15 އޯގަސްޓް 2024
އޮލިމްޕިކްސްގެ ޕެރަ ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ދެ ދުވުންތެރިން ކަމަށްވާ ފާތިމަތު އިބްރާހިމާއި އަބްދުރައްޒާގަށް ލިބިއްޖެ އެވެ.
އޮލިމްޕިކްސްގެ ޕެރަ ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ދެ ދުވުންތެރިން ކަމަށްވާ ފާތިމަތު އިބްރާހިމާއި އަބްދުރައްޒާގަށް ލިބިއްޖެ އެވެ.
ލޮލަށް ފެނުމުން މަހުރޫމް ވެފައިވާ އެ ދެ ދުވުންތެރިންނަށް ޕެރަލިމްޕިކްސް ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ދިނީ ރާއްޖޭގެ ރޭންކިންގެ އެންމެ ކުރީގައި އޮތް ދެ ދުވުންތެރިންނަށް ވާތީ އެވެ.
އޮލިމްޕިކްސްގެ ޕެރަ ކަޓަގަރީ ނުވަތަ ޕެރަލިމްޕިކްސްއަކީ ނުކުޅަދޭ މީހުންނަށް ހާއްސަކޮށް، ދުނިޔޭގެ އޮލިމްޕިކް ކައުންސިލުން ބާއްވާ ގޭމްސް އެކެވެ. ކޮންމެ އަހަރަކު ވެސް އޮލިމްޕިކްސް އަށް ފަހު ޕެރަ ގޭމްސް، އޮލިމްޕިކްސް ބޭއްވި ގައުމުގައި ބާއްވަ އެވެ. މި ފަހަރު ޕެރަލިމްޕިކްސް ވެސް އޮންނާނީ ފްރާންސްގެ ޕެރިހުގަ އެވެ.
Fathun: Andhiri duniyegai, ekamaku hus kaamiyaabu!
The most trusted news source in the Maldives
Mihaaru
ފާތުން: އަނދިރި ދުނިޔެއްގައި، އެކަމަކު ހުސް ކާމިޔާބު!
ޕެރަލިމްޕިކްސްގައި މީގެ ކުރިން ވެސް ފާތުން ވަނީ ވާދަކޮށްފަ އެވެ. ޖަޕާނުގައި 2021 ގައި ބޭއްވި 2020 ގެ ޕެރަ ގޭމްސް އަކީ، ރާއްޖޭގެ އެތުލީޓުން އެންމެ ފުރަތަމަ ވާދަކުރި ޕެރަލިމްޕިކްސް ގޭމްސް އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޕެރަލިމްޕިކް އެތުލީޓް ފާތުން (ވ) އާއި އޭނާގެ އެހީތެރިޔާ: ފާތުންނަކީ ޕެރަލިމްޕިކްސްގައި ގޭމްސް އަކުން މެޑަލް ހޯދި ފުރަތަމަ އަންހެން އެތުލީޓް --- ފައިލް ފޮޓޯ: އިސްމާއީލް ތޯރިގު | އެމްއޯސީ
އެންމެ ފަހުން ޓޯކިޔޯގައި އޮތް ޕެރަލިމްޕިކްސްގެ ދުވުމުގެ އިވެންޓްގައި ވާދަކޮށް ފާތުން ވަނީ ރޭސް ނިންމައިފަ އެވެ. އެއާ އެކު އޭނާ އަކީ ޕެރަލިމްޕިކް ގޭމްސްއެއްގައި ރޭހެއް ނިންމި ރާއްޖޭގެ ފުރަތަމަ އެތުލީޓެވެ. ފާތުން ވަނީ މިދިޔަ އަހަރު މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
އެ ފަހަރު ޕެރަ ގޭމްސްގައި ވާދަކުރި ފިރިހެން އެތުލީޓަކީ މުހައްމަދު މާޒިން އެވެ.
Loafan, Ekamaku Razzaaq huree muhimmu 3 race akah arai!
The most trusted news source in the Maldives
Mihaaru
ލޯފަން، އެކަމަކު ރައްޒާގު ހުރީ މުހިންމު ތިން ރޭހަކަށް އަރައި!
