ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާންގެ ކުރިއަށް އޮތް އެކްޝަން ފިލްމު "ޖަވާން"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާންގެ ކުރިއަށް އޮތް އެކްޝަން ފިލްމު "ޖަވާން"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
ގާތްގަނޑަކަށް ތިން މިނެޓުގެ މި ދިގު ޓްރެއިލާގައި ވަނީ ފިލްމުގެ ޝައުގުވެރި ގިނަ މަންޒަރުތަކެއް ހިމަނައިފަ އެވެ. އަދި މި ފިލްމުގައި ހާއްސަ ފެނިލުމަކުން ފެންނާނެ ދީޕިކާ ޕަދުކޯންގެ އިތުރު މަންޒަރުތަކެއް ވެސް ވަނީ ހިމަނައިފަ އެވެ.
Of Justice & A Jawan.
— Shah Rukh Khan (@iamsrk) August 31, 2023
Of Women & their Vengeance.
Of a Mother & A Son.
And of course, a lot of Fun!!!
Ready Ahhh!!!#JawanTrailer out now! #Jawan releasing worldwide on 7th September, 2023 in Hindi, Tamil & Telugu. pic.twitter.com/WwU95DJcK2
މި ފިލްމުގައި ޝާހު ފެންނާނީ މީގެ ކުރިން ފިލްމެއްގައި އޭނާ ނުފެންނަހާ ތަފާތުކޮށެވެ. ބައެއް މަންޒަރުތަކުގައި ފެނުނީ ޝާހުގެ މޫނުމައްޗަށް ވަރަށް ބޮޑަށް އަނިޔާވެ، ބެންޑޭޖް އަޅާފައި ހުއްޓަ އެވެ. ޝާހު ޑަބަލް ރޯލެއް ކުޅޭ މި ފިލްމުގައި އޭނާ ތަލަކޮށް ހުންނަ ލުކެއް ވެސް ފެންނާނެ އެވެ.
ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ޑައިރެކްޓަރު އަޓްލީ ކުމާރުގެ މި ފިލްމުގައި ޝާހުއާ އެކު ލީޑު ރޯލުތަކުން ފެންނާނީ، ދެކުނު އިންޑިއާގައި މަޝްހޫރު ތަރިން ކަމަށްވާ ނަޔަންތާރާ އާއި ވިޖޭ ސެތޫޕަތީ އަދި ސަންޔާ މަލްހޯތުރާ އެވެ.
ހިންދީ ބަހުގެ އިތުރުން ތަމަޅަ، ތެލުގޫ، މަލަޔާލަމް އަދި ކަންނަޑާ ބަހުން މި ފިލްމު ނެރެން ވަނީ ނިންމައިފަ އެވެ.
މި ފިލްމު ސިނަމާތަކުގައި އަޅުވަން ފަށަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
"މޭ ހޫ ނާ"ގެ ސީކުއެލްއެއްގެ މަސައްކަތް ފަށައިފި
ޝާހު އާއި ސުހާނާގެ ފިލްމަށް ކިޔަނީ "ދަ ކިންގް"
ޝާހުގެ "ޖަވާން" ރިލީޒްކުރިތަނުން ލީކުކޮށްލައިފި
ވިކީގެ އާ ފިލްމަށް ބޮޑު އާމްދަނީއެއް
އަނޫރާގުގެ "މެޓްރޯ އިން ދިނޯ" މި އަހަރު ގެނެސްދެނީ
އަނުޕާމްގެ 544 ވަނަ ފިލްމު ޕްރަބާސްއާ އެކު
ސުނިލް އާއި މަހިމާ އަނެއްކާވެސް އެކުގައި
އިބްރާހިމް ބޮލީވުޑަށް ތައާރަފުވަނީ ހުޝީއާ އެކު
"ސިތާރޭ ޒަމީން ޕަރު" ރިލީޒްކުރަނީ ޑިސެމްބަރުގައި
ބަންސާލީގެ "ލަވް އެންޑް ވޯ"ގައި އައްލޫ އަރްޖުން؟