24 މެއި 2022
ޒުވާން އެކްޓަރު ކާތިކް އާރިޔަން ލީޑު ރޯލުން ފެންނަ ފިލްމު "ބޫލް ބުލައްޔާ 2"ގެ ޝޯތައް ހައުސްފުލްވެ، އޭނާ އަށް ވެސް ފިލްމަށް ދާން ޓިކެޓެއް ނުލިބިގެން އުޅޭ ކަމަށް ބުނެފި އެވެ.
ޒުވާން އެކްޓަރު ކާތިކް އާރިޔަން ލީޑު ރޯލުން ފެންނަ ފިލްމު "ބޫލް ބުލައްޔާ 2"ގެ ޝޯތައް ހައުސްފުލްވެ، އޭނާ އަށް ވެސް ފިލްމަށް ދާން ޓިކެޓެއް ނުލިބިގެން އުޅޭ ކަމަށް ބުނެފި އެވެ.
"ހައުސްފުލް" ބޯޑު ހިފައިގެން ހުރެ ކާތިކް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާ އަށް ހިއްސާކޮށް، ކާތިކް ވަނީ އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.
މިދިޔަ ހުކުރު ދުވަހު އެޅުވި އެ ފިލްމަށް މިދިޔަ ހަފުތާ ބަންދުގައި ލިބުނު ތަރުހީބު ވަރަށް ބޮޑެވެ. މުމްބާއީގެ ސިނަމާއެއްގެ ބޭރުގައި ހަރުކޮށްފައިވާ "ހައުސްފުލް" ބޯޑު ހިފައިގެން ހުރިއިރު ކާތިކް ވަށާލައިގެން ތިބީ އޭނާގެ ސަޕޯޓަރުންނެވެ.
އެ ފޮޓޯތައް އާންމުކޮށް، ކާތިކް ބުނީ އެކްޓަރެއްގެ ހައިސިއްޔަތުން އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އެއީ ކަމަށެވެ. ހަފުތާ ބަންދަށް ކަނޑައަޅާފައި ހުރިހާ ޓިކެޓެއް ވިކި، އޭނާ އަށް ވެސް ޓިކެޓެއް ނުލިބުނު ކަމަށް އެ ޕޯސްޓާ އެކު ބުންޏެވެ.
As actors we crave for this day
— Kartik Aaryan (@TheAaryanKartik) May 22, 2022
This Housefull board !!
Where i myself didn’t get the tickets ❤️ #BhoolBhulaiyaa2 on fire ???
Thank you to the Audience ? pic.twitter.com/4B1Vxyz8Lg
އެ ފިލްމަކީ ކާތިކް ލީޑް ރޯލު ކުޅޭ ފިލްމެއް ރިލީޒްކުރިތާ ކައިރީ އެހާ ބޮޑު ތަރުހީބެއް ލިބުނު ފުރަތަމަ ފިލްމެވެ. ފިލްމު ރިލީޒްކުރި ދުވަސްވަރަކީ ވެސް ބޮލީވުޑްގެ ފިލްމުތަކަށް މާ ބޮޑު ތަރުހީބެއް ސިނަމާގައި ލިބެމުންދިޔަ ދުވަސްވަރެއް ވެސް ނޫނެވެ.
"ބޫލް ބުލައްޔާ"ގެ ދެވަނަ ބަޔަކީ 2007 ވަނަ އަހަރު ނެރުނު ބިރުވެރި މަޖާ ފިލްމު "ބޫލް ބުލައްޔާ" ގެ ސީކުއެލްއެކެވެ. އެއީ އަކްޝޭ ކުމާރާއި ވިދުޔާ ބަލަން ލީޑު ރޯލު ކުޅުނު ފިލްމެކެވެ. ކާތިކްގެ އިތުރުން އެ ފިލްމުގެ ދެވަނަ ބައިން ފެންނަނީ ކިއާރާ އަދުވާނީ އާއި ތާބޫ އަދި ރާޖްޕަލް އެވެ.
"ބޫލް ބުލައްޔާ"ގެ ލަވަ ދިލްޖީތާއި ޕިޓްބުލްގެ އަޑުން
"ސްތުރީ 2"ގެ މަންޒަރެއް ކޮޕީ ކުރި މައްސަލައެއް
ބޫލް ބުލައްޔާ 3: އެންމެންގެ ސަމާލުކަން ވިދްޔާއަށް
އެންމެ އަގުބޮޑު ހިންދީ ފިލްމަކަށް "ސްތުރީ 2" ވެއްޖެ
ރާޖްކުމާރާއި ތުރިޕްތީގެ ފިލްމުގެ ޓްރެއިލާ
އަކްޝޭގެ ބޫތު ބަންގްލާއަށް ބޫލް ބުލައްޔާގެ ކާސްޓް!
"ސްތުރީ 2" ބޮޑު ރެކޯޑެއް ހަދައިފި
"ސްތުރީ 2" އަށް ބޮޑު އާމްދަނީއެއް
"ބޫލް ބުލައްޔާ 3"ގެ މަންޒަރުތައް ނަގައި ނިމިއްޖެ
ބޮލީވުޑުން ބޮޑު ތިން ޓްރެއިލާއެއް