Roadha Mihaaru
މަރުގެ އަދަބު ދޭނެކަން އުރުދުޣާން ޔަގީން ކޮށްދެއްވައިފި

މަރުގެ އަދަބު ދޭނެ ކަމަށް އެތައް ބަޔަކު ކުރިމަތީ އުރުދުޣާން ވައުދުވެވަޑައިގެންފި

08 އޯގަސްޓް 2016

އިސްތަންބޫލް (އޮގަސްޓް 8) - ޕާލަމެންޓާއި ރައްޔިތުންގެ ރުހުން ދީފި ނަމަ ތުރުކީގައި އަލުން މަރުގެ އަދަބު ދޭން ފަށާނެ ކަމުގެ ޔަގީންކަން އެތައް ލައްކަ ބައެއްގެ ކުރިމަތީގައި ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްތަންބޫލް (އޮގަސްޓް 8) - ޕާލަމެންޓާއި ރައްޔިތުންގެ ރުހުން ދީފި ނަމަ ތުރުކީގައި އަލުން މަރުގެ އަދަބު ދޭން ފަށާނެ ކަމުގެ ޔަގީންކަން އެތައް ލައްކަ ބައެއްގެ ކުރިމަތީގައި ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އެ މީހުން އެ ބުނަނީ އީޔޫގައި މަރުގެ އަދަބެއް ނުދެއޭ. އެކަމަކު އެމެރިކާގައި މަރުގެ އަދަބު ދޭ. ޖަޕާނުގައި ދޭ. ޗައިނާގައި ދޭ. ދުނިޔޭގެ ގިނަ ގައުމުތަކުގައި މަރުގެ އަދަބު ދޭ. އެ ގައުމުތަކަށް މަރުގެ އަދަބު ދެވޭ. ތުރުކީގައި ވެސް 1984 ވަނަ އަހަރާ ހަމައަށް މަރުގެ އަދަބު ދިން،" އުރުދުޣާން

ތުރުކީގެ އެންމެ ބޮޑު ސިޓީގައި މިލިއަނަކަށް ވުރެ ގިނަ މީހުންނާ މުޚާތަބު ކުރައްވާ އުރުދުޣާން ވިދާޅުވީ އެމެރިކާގައި ދިރިއުޅޭ ފަތުހުﷲ ގުލަންގެ ކިބައިން މުޅި ގައުމު މި ފަހަރު ސާފުކޮށްލާނެ ކަމަށެވެ. ބަޣާވާތުގެ ފަހަތުގައި ވަނީ ގުލަން ކަމަށް ތުރުކީ ސަރުކާރުން ތަކުރާރުކޮށް ވަނީ ބުނެފަ އެވެ. ނަމަވެސް ގުލަން ވަނީ އެކަން ދޮގުކޮށްފަ އެވެ. ތުރުކީ ސަރުކާރުން ބުނެފައި ވަނީ އެއްވުމުގައި ފަސް މިލިއަން މީހުން ބައިވެރިވި ކަމަށެވެ.

ތުރުކީ ސަރުކާރަށް ތާއީދުކޮށް ބޭއްވި އެއްވުމުގައި އެތައް ލައްކަ ބަޔަކު ބައިވެރިވަނީ. --ފޮޓޯ:އޭއެފްޕީ

ތުރުކީ ސަރުކާރަށް ތާއީދުކޮށް ބޭއްވި އެއްވުމުގައި އެތައް ލައްކަ ބަޔަކު ބައިވެރިވަނީ. --ފޮޓޯ:އޭއެފްޕީ

މި ބޮޑު އެއްވުމަކީ މިދިޔަ މަހު ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތާ ދެކޮޅަށް ބޭއްވި އެންމެ ބޮޑު އެއްވުމެވެ. މި އެއްވުމުގައި ވަނީ އިދިކޮޅު ތިން ޕާޓީއެއްގެ ލީޑަރުންނާއި ދީނީ ބައެއް މީހުން ވެސް ބައިވެރިވެފަ އެވެ. ނަމަވެސް ކުރުދީ ޕާޓީ އަށް ދައުވަތު ދީފައެއް ނުވެ އެވެ.

ބަޣާވާތަށް ފަހު ތުރުކީގައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އެ ގައުމުގައި އަލުން މަރުގެ އަދަބު ތަންފީޒު ކުރަން އުޅޭތީ ހުޅަނގުގެ ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔަން ފަށައިފަ އެވެ.

