03 އޯގަސްޓް 2021
އޮލިމްޕިކްސް ކުޅިވަރު މުބާރާތެއްގައި އެތުލީޓަކަށް މެޑެލްއެއް ލިބުމަކީ ކުޅިވަރުގެ މައިދާނުގައި ލިބޭނެ އެންމެ ބޮޑު އެއް ކާމިޔާބީ އެވެ. ޖަޕާނުގެ ޓޯކިއޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް އަކީ މި އަހަރު އެތުލީޓުންނަށް މި މެޑެލް ހޯދަން އޮތް މޫސުމެވެ.
އޮލިމްޕިކްސް ކުޅިވަރު މުބާރާތެއްގައި އެތުލީޓަކަށް މެޑެލްއެއް ލިބުމަކީ ކުޅިވަރުގެ މައިދާނުގައި ލިބޭނެ އެންމެ ބޮޑު އެއް ކާމިޔާބީ އެވެ. ޖަޕާނުގެ ޓޯކިއޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް އަކީ މި އަހަރު އެތުލީޓުންނަށް މި މެޑެލް ހޯދަން އޮތް މޫސުމެވެ.
އެހެންވެ ލިބޭ ކޮންމެ މެޑެލަކީ ވެސް ފަހަރުކެވެ. އެއީ އެތުލީޓަށް ލިބޭ ކާމިޔާބީއެއްގެ އިތުރުން އެ އެތުލީޓަކު ތަމްސީލުކުރާ ގައުމަކަށް ހޯދައިދެވޭ ފަހުރެކެވެ.
މެޑެލް ބެހެނީ ތިން ގިންތިއަކަށެވެ. އެއީ ގޯލްޑް، ސިލްވަ އަދި ބްރޯންޒެވެ. މި ފަހަރު ޓޯކިއޯ އޮލިމްޕިކްސްގައި ދޭ މެޑަލްތަކަކީ އިލެކްޓްރިކް ކުނިބުނި ރިސައިލްކޮށްގެން އެކަމަކު ގިންތިކޮށްފައިވާ ގޮތަށް އެ މެޑެލެއެއްގައި އެ ގިންތީގެ މާއްދާ ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ މެޑެލް އެވެ.
އާންމުކޮށް އޮލިމްޕިކްސްގައި ދޭ މެޑެލްތަކުގެ ބޯމިނުގައި ހުންނަނީ 7.7-12.1 މިލިމީޓަރެވެ.
ގޯލްޑް މެޑެލް އަށް ބަލާ އިރު މި މެޑަލް ތައްޔާރުކޮށްފައި ހުންނަނީ ގޯލްޑް-ޕްލޭޓެޑް ސިލްވައިންނެވެ. ބަރުދަނުގައި 556 ގްރާމް ހުންނަ މެޑަލްގައި 6 ގްރާމް ރަން ހިމެނެ އެވެ.
ސިލްވަ މެޑެލް ތައްޔާރުކޮށްފައި ހުންނަނީ 550 ގްރާމްގެ ޚާލިސް ރިހިންނެވެ. ބްރޯންޒް ނުވަތަ ރަންވަންލޯ މެޑަލްގެ ބަރުދަނުގައި 450 ގްރާމް ހުންނަ އިރު، މި މެޑެލް ހަދާފައި ހުންނަނީ 95 ޕަސެންޓް ކޮޕަ އާއި 5 ޕަސެންޓް ޒިންކުންނެވެ.
މެޑަލްތަކުގެ އަގު ފައިސާ އިން މިންކުރާ ނަމަ އޭގައި އެކުލެވޭ ރަނުގެ މިންވަރާ އެކު ގޯލްޑް މެޑެލްއެއްގެ އަގަކީ 800 ޑޮލަރު (12,360ރ.) އެވެ. ސިވްލަ މެޑެލްއެއްގެ އަގަކީ 450 ޑޮލަރު (6,952ރ.) އެވެ. އަދި ބްރޯންޒް މެޑެލްގެ އަގަކީ ގާތްގަނޑަކަށް 5 ޑޮލަރު (77ރ.) އެވެ.
