Roadha Mihaaru
އޮލިމްޕިކްސް އަށް ނުދާން މެސީ ނިންމައިފި

އޮލިމްޕިކްސް އަށް މެސީ ނުދާނެ، "މި އުމުރުގައި ހުރިހާ މުބާރާތެއް ނުކުޅެވޭނެ"

13 ޖޫން 2024

ޝިކާގޯ (ޖޫން 13) – ހުރިހާ މުބާރާތެއްގައި ނުކުޅެވޭނެކަމަށް ބުނެ، ފްރާންސްގައި ބާއްވާ އޮލިމްޕިކްސްގައި ވާދަނުކުރަން އާޖެންޓީނާގެ ސީނިއާގެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ނިންމައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޝިކާގޯ (ޖޫން 13) – ހުރިހާ މުބާރާތެއްގައި ނުކުޅެވޭނެކަމަށް ބުނެ، ފްރާންސްގައި ބާއްވާ އޮލިމްޕިކްސްގައި ވާދަނުކުރަން އާޖެންޓީނާގެ ސީނިއާގެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ނިންމައިފި އެވެ.

ސީނިއާ ޓީމާ އެކު މެސީ މި ވަގުތު ހުރީ ހޮނިހިރު ދުވަހު ފަށާ، ކޮޕާ އެމެރިކާ އަށް ހާއްސަވެގެންނެވެ. އެ މުބާރާތުގެ ހަވާސާގެ ތެރެއިން ނޫސްވެރިޔަކު ސުވާލު ކުރީ، އަންނަ މަހު ފަށާ އޮލިމްޕިކްސްގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމާ މެދުގަ އެވެ.

އާޖެންޓީނާގެ އޮލިމްޕިކް ޓީމުގެ ކޯޗަކީ، މެސީ އާއެކު ގައުމީ ޓީމާއި ބާސެލޯނާ އަށް ވެސް ކުޅުނު ކުރީގެ ޑިފެންޑަރު ހާވިއޭ މެޝަރޯނާ އެވެ.

އޭނާ ވަނީ އޮލިމްޕިކްސްގައި ކުޅުމާ މެދު މެސީއާ މަޝްވަރާކޮށްފަ އެވެ. އުމުރުން 36 އަހަރުގެ މެސީ ބުނީ، އޭނާގެ މި ވަގުތުގެ ހާލަތު މެޝަރާނޯ އަށް ވެސް ވަރަށް ރަނގަޅަށް ވިސްނޭ ކަމަށެވެ.

"މި ވަގުތު އޮލިމްޕިކްސްއާ މެދު ވިސްނުމަކީ ވަރަށް އުނދަގޫކަމެއް. ސަބަބަކީ އަހަރެމެން މި ތިބީ ކޮޕާ އެމެރިކާ އަށް ހުސްވެގެން. ކްލަބާ އެކު ސީދާ ތިން މަސް ނުކުޅެ ހޭދަވުމާ، އަދި އެއަށްވުރެ ބޮޑަށް މިހާރު އަހަރެން މިހުރީ ހުރިހާ މުބާރާތެއް ކުޅެވޭ އުމުރެއްގައެއް ނޫން،" އާޖެންޓީނާއާ އެކު 2008 ގެ އޮލިމްޕިކްސްގެ ފުޓްބޯޅަ މުބާރާތުން ރަން މެޑަލް ހޯދި މެސީ ބުންޏެވެ.

"އަހަރެން ޖެހޭނެ މިހާރު ފަރުވާތެރިކަމާ އެކީ ނިންމަން. އަދި ކައިރިކައިރީގައި ސީދާ ދެ މުބާރާތުގައި ކުޅުމަކީ ބޮޑު ވަރެއް."