ބޮލީވުޑްގެ ފަހުގެ އެންމެ ވަރުގަދަ ބިރުވެރި ފިލްމު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ "ތުމްބާޑް"ގެ ދެވަނަ ބައި ރަސްމީކޮށް އިއްޔެ އިއުލާންކޮށްފި އެވެ.
ބޮލީވުޑްގެ ފަހުގެ އެންމެ ވަރުގަދަ ބިރުވެރި ފިލްމު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ "ތުމްބާޑް"ގެ ދެވަނަ ބައި ރަސްމީކޮށް އިއްޔެ އިއުލާންކޮށްފި އެވެ.
އެ ފިލްމުގެ ޕްރޮޑިއުސަރު އަދި ލީޑް އެކްޓަރު ސޯހަމް ޝާހް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ދެވަނަ ފިލްމު އިއުލާންކޮށްފަ އެވެ. ވަރަށް އަވަހަށް އެ ފިލްމު ގެނެސްދޭނެ ކަމަށް ބުނި ނަމަވެސް، ވަކި ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.
"ތުމްބާޑް"ގެ ދެވަނަ ބައެއް ގެނެސްދޭނެކަން ރަސްމީކޮށް މި އިއުލާންކުރީ، 2018 ވަނަ އަހަރު ގެނެސްދިން އެ ފިލްމުގެ ފުރަތަމަ ބައި އަނެއްކާވެސް ސިނަމާތަކުގައި ދައްކަން ފެށުމާ ދިމާކޮށެވެ. އެ ފިލްމުގެ ސީކުއެލްއެއް ގެނެސްދޭނެ ކަމަށް ހަމަ އެ އަހަރު ސޯހަމް ވަނީ ބުނެފަ އެވެ. ނަމަވެސް، އޭގެ ފަހުން މިހާތަނަށް އެ ފިލްމުގެ އެއްވެސް ވާހަކައެއް އޭނާ ނުދައްކަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު އެ ފިލްމު ރީ-ރިލީޒްކުރުމުން ވަނީ މީގެ ހަ އަހަރު ކުރިން ސިނަމާގައި ނުލިބޭވަރުގެ ބޮޑު ތަރުހީބެއް ވެސް ލިބިފަ އެވެ.
އިންސާނުންގެ ދަހިވެތިކަމާއި ކިބުރުވެރިކަމުގެ ސަބަބުން ހިނގާ ބިރުވެރި ކަންތައްތަކެއް ދައްކާ މި ފިލްމުގެ ފުރަތަމަ ބައި ގެނެސްދޭން ވެސް ހަ އަހަރު ހޭދަވި އެވެ. ދެވަނަ ފިލްމު އަދި ކުރިއަށް ވުރެ މާ ފުރިހަމަ ވާނެ ކަމަށް ސޯހަމް ވަނީ އެކި މީޑިއާތަކަށް ދިން އިންޓަވިއުތަކުގައި ވެސް ބުނެފަ އެވެ.
"ތުމްބާޑް"ގެ ފުރަތަމަ ފިލްމު ޑައިރެކްޓުކުރީ ރާހީ އަނިލް ބާވް އެވެ. ކްރިއޭޓިވް ޑައިރެކްޓަރެއްގެ ގޮތުގައި އަނަންދު ގާންދީ އަދި ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި އަދޭޝް ޕްރަޝާދް އެ ފިލްމުގައި މަސައްކަތްކުރި އެވެ.
މިތޭޝް ޝާހާއި ޕްރަސާދާއި ބާވޭ އަދި ގާންދީ ލިޔެފައިވާ އެ ފިލްމު ޕްރޮޑިއުސްކުރީ ސޯހަމް އާއި އާނަންދު އެލް ރާއި އާއި މުކޭޝް ޝާހް އަދި އަމީތާ ޝާހެވެ.
"ތުމްބާޑް"އަކީ ކްރިޓިކްސްގެ ތައުރީފު އޮއްސާލި ފިލްމެކެވެ. އެ ފިލްމަށް ވަނީ ފިލްމްފެއާ އެވޯޑުގައި 8 ނޮމިނޭޝަން ވެސް ލިބިފަ އެވެ. އޭގެ ތެރެއިން ބެސްޓް ސިނެމަޓޯގްރެފީ އާއި ބެސްޓް އާޓް ޑިރެކްޝަން އަަދި ބެސްޓް ސައުންޑް ޑިޒައިންގެ އެވޯޑް ވަނީ ކާމިޔާބުކޮށްފަ އެވެ.
"ބޫލް ބުލައްޔާ"ގެ ލަވަ ދިލްޖީތާއި ޕިޓްބުލްގެ އަޑުން
"ސްތުރީ 2"ގެ މަންޒަރެއް ކޮޕީ ކުރި މައްސަލައެއް
ބޫލް ބުލައްޔާ 3: އެންމެންގެ ސަމާލުކަން ވިދްޔާއަށް
އެންމެ އަގުބޮޑު ހިންދީ ފިލްމަކަށް "ސްތުރީ 2" ވެއްޖެ
އަކްޝޭގެ ބޫތު ބަންގްލާއަށް ބޫލް ބުލައްޔާގެ ކާސްޓް!
"ސްތުރީ 2" ބޮޑު ރެކޯޑެއް ހަދައިފި
"ސްތުރީ 2" އަށް ބޮޑު އާމްދަނީއެއް
"ބޫލް ބުލައްޔާ 3"ގެ މަންޒަރުތައް ނަގައި ނިމިއްޖެ
ކާތިކުގެ އެންމެ ހިޓް ފިލްމަކަށް ބޫލް ބުލައްޔާ 2 ވަނީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް