10 އޯގަސްޓް 2016
ރިއޯ ޑި ޖެނީރޯ (އޮގަސްޓް 10) - އޮލިމްޕިކް ގޭމްސްގެ އަންހެނުންގެ ސިންކްރޮނައިޒްޑް 10 މީޓަރު ޕްލެޓްފޯމް ފައިނަލް އިވެންޓް ފަށަން ވަގުތު ޖެހުނުއިރު، ރިއޯ ޑި ޖެނީރޯގެ މަރިއާ ލެންކް އެކުއާޓިކް ސެންޓަރުގެ ޕޫލުގެ ކުލަ ފެއްސަށް ބަދަލުވެއްޖެ އެވެ.
ރިއޯ ޑި ޖެނީރޯ (އޮގަސްޓް 10) - އޮލިމްޕިކް ގޭމްސްގެ އަންހެނުންގެ ސިންކްރޮނައިޒްޑް 10 މީޓަރު ޕްލެޓްފޯމް ފައިނަލް އިވެންޓް ފަށަން ވަގުތު ޖެހުނުއިރު، ރިއޯ ޑި ޖެނީރޯގެ މަރިއާ ލެންކް އެކުއާޓިކް ސެންޓަރުގެ ޕޫލުގެ ކުލަ ފެއްސަށް ބަދަލުވެއްޖެ އެވެ.
އެކަމަކު ވީގޮތެއް އެކަކަށް ވެސް ނޭގެ އެވެ. ހޯމަ ދުވަހު ނޫކުލައި އޮތް ފެންގަނޑު ކުއްލިއަކަށް ގަދަ ފެއްސަށް ބަދަލުވީ ސަބަބު އަންނަނީ ހޯދަމުންނެވެ.
"އެކަމަކު އެއްވެސް ނުރައްކަލެއް ނެތް. ފެނުގެ ކޮލިޓީ ބެލިއިރު އެއްވެސް މައްސަލައެއް ނެތް،" އޮފިޝަލަކު ބުންޏެވެ. "އެހެން ނަމަވެސް ގޭމްސްގެ ބައިވެރިންނަށް އެންމެ މަތީ ފެންވަރުގެ ވަސީލަތްތައް ފޯރުކޮށްދޭން ބޭނުންވޭ. ވީގޮތެއް ބަލަމުން އަންނަނީ."
އޮލިމްޕިކްސްގެ ޑައިވިން ޕޫލް ފެހި ކުލައަށް ބަދަލުވެފައި. --ބީބީސީ
އެ ޕޫލާ ޖެހިގެން އޮތް، ވޯޓާޕޯލޯ ޕޫލުގެ ފެންގަނޑު އޮތީ އެއްވެސް ބަދަލެއް ނައިސް ނޫކުލައިގަ އެވެ. އެއް ބަޔަކު ބުނާ ގޮތުގައި ފެންގަނޑުގެ ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ކްލޮރިން ލެވެލް އަށް ބަދަލުއައިސް ފެހީގެ އަސަރު ކުރީ އެވެ.
"މިފަދަ ކުލައެއްގައި ހުރި ޕޫލަކަށް އަހަރެން ދުވަހަކު ވެސް ޑައިވެއް ނުކުރަން،" އިނގިރޭސި ވިލާތުގެ ޓޯނިއާ ކޯޝް ބުންޏެވެ. "އެކަމަކު ނަތީޖާއަށް ބަދަލެއް އަންނަ ވަރުގެ އުނދަގުލެއް ކުރިމަތިނުވޭ."
ކޮންމެ ކުލައެއް ހުރި ނަމަވެސް، ޗައިނާގެ ޗެން ރޫލިން އާއި ލިއު ހުއިޒިއާ ވަނީ ފަސޭހަކަމާ އެކު ރަން މެޑަލް ހޯދައިފަ އެވެ. މި އިވެންޓުން ރިހި މެޑަލް މެލޭޝިއާ ހޯދިއިރު ލޯ މެޑަލް ހޯދީ ކެނެޑާ އިންނެވެ.
އޮޅުވާލި ފެތުންތެރިޔާއަށް ސްޕޮންސަރުން ގެއްލިއްޖެ
އޮލިމްޕިކްސްގެ މެރެތަން ކެންޔާގެ ކިޕްޗޯޖް ކާމިޔާބުކޮށްފި
ނުވަ ރަން މެޑަލް ހަމަކޮށް ބޯލްޓަށް ހާއްސަ ރެކޯޑެއް
އޮލިމްޕިކްސްގެ ރަން މެޑަލަކަށް ލިބެނީ ކިހާ ފައިސާއެއް؟
ދަރިފުޅު މެޑަލް ހޯދިތަން ބަލަން އިންދާ މާމަ މަރުވެއްޖެ
ފަސް ބެލުމެއް ނެތް: 21 ވަނަ ރަން މެޑަލް ހޯދައިފި
މިއީ ބޯލްޓުގެ ފަހު އޮލިމްޕިކްސް
އާދަޔާހިލާފު އެތުލީޓެއް، 19 ރަން މެޑަލް ހޯދައިފި!
އޮލިމްޕިކްސްގެ ކުލަތަކާ އެކު ރިއޯ އަށް އީދެއް
ރިއޯގެ އޮލިމްޕިކް ވިލެޖް، ދުނިޔޭގެ ތާރީހުގެ ތެރެއަށް