މި ފަހަރު ފިރިހެން އެތުލީޓުގެ ގޮތުގައި ވާދަކުރާ ރައްޒާގް ދުވުމުގެ ޓްރޭނިން ހަދަން ފެށީ 2022 ގަ އެވެ. އޭނާގެ ފުރަތަމަ މަލްޓި ސްޕޯޓްސް ގޭމްސް އަކީ މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އެވެ. އެ ގޭމްސްގައި އޭނާ ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރައްޒާގް (ކ) އޭނާގެ އެހީތެރިޔާ އާ އެކު: އަހަރެއް ކުރިން ތަމްރީން ފެށި ރައްޒާގު ފުރަތަމަ ގޭމްސްގައި މެޑަލް ހޯދައި އޭޏާ ވަނީ ޓާގެޓް ހާސިލުކޮށްފަ --- ފައިލް ފޮޓޯ: އިސްމާއީލް ތޯރިގު | އެމްއޯސީ
މީގެ ކުރިން "މިހާރު" އަށް ދިން އިންޓަވިއުއެއެއްގައި ރައްޒާގު ބުނީ އިންޓަނޭޝަނަލް މުބާރާތަކުން ރާއްޖެ އަށް މެޑަލް ހޯދައި ދިނުމަކީ އޭނާގެ ބޮޑު އުއްމީދެއް ކަމަށެވެ. އޭނާ ބުނީ ތިން ރޭހެއް އޭނާގެ ކުރީމަތީގައި އެބައޮތް ކަމަށެވެ. ތިން ރޭހުގެ ގޮތުގައި އޭނާ ސިފަ ކުރާ ޓާގެޓްތަކުގެ ތެރެއިން ފުރަތަމަ ދެ ޓާގެޓް މިހާރު އޭނާ ވަނީ ހާސިލުކޮށްފަ އެވެ. އެއީ އިންޓަނޭޝަނަލް ގޭމްސް އަކުން ރާއްޖެ އަށް މެޑަލް ހޯދައި ދިނުމާއި މި ފަހަރުގެ ޕެރަލިމްޕިކްސްއިން ޖާގަ ހޯދުމެވެ. އޭނާގެ ތިން ވަނަ ޓާގެޓަކީ އޭނާ ފަށައިފައިވާ ގުރުއާން ހިތުދަސް ކުރުމުގެ ޕްރޮގްރާމް ފުރިހަމަކޮށް ހާފިޒުކަމުގެ ސަނަދު ހޯދުމެވެ.
ފާތުންނާއި ރައްޒާގް، ފްރާންސަށް ފުރާނީ މި އަންނަ އަންގާރަ ދުވަހު އެވެ. ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ރައްޒާގު އާއި އޭނާގެ ކޯޗިން ޓީމު ތިބީ ހުޅުމާލޭގައި ކޭމްޕްކޮށްގެންނެވެ.
ދުވުންތެރިޔާ ރޭހަށް ނުކުތްއިރުވެސް ކޮވިޑަށް ޕޮޒިޓިވް
މޮރޮކޯއަށް ލޯ މެޑަލް، ރަހީމީއަށް އޮލިމްޕިކް ރެކޯޑެއް
އޮލިމްޕިކްސްގައި ކޮވިޑްގެ 40 އަށް ވުރެ ގިނަ ކޭސް
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
އޮލިމްޕިކްސްއިން ޖޮކޮވިޗް ރަން މެޑަލް ހޯދައިފި
އުލްޔާގެ ހީޓުން ރާއްޖޭން ނިންމާލީ އުންމީދާ އެކު
ފްރާންސާ އެކު މިސްރާއި ސްޕެއިން އަދި މޮރޮކޯ ސެމީ އަށް
ތުރުކީގެ "ކޫލް" ޝޫޓަރަށް އޮލިމްޕިކްސްގެ ރިހި މެޑަލް
ރެކޯޑް ކުރިއެރުންތަކެއް، ޗެލެންޖަށް އުލްޔާ ތައްޔާރު
ހީޓްގެ ތިންވަނައާ އެކު އާން އަށް ގައުމީ ރެކޯޑް