އެތުލީޓުންނަށް ލިބޭ މެޑެލްގެ ފައިސާ އިން އަގުކުރުމެއް އާންމުކޮށް ނޯވެ އެވެ. މެޑެލަކީ އެތުލީޓުން ހޯދި ކާމިޔާބީގެ ރަމްޒެވެ. ހަނދާނާއި ތާރީހަށްޓަކައި ރައްކާކުރެވޭ އަގުގުރި އެއްޗެކެވެ. އެހެންވެ އަގުން މިންކުރާ ވަރަށް ވުރެ، މެޑެލްގެ އަގު މާ ބޮޑެވެ.
ނަމަވެސް އެތުލީޓުންނަށް ލިބޭ މެޑެލްތައް ބޮޑު އަގުގައި ނީލަމުގައި ވިއްކުމަކީ ވެސް އާންމުކޮށް ގައުމުތަކުގައި ހިނގާ ކަމެކެވެ. ކުރިން ވެސް މިހާރު ވެސް ނީލަންތަކުން މެޑެލްތަކަށް ބޮޑު އަގެއް ލިބެ އެވެ. އެކަމަކު އެ އަގު ގުޅެނީ އެ އެތުލީޓެއްގެ ކާމިޔާބީ އާއި މަޝްހޫރުކަމާއި ނުފޫޒާ އެވެ.
ބައެއް އެތުލީޓުން މެޑެލްތައް ވިއްކިޔަސް، ބައެއް އެތުލީޓުންނަކީ އެކަމާ މުޅިން ދެކޮޅު މީހުންނެވެ. އަދި މެޑެލް ވިއްކައިގެން އެއިން ވަގުތީ މަންފާއެއް ލިބުނަސް ރައްކާކުރެވޭ މެޑެލްގެ އަގު މާ ބޮޑެވެ. ބައެއް އެތުލީޓުން މެޑެލް ނީލަމުގައި ވިއްކަނީ ހާއްސަ ހާލަތްތަކުގައި އެކިއެކި އިޖުތިމާއީ ކަންކަމަށް އެހީވާން ފައިސާ ހޯދުމުގެ ގޮތުންނެވެ. އެހެންވެ އެއީ ބައެއް އެތުލީޓުން އިންސާނިއްޔަތަށްޓަކައި ކުރާ ކަމެކެވެ.
އަހަރެންގެ ރޯލު ދޭނީ ރަން މެޑަލް އެތުލީޓަށް: އަކްޝޭ
އޮލިމްޕިކްސްގައި ދޭ މާބޮނޑީގައި ހާއްސަ ހަނދާންތަކެއް
މެޑަލް ހޯދާ އެތުލީޓުންނަށް ފިލްމު ޓިކެޓް އުމުރަށް ހިލޭ
އޮލިމްޕިކްސް އެތުލީޓުންނަށް ސެމްސަންގުން ފޯނެއް
އޮލިމްޕިކްސްގެ ރަން މެޑަލަކަށް ލިބެނީ ކިހާ ފައިސާއެއް؟
ޕިސްޓޯރިއަަސްގެ ނުކުޅެދުންތެރިކަން ކޯޓުގައި ދައްކާލައިިފި
އޮލިމްޕިކްސްގެ ޕެރަ ގޭމްސްއަށް ފާތުން އަދި ރައްޒާގް
ދުވުންތެރިޔާ ރޭހަށް ނުކުތްއިރުވެސް ކޮވިޑަށް ޕޮޒިޓިވް
މޮރޮކޯއަށް ލޯ މެޑަލް، ރަހީމީއަށް އޮލިމްޕިކް ރެކޯޑެއް
އޮލިމްޕިކްސްގައި ކޮވިޑްގެ 40 އަށް ވުރެ ގިނަ ކޭސް