޓް އިންޑަސްޓްރީގެ މީހެއް ކަމަށެވެ. އަދި އެކި އިވެންޓްތަކާއި ޝޯތަކުގައި އޭނާ ބައިވެރިކުރަން އެދޭ ނަމަ މެސެޖްކުރަން އެދިފައިވެ އެވެ.

މީގެ ކުރިން ވެސް ޝާހްރުކާ ވައްތަރު މީހުން ފެނިފައިވެ އެވެ. އޭގެ ތެރޭގައި 2015 ގައި މެލޭޝިއާ އިން ފެނުނު ސުމިއާ އެސް ޕަރީޝާ ކިޔާ މީހަކާއި ކަޝްމީރުން 2017 ގައި ފެނުނު ހައިދަރު މަގުބޫލްގެ އިތުރުން ޖޯޑަން އިން ފެނުނު މީހަކު ވެސް ހިމެނެ އެވެ. ދެހާސް ނަވާރައިގައި އާންމުންގެ ސަމާލުކަން ލިބުނު ޖޯޑަންގެ އަކްރަމް އަލް އިއްސާވީ އަކީ ފޮޓޯގްރާފަރެކެވެ.

އެކަމަކު މި ފަހަރު ފެނިގެން މި އުޅޭ މީހާ އަކްރަމާއި ސުމިއާ އާއި ހައިދަރަށް ވުރެ މާ ބޮޑަށް ވެސް ޝާހްރުކާ ވައްތަރެވެ. އޭނާގެ ޕޯސްޓްތަކަށް ކޮމެންޓްކުރި ވަރަށް ގިނަ ބަޔަކު ވެސް އެކަން ފާހަގަކޮށްފައިވެ އެވެ.

ޝާހްރުކްގެ އިތުރުން މީގެ ކުރިވެސް ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންނާ ވައްތަރު މީހުން ފެނިގެން އެ މީހުން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަޝްހޫރުވެފައިވެ އެވެ.

އޭގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ އާއި ރަންބީރް ކަޕޫރާއި އަނުޝްކާ ޝަރުމާ އާއި އިމްރާން ހާޝްމީ އާއި ކެޓްރީނާ ކައިފާއި އައިޝްވާރިއާ ރާއީ އާއި ޖޯން އަބްރަހަމް އަދި މިދިޔަ އަހަރު މަރުވި ސުޝާންތު ސިންގް ރާޖްޕޫތު ފަދަ ތަރިންނާ ވައްތަރު މީހުން ހިމެނެ އެވެ.