Roadha Mihaaru
ތުރުކީ ފުލުހުން ކުންފުނިތައް ފާސްކުރަން ފަށައިފި

ތުރުކީ ފުލުހުން ކުންފުނިތައް ފާސްކޮށް ސީއޯއީ އިން ހައްޔަރު ކުރަނީ

16 އޯގަސްޓް 2016

އަންކާރާ (އޮގަސްޓް 16) - ތުރުކީ އަށް ގެނައި ބަޣާވާތަށް ފަހު ފުލުހުން ހިންގާ އޮޕަރޭޝަނުގައި 44 ކުންފުންޏެއްގެ އޮފީސް ފާސްކޮށް 120 ސީއޯއީ އިން ހައްޔަރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކާރާ (އޮގަސްޓް 16) - ތުރުކީ އަށް ގެނައި ބަޣާވާތަށް ފަހު ފުލުހުން ހިންގާ އޮޕަރޭޝަނުގައި 44 ކުންފުންޏެއްގެ އޮފީސް ފާސްކޮށް 120 ސީއޯއީ އިން ހައްޔަރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން ވަދެ ބަލާ ފާސްކުރަމުންދާ އިސްތަންބޫލްގެ ހުރިހާ ކުންފުންޏަކީ ވެސް އެމެރިކާގައި ދިރިއުޅޭ ފަތުހުﷲ ގުލަންގެ ހަރަކާތްތަކަށް ފައިސާ ޚަރަދު ކުރާ ކުންފުނިތަކެވެ. ބަޣާވާތުގެ ފަހަތުގައިވާ ކަމަށް ތުރުކީ ސަރުކާރުން ތުހުމަތު ކުރަނީ ގުލަންގެ މައްޗަށެވެ.

އިސްތަންބޫލްގެ އިރުމަތީގައި ހިންގާ ކުންފުނިތަކުގެ އޮފީހަށް ވަދެ ބަލާ ފާސްކޮށްފައި ވަނީ ރަޔަޓް ފުލުހުންނެވެ.

ޖުލައި 15 ވަނަ ދުވަހު ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތުގައި ވަނީ 240 މީހުން މަރުވެފަ އެވެ. ނާކާމިޔާބު ބަޣާވާތާ ގުޅިގެން މިހާތަނަށް 82،000 މީހުންނަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ. ސަރުކާރުގެ 5،000 މުވައްޒަފުން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. މީގެ ތެރޭގައި ސިފައިންގެ ތެރޭން ވަކިކުރި 3،000 މީހުން ވެސް ހިމެނެ އެވެ. އަދި 77،000 މުވައްޒަފުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. ހައްޔަރުކުރި މީހުންގެ އަދަދު 35،000 އަށް އަރަ އެވެ. ނަމަވެސް އޭގެ ފަހުން 11،597 މީހުން ވަނީ ދޫކޮށްލައިފަ އެވެ. ތުރުކީ ފުލުހުން ވަނީ އިސްތަންބޫލްގެ ތިން ކޯޓަކަށް ވަދެ 173 ކޯޓު އޮފިޝަލުން ހައްޔަރު ކުރުމުގެ މަސައްކަތް ވެސް ހޯމަ ދުވަހުކޮށްފަ އެވެ.

ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެފައި ވަނީ އުމުރުން 75 އަހަރުގެ ގުލަންއާ ގުޅުން އޮންނަ ހުރިހާ ވިޔަފާރިތަކެއް ހުއްޓުވާނެ ކަމަށެވެ. ތުރުކީގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ބޯއިޑަކް ހޯލްޑިންގެ އިސް ތިން މީހަކު މީގެ ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ.