19 އޯގަސްޓް 2024
ބޮލީވުޑްގެ ސުޕަހީރޯ ފިލްމު ފްރެންޗައިޒް "ކްރިޝް"ގެ ހަތަރު ވަނަ ފިލްމުގައި ރިތިކް ރޯޝަންއާ އެކު ލީޑު ރޯލުން ފެންނާނީ ޝްރައްދާ ކަޕޫރް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ސުޕަހީރޯ ފިލްމު ފްރެންޗައިޒް "ކްރިޝް"ގެ ހަތަރު ވަނަ ފިލްމުގައި ރިތިކް ރޯޝަންއާ އެކު ލީޑު ރޯލުން ފެންނާނީ ޝްރައްދާ ކަޕޫރް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޓައިމްސް ނައުގައި ބުނެފައިވާ ގޮތުގައި އެ ރޯލު މިހާރު ވަނީ ޝްރައްދާއަށް ހުށަހަޅައިފަ އެވެ. އަދި އޭނާ އެ ރޯލު ކުޅެން އެއްބަސްވި ކަމަށް ވެސް ބުންޏެވެ.
ނަމަވެސް، ފިލްމުގެ ޓީމުން މި ޚަބަރު އަދި ކަށަވަރުކޮށް ނުދެ އެވެ.
މި ރޯލު ވަނީ "ކްރިޝް 2 އަދި 3"ގައި ލީޑު ރޯލު ކުޅުނު ޕްރިޔަންކާ ޗޯޕްރާއަށް ވެސް ކުރިން ހުށަހަޅައިފަ އެވެ. ނަމަވެސް އޭނާ ބިޒީކަމުން ހަތަރު ފިލްމުގައި މި ރޯލު ކުޅެވެން ނެތްކަން މިހާރު އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
އެ ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ސްކްރިޕްޓް ލިޔަނީ ފުރަތަމަ ތިން ފިލްމުގެ ސްކްރިޕްޓް ވެސް ލިޔުނު، ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން އެވެ. އަދި މިފަހަރު ވެސް ޑައިރެކްޓަރަކީ ހަމަ އޭނާ އެވެ.
"ކްރިޝް" ފްރެންޗައިޒްގެ ފިލްމުތައް ފެށީ މީގެ 20 އަހަރު ކުރިންނެވެ. އެންމެ ފުރަތަމަ ގެނެސްދިން ފިލްމަކީ "ކޮއި މިލް ގަޔާ" އެވެ. އެ ފްރެންޗައިޒްގެ ދެވަނަ ފިލްމު "ކްރިޝް" ގެނެސްދިނީ 2006 ގަ އެވެ. އަދި ތިންވަނަ ފިލްމު ގެނެސްދިނީ 2013 ވަނަ އަހަރުގަ އެވެ. އެ ތިން ފިލްމަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
ޝްރައްދާގެ އާ ފިލްމު "ސްތުރީ 2" މިހާރު އަންނަނީ ސިނަމާތަކުގައި ދައްކަމުންނެވެ. އެ ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ސިނަމާތަކުގައި ދައްކަން ފެށި އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި އެންމެ ތިން ދުވަހުގެ ތެރޭގައި 135 ކްރޯޑް ރުޕީސް (16 މިލިއަން ޑޮލަރު) ލިބިފަ އެވެ.
އެންމެ އަގުބޮޑު ހިންދީ ފިލްމަކަށް "ސްތުރީ 2" ވެއްޖެ
"ބަހުބަލީ 2"ގެ ރެކޯޑް "ސްތުރީ 2" މުގުރާލައިފި
"ސްތުރީ 2" ބޮޑު ރެކޯޑެއް ހަދައިފި
"ފައިޓާ"އަށް ތިން ދުވަސް ތެރޭގައި ރަނގަޅު އާމްދަނީ
ރިތިކް އާއި ދިޕީކާގެ "ފައިޓާ"ގެ ޓީޒާ ނެރެފި
ރިތިކްގެ "ވޯ 2" އަޅުވާނީ 2025 ގައި
އަކްޝޭ އާއި ޓައިގާ ވަރުގަދަ ތަޅާފޮޅުމަކަށް
ލޯބީގެ އެކި ރަހަތަކާ އެކު ރަންބީރްގެ އެންތޮލޮޖީއެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ރިމޭކްތަކަށް ރިތިކްގެ ޝައުގުވެރިކަމެއް ނެތް