Roadha Mihaaru
ދަރިފުޅު މެޑަލް ހޯދިތަން ބަލަން އިންދާ މާމަ މަރުވެއްޖެ

ދަރިފުޅު މެޑަލް ހޯދިތަން ބަލަން އިންދާ މާމަ މަރުވެއްޖެ

10 އޯގަސްޓް 2016

ރިއޯ އޮލިމްޕިކްސްގެ ބަރުއުފުލުމުން ލޯ މެޑަލް ހޯދި ތައިލެންޑުގެ ސިންފެޓް ކުރުއިތޮންގުގެ އިވެންޓް ބަލަން އިންދާ އޭނާގެ މާމަ ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރިއޯ އޮލިމްޕިކްސްގެ ބަރުއުފުލުމުން ލޯ މެޑަލް ހޯދި ތައިލެންޑުގެ ސިންފެޓް ކުރުއިތޮންގުގެ އިވެންޓް ބަލަން އިންދާ އޭނާގެ މާމަ ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ އެވެ.

އުމުރުން 82 އަހަރުގެ ސުބިން ކޮންތެޕް ހިތްހުއްޓިގެން، ބިންމައްޗަށް ވެއްޓުނީ ގޭދޮށު މީހުންނާ އެކު އޭނާގެ މާމަދަރިފުޅުގެ އިވެންޓް ބޮޑު ސްކްރީނުން ބަލަން އިންދަ އެވެ. އޭނާ ވެއްޓުމާ އެކު ވަގުތުން ފަރުވާ ދޭން މަސައްކަތްކުރި ނަމަވެސް 56 ކިލޯގެ ކެޓަގަރީން ސިންފެޓް ލޯ މެޑަލް ހޯދި މަންޒަރު އޭނާގެ މާމައަށް ފެންނަވަރެއް ނުވި އެވެ. އޭނާ މަރުވިކަން ކަށަވަރުވީ، ހޮސްޕިޓަލަށް ގެންދިއުމުންނެވެ.

އޮލިމްޕިކްސްގެ ވެއިޓްލިފްޓިން އިވެންޓުން ތައިލެންޑަށް ލިބުނު ފުރަތަމަ މެޑަލް ސިންފެޓް ހޯދުމުން، އުފާފާޅުކުރުމުގެ ބަދަލުގައި އޭނާގެ އާއިލާއަށް ލިބުނީ ބޮޑު ހިތާމައެކެވެ. ދެ މިނެޓުގެ ތެރޭ ދެ ރެކޯޑެއް މުގުރާލި މި އިވެންޓުން ސިންފެޓް ހޯދި އާދަޔާހިލާފު ކާމިޔާބީއަށް، އޭނާގެ މާމަ މަރުވުމާ ގުޅިގެން ވަނީ ހިޔަނި އެޅިފަ އެވެ.