ތުރުކީ ސަރުކާރަށް ތާއީދުކޮށް ބޭއްވި އެއްވުމުގައި ރައީސް އުރުދުޣާން އާއި އަނބިކަނބަލުން އަމީނާ އުރުދުޣާން އާއްމުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ތުރުކީ ސަރުކާރަށް ތާއީދުކޮށް ބޭއްވި އެއްވުމުގައި ރައީސް އުރުދުޣާން އާއި އަނބިކަނބަލުން އަމީނާ އުރުދުޣާން އާއްމުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

"މަރުގެ އަދަބު ދިނުމާއި ނުދިނުން އޮތީ ތުރުކީ ޕާލަމެންޓުގެ އަތް މަތީގައި. މަރުގެ އަދަބު ދޭން ޕާލަމެންޓުން ނިންމައިފި ނަމަ އެކަމަށް އަޅުގަނޑު ހުއްދަ ދޭނަން،" އުރުދުޣާން ވިދާޅުވި އެވެ. "އެ މީހުން އެ ބުނަނީ އީޔޫގައި މަރުގެ އަދަބެއް ނުދެއޭ. އެކަމަކު އެމެރިކާގައި މަރުގެ އަދަބު ދޭ. ޖަޕާނުގައި ދޭ. ޗައިނާގައި ދޭ. ދުނިޔޭގެ ގިނަ ގައުމުތަކުގައި މަރުގެ އަދަބު ދޭ. އެ ގައުމުތަކަށް މަރުގެ އަދަބު ދެވޭ. ތުރުކީގައި ވެސް 1984 ވަނަ އަހަރާ ހަމައަށް މަރުގެ އަދަބު ދިން."

ތުރުކީ ސަރުކާރަށް ތާއީދުކޮށް ބޭއްވި އެއްވުމުގައި ރައީސް އުރުދުޣާން އާއްމުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ތުރުކީ ސަރުކާރަށް ތާއީދުކޮށް ބޭއްވި އެއްވުމުގައި ރައީސް އުރުދުޣާން އާއްމުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

އުރުދުޣާން ވަނީ ގުލަންގެ ޖަމާއަތާ ގުޅިފައިވާ އެންމެން ހާމަކޮށް އެ އެންމެން ގާނޫނުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އުރުދުޣާންގެ ކުރިން އެއްވުމުގައި ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ބިނާލީ ޔިލްދިރިމް ވިދާޅުވީ ގުލަން ތުރުކީ އަށް ގެންނާނެ ކަމަށާއި ބަޣާވާތުގެ އަގު އޭނާ އަދާކުރަން ޖެހޭނެ ކަމަށެވެ.

ތުރުކީ ސަރުކާރަށް ތާއީދުކޮށް ބޭއްވި އެއްވުމުގައި ރައީސް އުރުދުޣާން ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ތުރުކީ ސަރުކާރަށް ތާއީދުކޮށް ބޭއްވި އެއްވުމުގައި ރައީސް އުރުދުޣާން ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

އާއްމުންނަށް ވަރަށް މަދުން މުޚާތަބު ކުރައްވާ ސިފައިންގެ ވެރިޔާ ހުލުސީ އަޚާރު ވިދާޅުވީ ޣައްދާރުންނަށް ވަރަށް ހަރުކަށި އަދަބު ދޭނެ ކަމަށެވެ. އަދި ބަޣާވާތް ނާކާމިޔާބުކޮށްލުމުގައި އާއްމުން އަދާކުރި ދައުރަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ބަޣާވާތަށް ފަހު ތުރުކީގައި ވަނީ އެތައް ހާސް ބަޔަކު ވަޒީފާ އިން ވަކިކޮށް އެތައް ހާސް ބައެއްގެ ޕާސްޕޯޓް ކެންސަލްކޮށްފަ އެވެ. އަދި 18،000 މީހުން ވަނީ ބަންދުކޮށްފަ އެވެ.

ތުރުކީ ސަރުކާރަށް ތާއީދުކޮށް ބޭއްވި އެއްވުމުގައި ސިފައިންގެ ވެރިޔާ ޖެނެރަލް ހުލުސީ އަކާރު އާއްމުންނާ  ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ތުރުކީ ސަރުކާރަށް ތާއީދުކޮށް ބޭއްވި އެއްވުމުގައި ސިފައިންގެ ވެރިޔާ ޖެނެރަލް ހުލުސީ އަކާރު އާއްމުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